"ހޯރަފުށި ރައްޔިތުންނަށް ވަރަށް ބޮޑަަށް ޝުކުރިއްޔާ"- ރައީސް ޞާލިޙް

Loading

Facebook
Twitter
WhatsApp

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ހޯރަފުށީ ރައްޔިތުންގެ ފަރާތުން ކީ ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ރައީސް ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ކޯވިޑްގެ މި ދަތި ހާލަތުގައި ހަލުވި ކަމާއިއެކު މިމަޝްރޫޢު ނިންމާލަދެއްވީތީ އެމްޓީސީސީއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއަށާއި، ޕްލޭނިންގ މިނިސްޓަރ އަސްލަމް އަދި ފެނަކައިގެ އެމްޑީ ސައީދަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ފާހަގަ ކުރެއްވި ގޮތުގައި މިމަޝްރޫޢަކީ ޤައުމީ ރޫޙާއި ޖޯޝް ފެނިގެން ދިޔަ މަޝްރޫޢެކެވެ. އަދި މިމަޝްރޫޢު ކާމިޔާބު ކުރެއްވުމަށްޓަކާ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ވަރަށް ގާތުން މަސައްކަތް ކުރެއްވިކަން ފާހަގަކޮށް އެބޭފުޅާއަށް ފަށްފަށުން ޝުކުރު އަދާކުރްވާފައިވެއެވެ. ހަމަ އެއާއިއެކު ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދަށާއި ކައުންސިލް މެމްބަރުންނަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ހޯރަފުށީގައި މިޤާއިމު ކުރެވުނު އެއަރޕޯޓަކީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ޞާލިޙް ސިފަ ކުރައްވާފައިވެއެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާތައް އުފެދި، ފަތުރުވެރިކަމާއި، ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ދާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މިސަރަހައްދުގައި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ ވާހަކަ ރައީސްވަނީ ހިއްސާކުރައްވައިފައެވެ. އޭގެ އިތުރުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓާއި ބެހޭ ބައެއް މުހިންމު ކަންތައްތަކަށް ރައީސްގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް