ތިނަދޫ ޕޯޓެއެއް ހެދުމުގެ މަސައްކަތް ފަށްޓައިފި

Loading

Facebook
Twitter
WhatsApp

ރައީސް ސޯލިޙުގެ ވަޢުދުގެ ތެރެއިން ދެކުނުގައި ބަނދަރެއް ހެދުމަށްވީ ވަޢުދުގެ މަސައްކަތް ފަށްޓައިފިއެވެ. މޯޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން އުފައްދާ މިކުންފުނީގެ އަނެއް ޝެއަރ ހޯލްޑަރަކީ ކުޅުދުށްފުށީ ޕޯޓެވެ. ތިނަދޫ ޕޯޓު ލިމިޓެޑް ހެދުމަށް މިހާރުވަނީ އެމްޕީއެލްގެ ބޯޑުން ފާސްކޮށް އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.

އެމްޕީއެލް އިން ބުނީ ގދ. ތިނަދޫ ޕޯޓް ގައި މެދުމިންވަރުގެ ފީޑަރ ބޯޓުފަހަރާއި، ކޮންޓެއިނަރު ބޯޓުގެ އިތުރުން ރާއްޖެއަށް އަންނަ އެހެނިހެން މުދާބާލާ ބޯޓުފަހަރަށް ޚިދުމަަތް ފޯރުކޮށްދެވޭނޭ ދެކުނުގެ ރަނގަޅު ޕޯޓަކަށް އެޕޯޓުވެގެންދާނެކަމަށެވެ.

ތިނަދޫ ޕޯޓުގައި 180 ފޫޓުގެ މަގަތުފާލަމަކާއި މުދާ ބަހަށްޓާ ބޮޑު ގުދަންތަކާއި އަދި 1200 އަކަފޫޓުގެ އޮފީސް ޢިމާރާތެއް ހުންނަގޮތަށް ޕްލޭންކުރެވިފައިވެއެވެ. ފުތަމަ ފޭސްގެ އިންވެސްޓުމަންޓު 60 މިލިއަން ރުފިޔާ އަރާނެކަމުގައި އަންދާސީކުރެވިފައިވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް