ހުވަފެން ތަޢުބީރު ކުރަންޖެހުނު ވަގުކަލޭގެ!

Loading

February 25, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އެއްރެޔަކު ވަގަކު ވައްކަން ކުރަން ގެޔަކަށް ވަނެވެ.އޭނާޔަށް ވަދެވުނީ ގޭގެ ވެރި އަންހެންމީހާގެ ކޮޓަރިއަށެވެ.ވަގުކަލޭގެ ވަދެގެން އުޅޭ އަޑު އިވިގެން އަންހެންމީހާއަށް ހޭލެވުނެވެ.މިކަމާ ބިރުން އަންހެންމީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓުންއަރާފަ ވަގު ކަލޭގެއަށް ހުރެވުނެވެ. އެވަގުތު އަންހެން މީހާ ބުންޏެވެ. އަހަރެންނަށް ޔަގީން ކުރެވޭ ގޮތުގައި ކަލޭ ތިޔަގޮތަށް މީހުންގެ ގެޔަށް ވަގަށް ވަންނަނީ މަޖްބޫރުވެގެންނެވެ.މައްސަލައެއްނެތެވެ.އެހެރަ އަލަމާތީގެ ތިންވަނަ ވަތްގަނޑުގައި ތިޖޫރީއެއް ހުންނާނެއެވެ.އޭގައިވާ ހުރިހާ ފައިސާއެއް ކަލޭ ގެންދާށެވެ.


ފައިސާތައް ނަގަން ވަގުކަލޭގެ ހިނގައިގަތުމުން އަންހެންމީހާ ބުންޏެވެ. ފައިސާތައް ނެގުމުގެ ކުރިން އަހަރެންނަށް ކަމެއް ކޮށްދޭން އެބަޖެހެއެވެ.އަހަރެން ދެންމެ ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ.މިހުވަފެން އަޑުއަހާފަ އެއިން ކަލެޔަށް ކުރެވޭ ތައުބީރެއް ބުނެދީބަލާށެވެ.
ވަގުކަލޭގެ މުސްކުޅި އަންހެންމީހާގެ މައްޗަށް ރަހުމްކޮށް އޭނާކައިރިޔަށްގޮސް އިށީނެވެ.އެވަގުތު އަންހެންމީހާ ވާހަކަ ދެއްކިއެވެ.
އަޑުއަހާށެވެ. އަހަރެންނަށް ފެނުނު ހުވަފެނަކީ ކޮތަރެއް އަހަރެންގެ ކައިރިޔަށް އައިސް ވަރަށް ބާރަށް ތިންފަހަރު ފިރިހެނެއްގެ ނަމުން ގޮވާލިއެވެ.“އަހުމަދު،އަހުމަދު ،އަހުމަދު!!“ އެހާހަމައިން ހުވަފެން ނިމި އަހަރެންގެ ދެލޯ ހުޅުވިއްޖެ އެވެ.މިއިން ކަލެޔަށް ކުރެވޭ މާނައަކީ ކޮބާހެއްޔެވެ.
އެވަގުތު ޖެހިގެން ހުރި ކޮޓަރީގަ ނިދާފައިއޮތް އަންހެންމީހާގެ ދަރިފުޅު އަހުމަދު، މަންމަ މާބާރަކަށް ގޮވާއަޑަށް ވަރަށް އަވަހަށް މަންމަގެ ކޮޓަރިޔަށް އައިއިރު ކަމަކު ދާކަށް ނެތެވެ.މިއުޅެނީ ވަގަކު ވަދެގެންނެވެ.ދެން އޭނާ ވަގުކަލޭގެ ގައިގައި ތަޅާ އަނިޔާކުރަން ފެށުމުން އަންހެންމީހާ ބުންޏެވެ.ދެން ހުއްޓާލާށެވެ.އޭނަޔަށް މިހާރު ހުންނާނީ ރަނގަޅު ފިލާވަޅަކަށް ވާވަރު ވެފައެވެ.
މިހެން ބުނުމުން ވަގުކަލޭގެ ބުންޏެވެ.ނޫނެކެވެ. އަދިވެސް އަހަރެން ގައިގަ ތަޅާށެވެ. އަރެންނަކީ ވަގެއްކަން،މީހުންގެ ހުވަފެން ތަޢުބީރުކުރާ މީހެއް ނޫންކަން ހަނދާން ހުންނަވަރުވަންދެން ތަޅާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް