ސްރްލަންކާގައި ވަކީލެއްގެ ހެދުމުގައި ދިޔަ މީހަކު،ކޯޓުތެރޭގައި ބަޑިޖެހުމުގެ ސަބަބުން މަޝްހޫރު ގޭންގް ލީޑަރަކު މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ބަޑިޖެހިމީހާ ބޭނުން ކޮށްފައިވަނީ ފޮތެއްގެ ތެރޭގައި ފޮރުވައިގެން އަންހެނަކު އޭނާޔަށް ގެނެސްދިން ރިވޯލްވާ އެކެވެ. މި އަންހެންމީހާ ފިލާފައިވާއިރު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މަރުވި ގޭންގް ލީޑަރަކީ އެތައް ބަޔަކު މެރުމުގައި ޝާމިލުވާކަމަށް ޝައްކު ކުރެވޭ ސަންޖީވާ ކުމާރަ ސަމަރަރަތުނާ އެވެ. އޭނާ ކޯޓަށް ގެނެވުނީ ފުލުހުންގެ އެސްކޯޓުގައި ޝަރީއަތުގެ މަޖިލީހަށެވެ.ނަމަވެސް އަޑުއެހުންތައް ފެށުމުގެ ކުރިން އޭނާގަޔަށް ވަނީ ބަޑިޖަހާފައެވެ.
ސްރީލަންކާގައިވެސް މިވަގުތު ގޭންގު މާރާމާރީ ތަކާއި މަރުތައް ގިނަވެފައިވާއިރު ސަރުކާރުން ވަނީ މައްސަލަޔަށް ހައްލު ހޯދާނެ ކަމަށް ބުނެ ވައުދު ވެފައެވެ.
ގޭންގް ލީޑަރު ސަމަރަ ރަތުނާގެ ގަޔަށް ބަޑިޖެހުމާއިއެކު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާވަނީ މަރުވެފައެވެ.
މިހަމަލާ ދިންމީހާއަށް އެހީތެރިވި އަންހެންމީހާ ހޯދި ފަރާތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، މިކަމުގައި ފުލުހުންގެ މީހަކުވެސް އެހީތެރިވެދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. މި ފުލުސްމީހާ އާއި އެމީހުންގެ ވޭން ދުއްވިމީހާ މިހާރުވަނީ ހައްޔަރުކޮށްފައެވެ.
ސްރީލަންކާގައި ގޭންގް ހަމަލާތަކުގައި މިއަހަރުގެ މިހާތަނަށް 9 މީހުން މަރުވެފައިވާ ކަމަށް އޭއެފްޕީން މައުލޫމާތު ދެއެވެ.