މަންމަގެ ލޯތްބަކީ އެފަދަ ދެވައެއްނުވާނެ ލޯތްބެކެވެ.

Loading

February 14, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އުމުރުން ދުވަސްވީ މަންމައަކު އެއްރެޔަކު 12 ޖެހިއިރު ވަރަށް އުފަލުން،ދުރުގައި ހުންނަ އޭނާގެ ފިރިހެން ދަރިފުޅަށް ގުޅާ އުފަން ދުވަހުގެ ތަހުނިޔާ ކިޔެވެ. މަންމަ ފޯނުކުރުމުން ދަރިފުޅު ވަރަށް ރުޅިއައިސްފައި ބުންޏެވެ.މަންމާ މޮޔަވީ ހެއްޔެވެ. އަހަރެން ނިދާފައި އޮއްވާ ތިޔަ ހޭލައްވާލީ ތިޔަހެން ބުންނަ ހެއްޔެވެ؟ ވަރަށް ބާރަށް މިހެން ބުނުމަށްފަހު އިތުރު އެއްޗެކޭވެސް ނުބުނެ ފޯނު ކަނޑާލިއެވެ.


ދަރިފުޅު ފޯނު ކަނޑާލުމުން މަންމަ ފެށީރޯށެވެ.ކައިރީގައިހުރި ދަރިފުޅުގެ ބައްޕަ،އޭނާގެ ފިރިމީހާ ވީގޮތް އޮޅުން ފިލުވުމުން ވީގޮތް ކިޔާދިނެވެ.
އިރުކޮޅަކުން ބައްޕަ އަނެއްކާ ދަރިފުޅަށް ގުޅިއެވެ.އަދި ބުންޏެވެ. ދަރިފުޅާއެވެ.ތިޔަ ބުނީ ހަމަ ރަނގަޅަށެވެ.ދަރިފުޅުގެ މަންމަ އަކީ ހަގީގަތުގައިވެސް މޮޔައެކެވެ.މޮޔަވީމައެއްނޫން ހެއްޔެވެ.ފާއިތުވި އެއްމަސްދުވަހު ހަމަ ކޮންމެ ދުވަހަކު ކަލޭގެ އުފަން ދުވަސް އަންނަ ވާހަކަ އަހަރެންގެ ގާތުގައި ދައްކާނެއެވެ.އަހަރެންނަށް ހަނދާން ކޮށްދޭނެއެވެ.އަދި އުފަންދުވަހަށްޓަކާ މަންމަ އަމިއްލަ އަތުން މިއަދު ވަނީ ކަލެޔަށް މީރުވާނެ ކަހަލަ ކޭކެއްވެސް އަޅާފައެވެ.މިރޭވެސް މަންމަ އެ އިނީ އެއްވެސް ކާއެއްޗެއް ނުކައެވެ.ދަރިފުޅަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުނީމަނޫނީ އެއްޗެއް ނުކާނެ ކަމަށް ބުނެފައެވެ.މިއީ މޮޔައިން ކުރާ ކަހަލަ ކަންތަކެއް ނޫންހެއްޔެވެ.
ދަރިފުޅަށް އިނގޭހެއްޔެވެ.މީގެ 26 އަހަރު ކުރިންވެސް މަންމަ ވަރަށް މޮޔަކަމެއް ކުރިއެވެ.މަންމަ ވިހަން ކައިރިވެފައިވަނިކޮށް ކުރިމަތިވި ބައްޔެއްގެ ސަބަބުން މަންމަގެ ފުރާނަޔަށް ނުރައްކާވިއެވެ.ޑޮކްޓަރުން އެދުވަހު ބުނީ ސަލާމަތް ކުރެވޭނީ މަންމަ ނޫނީ ބަނޑުގައި އޮތް ދަރިފުޅު ކަމުގައެވެ.ވިސްނާލުމަށް އެންމެ ހިނދުކޮޅެއްވެސް ނުނަގާ މަންމަ އެދުނީ ދަރިފުޅު ސަލާމަތް ކުރުމަށެވެ.އަދި ވާހަކަދައްކައިގެން އަހަރެން ލައްވާވެސް އެ ފޯމުގައި ސޮއި ކުރުވިއެވެ.ދަރިފުޅު ނިކަން ބުނެބަލާށެވެ.ދަރިފުޅު ލޮލުން ނުވެސް ދެކި ދަރިފުޅަށްޓަކާ މަރުވާންވެސް ތައްޔާރަށް ހުރި މީހަކަށް މޮޔައެކޭ ނޫން ދެން ކިޔާނީ ކީކޭހެއްޔެވެ.
އެހާހަމައިން ދަރިފުޅަށް ކަންތައް ކުރެވުނު ގޮތާމެދު ހިތާމަ ކޮށް ރޮވިއްޖެއެވެ.މަންމަގެ ލޯތްބަކީ އެފަދަ ދެވައެއްނުވާނެ ލޯތްބެއްކަން ހަނދާން ވީ ދެނެވެ. ދެރަވެގެން ވަރަށް ރުއިމަށްފަހު އަލުން މަންމަޔަށް ގުޅާ މައާފަށް އެދުނެވެ.އަދި ދެން ދުވަހަކުވެސް އެފަދަ ކަމެއް އޭނާގެ ފުށުން ނުފެންނާނެ ކަމަށް ބުންޏެވެ.
އެދުވަހުގެ ފަހުން އެދަރިފުޅުގެ އުޅުން ބަދަލުކޮށް މަންމައާއި ގުޅާ ވާހަކަދައްކާވަރު އިތުރު ކުރިއެވެ.އަދި މައިންބަފައިންގެ ގެޔަށް ދިއުން ވެސް އިތުރުކޮށް މައިންބަފައިންގެ ހަޔާތުގެ ކަންކަމުގައި ހިއްސާވާ މިންވަރު އިތުރުކުރިއެވެ.އެމީހުންގެ އުފަލާ ހިތާމައިގައި ބައިވެރިވެ ކަންކަމުގައި އެހީތެރިވާން ފެށިއެވެ.

Loading

One Response

  1. ތިޔަގޮތަށް މިޒާޖް ބަދަލުވުމަށް މިޒަމާނުގައި ކިޔާނީ މޮޔަވުން. މިހާރު ރީތިވާނީ ހުޅަނގުގެ ތަހުޒީބު. އެއީ ކުކުޅު ހާލުގެ މިޒާޖާއި މިސާލު. ބޮޑުވަންދެން އުޅޭނީ މައި ކުކުޅުގެ ބަނޑުދަށުގައި. ބޮޑުވީ ވަރަކުން މައި ކުކުޅާ ދުރަށް ދާނެ. ދުވަސްކޯލަކުން މައި ކުކުޅު ނުވެސް އެނގޭނެ.

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް