ސީރިޔާގެ އިންތިގާލީ ސަރުކާރުގެ ވަފުދެއް ތަލްއަބްޔާދަށް ޒިޔާރަތްކޮށްފި

Loading

Facebook
Twitter
WhatsApp

ސީރިޔާގެ އިންތިގާލީ ސަރުކާރު ނުވަތަ ސީރިޔާގެ އިނދިކޮޅު ފަރާތްތަކުގެ ވަފުދެއް ހޯމަދުވަހު ތަލްއަބްޔާދު ސިޓީއަށް ޒިޔާރަތްކޮށްފިއެވެ. 

ސީރިޔާގެ އުތުރުގެ މި އަވަށް ނިރުބަވެރިންގެ އަތުން އަތުލީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 13 ގައި ތުރުކީގެ ”އޮޕެރޭޝަން ޕީސް ސްޕްރިން“ ގެ ދުވަސްވަރުއެވެ. 

މި ސިޓީއަށް ޒިޔާރަތްކުރި މިވަފުދުގައި ހިމެނެނީ އިނދިކޮޅު ކޯލިޝަންގައި ހިމެނޭ ގަްރޫޕުތަކާއި ގުޅިފައިވާ ފަރާތްތަކެވެ. މިގޮތުން އިންތިގާލީ ސަރުކާރުގެ ދިފާޢީ ވަޒީރު ސާލިމް އިދުރީސް އާއި ސީރިއާގެ ނެޝެނަލް އާމީގެ އިސް އޮފިޝަލުން ހިމެނެއެވެ. ވަފުދުގެ ލީޑަރަށް ހުންނެވީ ސާލިމް އިދުރީސެވެ. 

މި ވަފުދުން ”ކައުންސިލް އޮފް ޓަރްއިބްސް އެންޑް ކްލޭންސް“ އަށް ޒިޔާރަތް ކޮށް، އެސަރަހައްދުގެ އިސް ވެރިންނާއި ބައްދަލު ކުރިއެވެ. މިކައުންސިލަކީ މެދު އިރުމަތީގެ މުސްތަގުބަލާއި ބެހޭގޮތުން ސިޔާސީކަންކަމުގައި މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ކައުންސިލެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް