މުއްސަނދި މީހަކު އެއްދުވަހަކު އޭނާގެ ކާރުގައި ދަނިކޮށް ހިނގާފައިދާ ބަޔަކު ފެނިގެން ހިތަށް އެރިއެވެ.އަހަރެންނަށް އަމިއްލަ ރީތި ކާރެއްގައި ދުއްވާލާފަ ދެވޭ ކަމަށްޓަކައި ޝުކުރުވެރިވަމެވެ. ހިނގާފައިދާ މީހަކަށް ހުސްފައިގަ ހިނގާފައިދާ މީހެއް ފެނިގެން ހިތަށް އެރިއެވެ.އަހަރެންނަށް ފައިވާނެއް ގަނެވޭހާ ތަނަވަސްކަން ދެއްވާފައިވާތީ އެކަމަށް ޓަކައި ޝުކުރުވެރިވަމެވެ.
ފައިވާނަށް ނާރާ ހިނގާފައިދާ މީހާއަށް ދަނޑިގަނޑު ޖަހައިގެން ހިގާ މީހަކު ފެނުނެވެ.އެވަގުތު ހިތަށް އެރިއެވެ.އަހަރެން ނަށް ރީތިކޮށް އެކަނި ހިނގާލާފަ ދެވޭތީ ޝުކުރުވެރިވަމެވެ.
ދަނޑިގަނޑު ޖަހަމުން ހިނގާފައިދާ މީހާއަށް ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކު ފެނުމުން ހިތަށް އެރިއެވެ.އަހަރެންނަށް ކޮޅަށް ހުރެވޭ ކަމަށްޓަކާ ޝުކުރުވެރިވަމެވެ.
ފުރޮޅުލީ ގޮޑީގަ ދާ މީހާ ހޮސްޕިޓަލެއް ކައިރިން ދަނިކޮށް އެނދުގައި ތިބި ބަލި މީހުން ފެނުނެވެ.އެވަގުތު ހިތަށް އެރިއެވެ.އަހަރެންނަށް ބޭރަށް ނިކުމެލާ އިރުގެ އަވީގަ ޖެހިލާ ހެދޭކަމަށްޓަކާ ޝުކުރުވެރިވަމެވެ.
ހޮސްޕިޓަލު އެނދުގައި އޮތް މީހާ ދެލޯމަރާލުމަށްފަހު ދުއާކުރިއެވެ. އަހަރެންގެ މިބަލިހާލުގައިވެސް އުމުރު ދަންމަވާ ގެންގުޅުއްވާ ކަމަށްޓަކާ ޝުކުރު ކުރަމެވެ.ކޮންމެ ނޭވާއަކީވެސް އަދި ދިރިހުންނަންލިބޭ ކޮންމެ ދުވަހަކީވެސް ހެއްދެވިފަރާތުން ދެއްވާ ނިއުމަތެކެވެ.މިކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.
އަޅުގަނޑުމެންގެ ހަޔާތުގެ ދަތުރުގައި ކޮންމެ ފަދަ ގޮތަކަށް އުޅެން ދިމާވެފައިވީނަމަވެސް އެއިރަކު ލިބިފައިވާ ނިއުމަތް ތަކަށްޓަކައި އެނިއުމަތްތަކުގެ ވެރި ﷲއަށް ހަމްދުކޮށް ޝުކުރުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.އަޅުގަނޑުމެންނަށް ލިބިފައިވާ ބޮޑެތި ނިއުމަތްތަކާއި އަދި އެންމެ އާދައިގެ ކަންކަމަށްވެސް ވަކިވަކިން ޝުކުރުވެރިވުމުން އެނިއުމަތްތައް ދަމަހައްޓާ ދެއްވައެވެ.
ރީތި އަވިދޭ ގައުމެއްގަ އުޅެން ލިބިފައިވުމީ މިއަދު ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތެވެ