ކޯވިޑް19: ކޭސްތައް އަނެއްކާވެސް އިތުރުވަނީ! ސަމާލުވޭ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 94 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 45 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 49 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 38 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 56 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12,546 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 997 އެކްޓިވް ކޭސް ހިމެނޭއިރު، 80 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 320 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

ކޯވިޑުގެ ކޭސްތައް މަދުވެފައި އޮތުމަށް ފަހު ހާލަތު އަނެއްކާވެސް މިދަނީ ތިންވަނަ ރާޅަކާއި ދިމާލަށެވެ. މިދަނޑިވަޅުގައި ފަރުދީ ޒިންމާ އަދާކޮށް، އެހްޕާއޭގެ ގައިޑްލައިންތަކަށް ޢަމަލު ކުރުން ނުހަނު މުހިންމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް