މަންމަ ހަމަ ތަފާތު ވާނެއެވެ.

Loading

February 17, 2025
Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގައި އުމުރުން 8އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ މަންމައާއި ބައްޕައާއި އެކު ވަރަށް އުފަލުގަ ދިރިއުޅެމުން އައެވެ.ނަމަވެސް ކަންތައް ދިމާކުރިގޮތުން އެކުއްޖާގެ މަންމައަށް ބައްޔެއްޖެހިފަ ކުއްލިއަކަށް މަރުވެއްޖެއެވެ.


މިކަމުގެ ހިތާމައިގައި ކުއްޖާގެ ބައްޕަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު ދެވަނަ ކައިވެންޏެއް ކުރުމަށް ނިންމިއެވެ.އެއީ އެކުއްޖާއަށް މަންމައެއްގެ ލޯބި ދިނުމަށްޓަކައެވެ.
މިކައިވެންޏަށްފަހު ދުވަސް ކޮޅެއްވީތަނާ ކުއްޖާ ކައިރީ ބައްޕަ އެހިއެވެ.ދަރިފުޅުގެ އަސްލު މަންމައާއި އައު މަންމައާއި ދެމެދު އެއްވެސް ތަފާތެއް ފެނޭ ހެއްޔެވެ. ބައްޕަ މިހެން އެހުމުން ކުއްޖާ ބުންޏެވެ.އަޅުގަނޑުގެ އަސްލު މަންމަ އަކީ ދޮގުހަދާ މީހެކެވެ. އެކަމަކު އައު މަންމަ ދޮގެއް ނުހަދައެވެ.
ދަރިފުޅު މިހެން ބުނުމުން ބައްޕަ ވަރަށް ހައިރާންވެފައި ބުންޏެވެ.ދަރިފުޅު ވިހާ، އެހާ ލޯބިންގެންގުޅެ ތިހާވަރުކުރި މަންމަ ދޮގުހަދާ މީހަކަށް ވާނީ ކިހިނެއް ހެއްޔެވެ. މީގެ ޖަވާބުގައި ކުއްޖާ ބުންޏެވެ. އަޅުގަޑު ފިލާވަޅުތަކަށް ސަމާލުކަން ނުދީ އަބަދު ކުޅެން އުޅޭނަމަ ކާން ނުދޭނެކަމަށް އަސްލު މަންމަ ބުނާނެއެވެ.އެހެންނަމަވެސް ވަރަށް ލޯބިން ހީހީފަ މަންމަގެ އަތުން އަޅުގަނޑަށް ކާންދޭނެއެވެ. އައު މަންމަ ކާން ނުދޭނެކަމަށް ބުނެފަ އެބުނާ ގޮތަށް ކަންތައް ކުރެއެވެ. މިހާރުވެސް އަޅުގަނޑު ނުކައި ހުންނަތާ މިއީ ތިންވަނަ ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް