ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށްޓަކާ ރައީސް ޞާލިޙް ހޯރަފުއްޓަށް ވަޑައިގެންފި!

24

ހޯރަފުށީގައި ސަރުކާރުުން ތަރައްޤީކޮށް ނިންމާފައިވާ ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށްޓަކާ ރައީސް ސޯލިޙް ހޯރަފުއްޓަށް ވަޑައިގެންފިއެވެ.

ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާ ބޭފުޅުން އެރަށަށް ވަނީ ވަޑައިގެންފައެވެ. ރައީސް އެރަށަށް ވަޑައިގެންފައިވަނީ މިއަދު 13:00 ހާއިރު އެރަށު އެއަރޕޯޓަށް ޖެއްސި މޯލްޑިވިއަންގެ ބޯޓެއްގައެވެ. ރައީސް ވަޑައިގެންނެވުމުގެ ކުރިން އެރަށަށްވަނީ އިތުރު ބޯޓެއް މިއަދު ޖައްސައިފައެވެ. އެބޯޓުގައި ވެސް ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި އިސް ބޭފުޅުން ވަނީ ވަޑައިގެންފައެވެ.

ރައީސް ސާލިޙަަށް ވައިގެ ބަނދަރުން މަރުޙަބާ ދެންނެވީ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމާއި، ކައުންސިލް މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިން އަދި ސަރުކާރުގެ އިސްވެރިންނެވެ.

މަރުޙަބާގެ ރަސްމީ އައިޓަމްތައް އޮތީ ރަށުގެ ބަނދަރު ސަރަހައްދުގައެވެ. އެސަރަހައްދަށް ވަނީ ރަށުގެ ކުދި ބޮޑު އެންމެން އެއްވެ ރައީސަށް މަރުޙަބާ ކިޔައިފައެވެ. މި އައިޓަމްތަކުގެ ތެރެއިން އެކިއެކި ސަޤާފީ އައިޓަމްތައް ފެނިގެން ގޮސްފައިވާއިރު، ސަޤާފީ ހެދުމުގަޔާއި، ޕައިލެޓް އަދި ކެބިން ކްރޫ ޔުނިފޯމުގައި ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުން ބަނދަރަށް އެއްވެފައި ވެއެވެ.

މިއަދު 14:00 ގައި ރައީސްގެ ޝަރަފުގައި ބާއްވާ ޚާއްސަ ޖާފަތެެއް އޮންނާއެެވެ. އަދި 16:00 ގައި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

1 ހިޔާލު

  1. ޔާމީނު ވިދާޅުވިހެއްނި ހޯރައިގެ ބަދަލުގައި ފުލައިޓު ޖައްސަން ފެށީދޯ؟ އެއީ ދުރުވިސްނޭ ލީޑަރެއް. ދެން އަނެއްބައި ބާއްވާނީ. އެއީ މިހާރުވެސް ބުރޯއެއް ހަމަ ރައީސްއަށް އެބައި އެބަކުޅިދޭތާދޯ. ސޯލްޓްކެފޭގައި ގިނަވަގުތު ބުރޯ އޮފީސް ހިންގަވަނީވެސް. ނޫންތަ؟
    މަރުޙަބާ ހޯރަފުށި. ބާރަށް ކުރިއަށް.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ