ޕޮމްޕެއޯގެ ޒިޔާރަތަކީ ނުރައްކާތެރި ކަންތައްތަކެއްގެ ފެށުމެއް: ފަލަސްތީނުގެ ބޮޑު ވަޒީރު.

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު ޝަތައްޔާހު ވިދާޅުވި ގޮތުގައި މިއަންނަ ހަފްތާގައި އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓް، އިޒުރޭލުން ގާނޫނުތަކާއި ޚިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ޒިޔާރަތަކީ ނުރައްކާތެރި ކަންތައްތަކެއްގެ ފެށުމެއްކަމަށް ވެދާނެ ކަމަށެވެ. 

މައިކު ޕޮމްޕެއޯ އަކީ މިފަދަ އަވަށަކަށް ޒިޔާރަތް ކުރާ އެމެރިކާގެ ފުރަތަމަ ސެކެއްޓަރީ އޮފް ސްޓޭޓެވެ. މިފަދަ ޒިޔާރަތަކީ ބައިނަލް އަގުވާމީ މުޖުތަމަޢުގައި ގާނޫނާއި ޚިލާފަށް ކުރާ ކަންކަމުގައި ކަނޑައަޅާފައިވާ ކަންކަމެވެ. 

މައިކު ޕޮމްޕެއޯ ވަނީ އެމެރިކާއިން ދިވެހިރާއްޖެއަށް އޮތް ތާއީދު ދައްކަވާލެއްވުމަށްޓަކައި ދިވެހިރާއްޖެއަށް ވަރަށް ފަހުން ޒިޔާރަތް ކުރައްވާފައެވެ.އެދަތުރުފުޅުގައި ދެގައުމުގެ ދިފާޢީ އަދި ޚާރިޖީ ސިޔާސަތުތަކާއިބެހޭގޮތުން ދެގައުމުން އަފުކުރާ ކަންކަމުގެ ވާހަކަ ދެކެވުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް