ކޮވިޑުގެ ބަލިމަޑުކަމަށްފަހު، އެކުގައި މަސައްކަތް ކުރުމަށް އިންޑިއާ އާއި ސައޫދީން ނިންމައިފި

Loading

Facebook
Twitter
WhatsApp

2020 ވަނައަރުގެ ޖީ 20ގެ ރައީސްގެ ހައިސިއްޔަތުން، ސައޫދީންވަނީ ، އެގައުމު އެންމެ އިސްކަންދޭކަމަކީ އެގައުމުގެ ރައްޔިތުންގެ ސިއްހަތާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުންކަން ސާބިތުކޮށްދީ، ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ކަމުގައި އިންޑިއާއިން ސަޢޫދީއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަޔޫސަފް ސައީދު ވިދާޅުވެއްޖެއެވެ. 

އަރަބި ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އިންޑިއާގެ ސަފީރު ވިދާޅުވީ، “ އެމީހުންވަނީ ސިއްހީ ޕްރޮޓޮކޯލްތަކަށް ވަރަށް ބޮޑަށް ބަލައިގެން، ވަރަށް އާދަޔާއި ޚިލާފު ހާލަތެއްގައި، ހައްޖުގެ ކަންކަން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައި،  މިއީ މިދަންނަވާ ކަމުގެ ވަރަށް ފާޅުކަންބޮޑު މިސާލެއް“. 

 ”ދުނިޔޭގެ އެންމެ ރަނގަޅު ސަރަހައްދުގައި ގައި އޮތް އެންމެ ވަރުގަދަ އިގުތިސާދު އޮތް ގައުމު ކަމުގައިވާ ސައޫދީ އަރަބިއްޔާއަކީ މި ނާޒުކު ދަނޑިވަޅުގައި ޖީ 20ގެ ސަމިޓު ބޭއްވުމަށް އެންމެ އެކަށޭނަ ގައުމު“ ރިޔާޒުގައި ބޭއްވި ޖީ20ގެ ސަމިޓުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ސަފީރު ވިދާޅުވިއެވެ. މިއީ އަރަބި ގައުމެއްގައި ޖީ20 ސަމިޓު ބާއްވާ ފުރަތަމަ ފަހަރެވެ. 

އޭނާ ވިދާޅުވިގޮތުގައި، އިންޑިއާއާއި ސައޫދީ އަރަބިއްޔާއިން ހިއްސާކުރަނީ ވަރަށް ތާރީޚީ ގުޅުމެއްކަމަށާއި، ވޭތުވެދިޔަ ދުވަސްތަކުގައި ދެގައުމުގެ އިސްވެރިން ދެގައުމަށް ކުރެއްވި ގިނަ ދަތުރުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން ތަރައްގީވެ، އެގުޅުންވަނީ ސްޓްރަޓީޖިކް އެއްބައިވަންތަ ކަމުގެ ގުޅުމަކަށް ބަދަލުވެފައެވެ. 

އިގުތިސާދީގޮތުން ބަލާއިރު އިންޑިއާއިން ވިޔަފާރީގެ މުޢާމަލާތުތައްކުރާ ގައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ވިޔަފާރި ކުރަނީ ސައޫދީ އަރަބިއްޔާއާއެކުއެވެ. އަދި އިންޑިއާއަށް ބޭނުންވާ ސާފުނުކުރާ ތެލުގެ %18 އާއި އެހެނިހެން ތެލުގެ ބާވަތްތަކުގެ %30 ފޯރުކޮށްދެނީ ސައޫދީ އަރަބިއްޔާއިން ކަމުގައި އޭނާ ވިދާޅުވިއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް