މިއަހަރުގެ "ގޯލްޑަން ބޯއި"އަކީ ހާލޭންޑް

Loading

Facebook
Twitter
WhatsApp

މިއަހަރު، 2020ގެ ގޯލްޑަން ބޯއިގެ ޝަރަފުވެރި އިނާމު ބްރޯޝިއާ ޑޮޓްމަންޑަށް ކުޅެމުންދާ ނޯވޭގެ އާލިން ހާލެންޑަށް ދޭން ނިންމައިފިއެވެ.

ގޯލްޑަން ބޯއިގެ އިނާމަކީ އިޓަލީގެ ނޫހެއްކަމުގައިވާ ޓުޓޯ ސްޕޯޓްއިން ކޮންމެ އަހަރަކު ހޮވާ ޔޫރަޕްގެ ލީގުތަކުގައި ކުޅޭ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ދެމުން ގެންދާ އިނާމެކެވެ. މިދިޔަ އަހަރު އެ ޝަރަފުވެރި އިނާމު ލިބުނީ ސްޕޭންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ޕޯޗުގީޒު ކުޅުންތެރިޔާ ހައޯ ފެލިކްސްއަށެވެ.

ހާލެންޑް ”ގޯލްޑަން ބޯއި“ އަކަށް ހޮވުނީ އޭނާއާ އެއްޓީމަކަށް ކުޅޭ ޖޯޑަން ސަންޗޯއާއި ބަޔާން މިއުނިކުގެ އަލްފޮންސޯ ޑޭވީސްއާއި މެންޗެސްޓާ ޔުނައިޓެޑްގެ މޭސަން ގްރީންވުޑާއި ބާސެލޯނާގެ އަންސޫ ފަޓީއާ ވާދަކޮށްގެންނެވެ.

ހާލޭންޑް ވަނީ 20-2019 ގައި ކުޅުނު ހުރިހާ މުބާރާތެއްގައި ޖުމުލަ 44 ލަނޑު ޖަހާފައެވެ.

ޑޮޓްމަންޑުގައި މޮޅުކުޅުމެއް ދައްކަމުންދާ ހާލެންޑް އަންނަ އަހަރު ގެންދިއުމަށް މެންޗެސްޓަރ ޔުނައިޓެޑާއި ރިއަލް މެޑްރިޑުން މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ.

ހާލެންޑުގެ ބައްޕަ ބުނިގޮތުގައި ކުޅުންތެރިއަކު ރަނގަޅަށް ކުޅެމުންދާނަމަ ބޮޑެތި ކުލަބުތަކުން އެކުޅުންތެރިއަކު ހޯދުމަށް އައިސް ދޮރުގައި ޓަކިތަޅަމުންދާނެއެވެ. އެކަމަކު އޭނާގެ ދަރިފުޅު މިވަގުތު ހުރީ ޑޮޓްމަންޓުގެ އެއްބަސްވުމެއްގެ ދަށުން އެކުލަބުގައި ކަމަށާއި އެމީހުން ބޭނުން ވަނީ އެކުލަބުގައި މޮޅަށްކުޅެ ކާމިޔާބީތަކެއް ހޯދުންކަމަށް ވެސް ބައްޕަ އަލްފް އިންގް ބުންޏެވެ.

ހާލެންޑް އޮސްޓްރިއާގެ ސަލްސްބާގުން ޑޯޓްމަންޑަށް 2019 ވަނަ އަހަރު ބަދަލުވީ 20 މިލިއަން ޔޫރޯއަށެވެ. އޭނާއަކީ ޔޫރަޕްގައި މިހާރު ކުޅެމުންދާ ލަނޑުޖެހުމަށް އެންމެ ކުޅަދާނަ ކުޅުންތެރިއާއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް