އުފަން ދުވަހުގެ ހަދިޔާ

Loading

Facebook
Twitter
WhatsApp

އަންހެނަކު އޭނާގެ 70ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް އަމިއްލަ ނަފްސަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ނިންމިއެވެ. މިގޮތުން އުފަންދުވަހު އެރަށުގެ މަޝްހޫރު ހޮޓަލެއްގައި އެއްރޭ ހޭދަކޮށްލާ އަރާމުކޮށްލުމަށް ނިންމިއެވެ.


އުފަން ދުވަސް އައުމުން ވަރަށް އުފަލުން ގޮސް ހޮޓަލުގައި އެރެޔަށް ޗެކް-އިން ވިއެވެ.އަރާމު ކޮޓަރިއެއްގައި ހިތްފަސޭހަ މާހައުލެއްގައި އުފަން ދުވަހާ އެރޭ ހޭދަކޮށްލުމަށެވެ. ހޮޓަލުގައި ހޭދަކުރި ވަގުތުތައް ވަރަށް ވެސް އުފާވެރިއެވެ. އަރާމު ނިންޖަކަށްފަހު ހެނދުނު ތެދުވެގެން ސައިބޮއި ހެދުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް ރިސެޕްޝަން އަށް ގޮސް ޗެކް-އައުޓް ވާން ބޭނުން ކަމަށް ބުންޏެވެ. އެތާ އިންކުއްޖާ ވަރަށް އިހްތިރާމް އަދާކުރުމަށްފަހު އޭނާގެ ބިލް ތައްޔާރު ކޮށްފައިދިނެވެ.
ބިލަށް ބަލާލިއިރު އޭގައިވަނީ އެއްރެޔަށް 500 ޑޮލަރު ކަމުގައެވެ. އަންހެންމީހާގެ ދެބުމަ ގޮށްޖެހުނެވެ. އަދި ބުންޏެވެ. ބިލުގައި މައްސަލަ އެއްއުޅޭ ހެންހީވެއެވެ.އޭނާ ހޮޓަލުގައި ހުރީ އެއްމެ ރެޔަކުކަމަށާ އިތުރު އެއްވެސް ޚިދުމަތެއް ބޭނުން ނުކުރާކަމަށް ބުންޏެވެ.މިހެން ބުނި ނަމަވެސް އެތާ ކުއްޖާ ކިޔާއެއްއެއްޗެއް ކިޔަކިޔާއިނެވެ. އެއީ އެހޮޓަލުގެ އަގުކަމަށާ ވަރަށް ގިނަ ޚިދުމަތްތައް ހިމަނާފައި ހުންނާނެ ކަމަށާއި،ކަސްޓަމަރުން ޚިދުމަތް ބޭނުން ނުކުރުން އެއީ ހޮޓަލުގެ މައްސަލަ އެއް ނޫންކަމަށް ބުންޏެވެ.
އަންހެންމީހާ ވަރަށް ހިތްހަމަ ނުޖެހި ހޮޓަލުގެ މެނޭޖަރަކާ ވާހަކަ ދެއްކުމަށް އެދުނެވެ. މިހެން ބުނުމުން އިރުކޮޅަކުން ވަރަށް ރީތިކޮށް ހެދުން އަޅާފައިހުރި މީހަކު އައިސް އަންހެންމީހާގެ ކުރިމައްޗަށް ހުއްޓުނެވެ.އަދި ދެކެވެމުންދާ ވާހަކަ އަޑުއެހުމަށްފަހު ބުންޏެވެ. މެޑަމް އެވެ.މިހޮޓަލުގެ އަގުގައި ހިމެނެނީ ހަމައެކަނި ކޮޓަރީގެ އަގެއް ނޫނެވެ.މިހޮޓަލުގައި ވަރަށް ގިނަ ތަންތަން އެބަހުއްޓެވެ. އޮލިމްޕިކް ސައިޒްގެ ފަތާފެންގަނޑެއް އެބައޮތެވެ.އަދި ދުނިޔޭގެ ފެންވަރުގެ ކޮންފަރެންސް ހޯލް އެއްވެސް މިތާގައިވެއެވެ.
އަންހެން މީހާ ބުންޏެވެ.އެކަމަކު އަހަރެން ތިޔައިން އެއްވެސް ޚިދުމަތެއް ބޭނުމެއް ނުކުރަމެވެ.މެނޭޖަރުގެ ގޮތެއް ދުލެއް ނުކުރިއެވެ.އެތަންތަން ހުއްޓެވެ.ބޭނުން ކުރެވުނީހެވެ.މިތަނުގައި ރޭގައި މަޝްހޫރު މީހެއްގެ ޝޯއެއްވެސް އޮތެވެ.އަންހެން މީހާ އެއިން އެއްވެސް ޝޯ އަކަށް ނުދާކަމަށް ބުނެ އޭނާވެސް ގޮތް ދޫނުކޮށް ހިފެހެއްޓިއެވެ.
މިގޮތަށް އެތައް އިރެއްވަންދެން ދެކޮޅަށް ދެކޮޅަށް ވާހަކަ ދެއްކުމަށްފަހު އަންހެން މީހާއަށް ކުރި ނުލިބޭނެކަން އެގުމުން އެންމެފަހުން ޗެކްފޮތް ނަގާފައި ޗެކެއް ލިޔެ ސޮއިކޮށްފައި ދިނެވެ. މެނޭޖަރު އެޔަށް ބަލާއިރު ޗެކް ލިޔެފައި އޮތީ ސަތޭކަ ޑޮލަރަށެވެ.މެނޭޖަރު ބުންޏެވެ. މިއޮތީ ސަތޭކަ ޑޮލަރެވެ.މިހެން ބުނުމުން އަންހެންމީހާ ބުންޏެވެ. އަހަރެންނާއެކީ މެނޭޖަރު ނިދުމަށް އަހަރެން 400 ޑޮލަރުގެ އަގެއް ކީއެވެ.މިހެން ބުނުމުން މެނޭޖަރުގެ މޫނު ރަތްވެގެން ދިޔައެވެ.އަދި ބުންޏެވެ.އަހަރެން ތިޔަކަމެއް ނުކުރަމެވެ. މިހެން ބުނުމުން އަންހެންމީހާ ބުންޏެވެ.އަހަރެން ކޮޓަރީގަ އޮތީމެވެ.ބޭނުންނަމަ އެކަންތައް ކުރެވުނީހެވެ.
މިހެން ބުނުމަށްފަހު އަންހެންމީހާ ދަބަސް ހިފައިގެން ނިކުމެގެން ހިނގައްޖެއެވެ.ރިސެޕްޝަންގައި އިން ކުއްޖާ ހިނިގަނޑު ފަޅައިގެން ދިޔަނުދީ ހިފަހައްޓައިގެން އިނެވެ.

Loading

One Response

Leave a Reply to A Reader Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް