ރައީސް ޞާލިޙު ދެއްކެވި ވާހަކަ: އެއީ ދެކޮޅު ނުޖެހޭ، ދެއުޅިއެއް ނެތް، ސާބިތު ނުހިފޭ އަދި ރޯބުހުތާނު ދޮގު ވާހަކަތަކެއް -އިދިކޮޅު-

Loading

Facebook
Twitter
WhatsApp

ރައީސް ޔާމީނުގެ ވެރިކަމުގައި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ރައީސް ޔާމީނު ވަޑައިގެންނެވިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމާގުޅިގެން ޕީޕީއެމްއާއި ޕީއެންސީން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަދައްކަވާފައެވެ.

”އެފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ، މި ދަތި ޙާލަތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދު ކުރެވޭނީ.“ ހޯރަފުށީ އެއާޕޯޓު ހުޅުވަން ބޭއްވި ޚަރަދު ބޮޑު ޖަލްސާގައި ރައީސް އިބްރާހީމް ވިދާޅުވިއެވެ.“ މިހާހިސާބަށް އައިއިރުގައި، ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައޭ ހުރީ 85 ރަށް. ރިޒޯޓު ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީއެއް ނެތް. ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި، އެއްވެސް ފަޅުރަށެއް ރިޒޯޓު ހަދާކަށް އަދި ދޫކޮށްފައެއް ނޯންނާނެ.“

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކައަށް ރައްދުދެއްވައި ޕީޕީއެމް-ޕީއެންސީން ނެރުނު ނޫސްބަޔާނުގައި ވަނީ އެމްޑީޕީ އެކްޓިވިސްޓުން ދައްކާ، ދެކޮޅުނުޖެހޭ، ސާބިތު ނުހިފޭ، ދޮގު ވާހަކަތައް ރައީސް ސޯލިޙު ޕޯޑިއަމެއްގައި ތަކުރާރުކުރެއްވުމުން ސާބިތުވަނީ އެމަނިކުފާނުގެ ފެންވަރާއި ފަންވަރު ދައްކަމާއި، މަގާމަށް ކުފޫ ހަމަނުވާކަންކަމަށެވެ. އަދި ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅަކީ އެމްޑީޕީގެ ފެންވަރުންވެސް ވަރަށް ދަށު ދަރަޖައިގެ ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށެވެ.

އެ ނޫސްބަޔާނުގައި ބަޔާންކޮށްފައި ވަނީ ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކުރައްވައިގެން، ކެމްޕޭނު ކުރެއްވުމަށް ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވިދަތުރުފުޅުގައި، ދެއްކެވި ވާހަކަފުޅުތަކަކީ، ޢާއްމު އުސޫލުން، އެމްޑީޕީގެ އެންމެ ދަށުދަރަޖައިގެ އެކްޓިވިސްޓުން ދައްކާފަދަ ދެކޮޅު ނުޖެހޭ، ދެއުޅިއެއް ނެތް ސާބިތު ނުހިފޭ އަދި ރޯބުހުތާނު ދޮގު ވާހަކަތަކެއްކަމަށެވެ.

”ރައީސް ޔާމީނާމެދު ކުރެއްވި ތުޙުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ޞާލިޙަށް މި ޕާޓީން ޗެލެންޖު ކުރަމެވެ. ނުކުރެވޭނަމަ، ރައްޔިތުން މަނިކުފާނު

ވެރިކަމުން ބާލާދުވަހު، ގާނޫނީ އިމުގެ ބޭރުން، މިއަދު ދައްކަވަމުން ގެންދަވާ ވާހަކަތަކާއި، ހިންގަވަމުން ގެންދަވާ ޖަރީމާތަކަށް ޖަވާބުދާރީވެވަޑައިގަންނަވާން ޖެހިވަޑައިގަންންވާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އެދުވަހަކުން ކޯޓުގައި ހުންނަވައިގެން ވެސް ސާބިތު ނުކޮށްދެއްވޭނަމަ، ދިގު މުއްދަތަކަށް ޖަލުގެ ގޮޅީގައި މަނިކުފާނު ވެސް އޮންނަވަން ޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަމެވެ. ނުހައްގުން އަނިޔާވެރި ގޮތަކަށް ޖަލަށް ލައިގެން މިޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއް އަހަރު ފުރެމުންދާކަން މި ޕާޓީގެ އެއްވެސް މެންބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ވިސްނާވަޑައިގަތުން ބުއްދިވެރިއެވެ.“ އެ އިދިކޮޅު ނޫސްބަޔާނުގައި ވެއެވެ. ”ގައުމު ނުހިންގެވިގެން އުޅުއްވަނީ އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުންކަމާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މި އޮތް ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައިވުންކަން ފާހަގަކުރަމެވެ.“

ނޫސްބަޔާނުގައި ވާގޮތުން ރައީސް ޔާމީނުގެ ވެރިކަމުގެ ފަސްއަހަރު ދުވަހުގެ ތެރޭގައި ރިސޯޓުތައް ތަރައްގީ ކުރުމަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކޮށް 24000 އެނދުން 48000 އެނދަށް އެ ސިނާއަތު ވަނީ ފުޅާކޮށްފައެވެ.

މަޑުއްވަރީ ދާއިރާގެ މަޖުލިސް މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިންގުންތެރިކަމާއި ލީޑާޝިޕެއް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ނެތުމުން ވަޢުދުތައް ނުފުއްދަވައި ގައުމު އިތުރަށް ދަރުވާލާފައި ރައީސް ޔާމީންގެ ބޮލުގައި އިލްޒާމު އަޅުއްވަން އުޅުއްވިޔަސް، ރައްޔިތުންނަށް އިތުރަށް އޮޅުވައެއް ނުލެވޭނެކަމަށެވެ. މިއަންނަ 2021 އަށް ފާސްކުރެވިފައިވާ ބަޖެޓަކީ %53 ދަރަނި ބަޖެޓެކެވެ.

 

 

Loading

2 Responses

  1. ހަމަ ހުސްލަނޑާ. ކޮންމެބައެއްވެސް މޮޅު ގޮވެލިފަތި ގޮވައިގެން ރައްޔަތުން ބޯކާލައިގެން ވޯޓުބޭނުންވާނީ. އެނޫންކަމެއް ބޭނުމެއްނުވޭ. ރައްޔަރުންނޭ ދީނޭ ގައުމޭ ނުގޮވާ ތިބޭނަމަ ކިހާރަނގަޅުވީސް. އެހުރިޔާ ދޮގެއްހަދަން ހެޔޮނުވާނެދޯ އަބަދާއި އަބަދު. ކޮބާ ގާސިމް؟ އިމްރާން؟ ކޮބާ ޖީއެމްއާރު؟ ކޮބާ އެއްކަލަ ދެ ހެލިކޮޕުޓަރު. ބޯހަލާކުވެއްޖެ!

  2. ރަށްތައްވިއްކައިގެން ލިބުނުފައިސާ ނުލިބިގެންތާ މިހާރުވެސް އެ މަސައްކަތްކުރައްވަނީ. އެކަމުގައިސްކޮށް އުޅުނުމީހާވެސް އެބުނަނީ ވިއްކިއޭ ފައިސާއލިބުނޭ އެކަމަކު ސަރުކާރުގެ މާލިއްޔަތަކަށް ނުވެއްދެއޭ. ދެން ރައީސްމީހާ ވިދާޅުވީމާ ދޮގަކަށްވަނީ ކިހެނެއްބާ ! ކޮންމެކޮޅަކަށްހުއްޓަސް ތެދުބަހުން ވާހަކަދެއްކީމާ މީހުންގެ އިޙްތިރާމް ލިބޭނީ. ދުލަށްއައި ކޮންމެއެއްޗެއް ބޭރަށް ފާޅުކޮށްލިޔަކަސް އަދި ސިޔާސީ މީހަކަށް ނުވެވޭނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް