ބަޑިއެއް ހިފައިގެން މަތިންދާބޯޓަކަށް އަރަން އުޅުނު ޒުވާނަކު ހިފަހައްޓައިފި

Loading

March 7, 2025
Facebook
Twitter
WhatsApp

އޮސްޓްރޭލިޔާގައި ވަޒަންލާފައިވާ ބަޑިއެއް ހިފައިގެން މަތިންދާބޯޓަކަށް އަރަން އުޅުނު،އުމުރުން ސަތާރަ އަހަރުގެ ޒުވާނަކު ހިފަހައްޓާ އޭނާގެ މައްޗަށް ކޯޓުގައި ދައުވާ އުފުލައިފިއެވެ.


އެކި ވީޑިއޯތަކާ ހަވާލާދީ ލިބޭ ހަބަރުތައް ބުނާގޮތުގައި ބަޑިހިފައިގެން ޒުވާނާ ބޯޓަށް އަރާތަން ފެނުނީ އެހެން ބައެއް ފަސިންޖަރުންނަށެވެ.އެއަށްފަހު ފަސިންޖަރުންނާއި ކްރޫ އޭނާ ހިފަހައްޓާ ހައްޔަރު ކޮށްފައި ވެއެވެ.އޭނާގެ މައްޗަށް ފަސިންޖަރުން ގަދަވެގަތް ވަގުތު ބަޑި ވެއްޓުމުން ޕައިލެޓްވަނީ ފައިންޖަހާ ބަޑި ދުރަށް ކޮއްޕާލާފައެވެ.
ހާދިސާ ހިނގާފައިވަނީ ބުރާސްފަތިދުވަހު މެންދުރުފަހުގެ ވަގުތެއްގައި މެލްބޯން ސިޓީ ކައިރީގައި އޮންނަ އެވަލޯން އެއާޕޯޓްގައެވެ.ޒުވާނާ އަރަން މަސައްކަތްކުރީ 160 މީހުންނާއެކު ސިޑްނީއަށް ދާން އޮތް ޖެޓްސްޓާ މަތިންދާ ބޯޓަކަށެވެ.
ފުލުހުން ބުނި ގޮތުގައި ޒުވާނާ ހުރީ އެއާޕޯޓް ސްޓާފެއްގެ ހެދުމެއް ލައިގެންނެވެ.އަދި އޭނާ ބޯޓާ ހަމަޔަށް ފޯރާފައިވަނީ ސެކިއުރިޓީ އަށް އޮޅުވާލައިގެން ނުވަތަ ފިލައިގެންނެވެ.އަދި އޭނާ ދުއްވި ކާރަކާއި ދެދަބަސް ފަހުން ފެނި، ބޮން ސްކޮޑް ގެނެސްގެން އެތަކެތި ބަލާފާސް ކޮށްފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދީފައި ވެއެވެ.
ހައްޔަރު ކުރެވުނު ޒުވާނާގެ މައްޗަށް 8ކަމެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ.އޭގެ ތެރޭގައި މަތިންދާބޯޓެއް ކޮންޓްރޯލްގެ ދަށަށް ގެންނަން އުޅުމާއި ،ބޯޓު އަދި ބޯޓުގައިތިބި މީހުންގެ ސޭފްޓީ އަށް ނުރައްކާ ތެރިކަން ކުރިމަތި ކުރުން އަދި ބޮން ގޮއްވާނެ ކަމަށް ބުނެ ބިރު ދެއްކުން ހިމެނެއެވެ.
ޒުވާނާގެ ހަށިގަނޑުބަލާ ފާސްކުރިއިރު އެކި ޓޫލްތައް އަޅުވާފައިވާ ބެލްޓެއްވެސް އޭނާގެ ގައިންވަނީ ފެނިފައެވެ.މި ޓޫލް ތަކަކީ އޭނާ ފަސިންޖަރުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރަން އުޅުނު ޓުލްތައް ކަމަށް ގަބޫލު ކުރެވެއެވެ.
މިކަން ކުރަން އުޅުނު އުމުރުން 17 އަހަރުގެ ޒުވާނާގެ ވަނަވަރު ހާމަ ކޮށްފައެއް ނުވެއެވެ.ނަމަވެސް އޭނާ މިހާރު ހުރީ ޕޮލިސް ކަސްޓަޑީގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް