ފައިނުގައި އެއާޕޯޓު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

Loading

February 23, 2025
sandhaanu news
Facebook
Twitter
WhatsApp

ރ. ފައިނުގައި އެއާޕޯޓު ތަރައްގީކުރަން ސަރުކާރުގެ މައި ކޮންސްޓްރަކްްޝަން ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެމްޓީސީސީ އާއެކު ފައިނު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށްފައެވެ.

ފައިނުގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

އެމްއޭސީއެލުން ބުނީ ފައިނުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތަކީ ދަތުރުފަތުރުގެ ވަސީލަތްތައް އިތުރުކުރުމާއި ސަރަހައްދީ އަދި ގައުމުގެ އިގްތިސާދީ ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

Loading

One Response

Leave a Reply to Ibbe Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް