ޚިޔާލީ ފަރަންސޭސި މަތިފުށް! މަތިފުށް އޮޅުވާލި ހުރަވީން!

Loading

Facebook
Twitter
WhatsApp

ހިލާލީ ދަރިކޮޅުގެ އައްސުލްޠާން ޙަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުން މީލާދުން 1550 އިން 1551 އަށް ޙިޖުރީ ގޮތުން 957 އިން 958 އަށް / ރަސްކަން ކުރެއްވީ 01 އަހަރައި 10 މަސް (ނުވަ ވަނަ ޙަސަން ރަސްގެފާނު) އިންޑިއާގެ ކޮޗިން އަށް ވަޑައިގެން ޕޯޗުގީޒުންގެ މަތިވެރި ބޭކަނބަލެއް ކަމަށްވާ ޑޮނާ ލިއޮނޯ އާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރީންގެ ތެރެއިން ޑޮމް ޖޯ ކިޔާ ދަރިކަލެއް ހުރެއެވެ. މި ޑޮމް ޖޯއަށް ޑޯނާ އިނޭޒް ކިޔާ ދަރިކަނބަލެއް ލިބިވަޑައިގަތެވެ. ޑޯނާ އިނޭޒްއަށް ލިބިވަޑައިގަތް ދެ ދަރިކަލުން ދިވެހިރާއްޖެ އައުމުން، ދިރިހުރެ ސަލާމަތުން ހުރި ދަރިކަލުން ޑޮމް ލުއިސް ޑި ސޫޒާ މާލެއަތޮޅު ހުރައަށް ފޮނުވާލުމުން އެ ރަށު އަންހެނަކާ ކައިވެނި ބައްލަވައިގެން ދޮން (ޑޮމް) މަރުދުރު ފަޑިއްތަކުރު ލިބިވަޑައިގަތެވެ. މިއީ ދިވެހީންނަށް ހުރަވީންނޭ ކިޔާފައި އޮޅުވާލުމުގެ ފެށުމެވެ. ބުނާތީ އަޑުއަހަމެވެ. އަތިރީގޭ މުޙައްމަދު އަމީން ބުނެޔޯ ތިމަން މީ ފަރަންސޭސި މަތިފުށުގެ މީހަކީމުއެވެ.

އަތިރީގޭ ބައި 

އިސްވެ ބަޔާން ކުރެވުނު ދޮން (ޑޮމް) މަރުދުރު ފަޑިއްތަކުރަށް ލިބިވަޑައިގަތް ދަރީންކުރެ އެއްދަރިޔަކީ އިބްރާހީމް އެދުރުތަކުރުފާނެވެ. މިއީ ހެންވޭރު އަތިރީގޭ އައުލާދުގެ ފެށުމެވެ. މި އިބްރާހިމް އެދުރުތަކުރުފާނުގެ ފިރިހެން ދަރިކަލެއް ކަމުގައިވާ ޢަލީ ބޮޑު މުރީދު އަކީ އަތިރީގޭ ފުރަތަމަ ދޮށިމޭނާކިލެގެފާނު ކަމުގައިވާ އަތިރީގޭ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ބައްޕައެވެ. ހުސައިން ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތް ދޮން އަޙްމަދުދީދީ ފަހުންވީ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނަށެވެ. މިއީ މުސްކުޅި ބަންޑާރައިންގެ(އައްސުލްޠާން މުޙައްމަދު އިމާދުއްދީން އިސްކަންދަރު/ރަސްކަންކުރެއްވީ މީލާދުން 1250 އިން 1299 އަށް ޙިޖުރީ ގޮތުން 1835 އިން 1882 އަށް / 48 އަހަރާއި 4 މަހާއި 28 ދުވަސް)އެއް ބޮޑުވަޒީރެވެ. މި އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން އަތިރީގޭ ޢަލީ ދޮށިމޭނާކިލެގެފާނު ދިވެހި ރަސްކަމުގެ ކަންކަމާ ހިތްޕުޅާ ނުވެގެން އަމިއްލައަށް ސްރީލަންކާ (ސިލޯނު) ގެ ގާލީ އަށް އަރުވާލެވިގެން ހުއްޓެވެ. 

މި އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނަށް ލިބިވަޑައިގަތް ދަރީންކުރެ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ބޮޑުވަޒީރު ކަމުގެ ދަހިވެތި ކަމުގައި ސިހުރު ހަދައިގެން އޭރުގެ މާލޭގައި ހުޅުޖަހައިގެން އެކަން ފަޅާއަރައިގެން އަމިއްލަ އިޢުތިރާފަށް އެ ކުށް ސާބިތުވެގެން އަރުވާލެވުނު މީހެކެވެ. މިކަންވީ މި އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން އަޙްމަދު ދޮށިމޭނާކިލެގެފާނު ހިތުގައި ޖެހުނު ސަބަބެކެވެ. އެހެން ކަމުން އަތިރިގޭ އަޙްމަދު ދޮށިމޭނާކިލެގެފާނު މަސައްކަތް ފެއްޓެވީ ހެދުނު އެއްޗެއް ހަދައިގެން ބައްޕަ އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނު ސަލާމަތް ކުރާށެވެ. ދެނަކާދެނެއް ލަސްނުކޮށް ސިލޯނުގައި (މިހާރުގެ ސްރީލަންކާ) ހުންނަވާ އިނގިރޭސި ގަވަރުނަރާ ބައްދަލުކޮށް ބައްޕަ މިނިވަން ކޮށްދޭ މަތީން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގެންގޮސްދިނުމަށް އެއްބަސްވެ 1887 ޑިސެމްބަރގައި އެކަންކޮށް (ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ގެންގޮސް) ނިންމާލައިފިއެވެ. ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ދުވަސްވަރު އިނގިރޭސިން ދިވެހިރާއްޖެ އެޤައުމުގެ ހިމާޔަތަށް (ޕްރޮޓެކްޓްރޭޓް) ނުވަތަ އިސްތިޢުމާރު (ކޮލޮނައިޒް) ކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެކަން މިއަދުވެސް ބްރިޓިޝް މިއުޒިއަމްގައި ހުރި ލިޔުންތަކުން އެނގެން އެބަހުއްޓެވެ. 

ކުރެވުނު މޮޅުކަމުން މޮޅު ލިބިވަޑައިގެން އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނު ބައްޕަ އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ބޮޑުވަޒިރުކަން އަލުން އިޔާދަވުމުން އޭގެ ފޮނިމީރުކަން ލިބި އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން އަތިރީގޭ މުޙައްމަދު އަމީން ދިވެހިރާއްޖޭގެ ވެރިކަމާ ދިމާލަށް ފައްކާކޮށް އެކަން ޙާޞިލު ކޮށްދެއެވެ. އާދެ އަޅުގަނޑުމެން މިކިޔާ އަތިރީގޭ މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ.  މިއީ އަތިރީގޭ އާޢިލާއިން ދޮށިމޭނާކިލެގެކަން ނިމުނު ހިސާބެވެ. 

އަތިރިގޭ މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަކީ 21 އޯގަސްޓް 1953 ގައި ދިވެހިރާއްޖޭގެ ވެރިކަމުން ދުރުކުރެވިފައި މާލެ އަތޮޅު ދޫނިދޫގައި ބަންދު ކުރެވިފައި ހުއްޓާ މާލޭގެ ބަޔަކާ ގުޅިގެން ވަގަށް މާލެ އަރާ ވެރިކަން ބަދަލު ކުރަން އުޅުމުގެ ކުށުގައި ހައްޔަރުކޮށް ޝަރީޢަތް ކުރެވި އެ ޙުކުމުގައި ހުއްޓާ މަރުވި މީހެކެވެ. މި ޝަރީޢަތް ކުރެއްވި ފަނޑިޔާރުން ތެރެއިން އިސް ފަނޑިޔާރަކީ ބޮޑުފެންވަޅުގޭ ސީދީ އެވެ. ދެން ތިއްބެވި ފަނޑިޔާރުންނަކީ ޢަބްދުލްޤައްޔޫމް ދޮންސީދީ، އަލްއުސްތާޛް އިބްރާހީމް ޝިހާބް، އަދި އައްޝެއިޚް މުޙައްމަދު ޖަމީލް ދީދީ ފަދަ ބޭފުޅުންނެވެ. އެހެން ކަމުން އަދާ ހަމައަށް މުޙައްމަދު އަމީން އަކީ ބޮޑު ޚާއިނެއް އަދި ބޮޑު ބާޣީ އެއް ކަމުގައެވެ. 

ދޮންބަންޑާރައިންގެ މަތިފުށް 

ދިރާސާގެ ކުރީކޮޅުގައި ބަޔާން ކުރެވުނު ދޮން (ޑޮމް) މަރުދުރު ފަޑިއްތަކުރަށް ލިބިވަޑައިގަތް ޙުސައިން ދަހަރާ ކަލޭގެފާނުގެ މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިން (ފަހުން އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން / ރަސްކަން ކުރެއްވީ މީލާދުން 1759 އިން 1767 އަށް ޙިޖުރީ ގޮތުން 1173 އިން 1180 އަށް ) އެވެ. މިހެން ކަމުން އަތިރީގޭ ފުރަތަމަ ދޮށިމޭނާ ކަމުގައި ޙުސައިން ދޮށިމޭނާކިލެގެފާނަކީ ދޮން ބަންޑާރައިންގެ ސެކަންޑް ކަޒިން އެވެ. 

މި ދިރާސާއިން އަޅުގަނޑަށް އެނގެނީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރި ކަމަށް ބުނާ ހުރަވީންނަކީ ހިލާލީ ދަރިކޮޅުގެ ބައެއްކަމެވެ. ތިމާމެންގެ މަތިފުށް ޣައިރު ދީނަށް ދިޔުމުން އެކަން ސިއްރުކޮށް ދިވެހީންނަށް އޮޅުވާލައިގެން ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމަށްފަހު ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރީ ޕޯޗިގީޒު ހިލާލީ ދަރިކޮޅުގެ ބައެއްކަމެވެ. 

މި ދިރާސާއަށް މަޢުލޫމާތުނެގީ:

ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން/ލިޔުއްވީ ނަސީމާ މުޙައްމަދު ކަލޭފާނު

ދޮންމަރުދުރު ދަރިކޮޅުން ވަޑައިގެންނެވި ރަސްކަލުންނާއި ސިޔާސީ ލީޑަރުންގެ ކުރުބަޔާނެއް/ލިޔުއްވީ ޢަބްދުލްޙަކީމް ޙުސައިން މަނިކު

Loading

4 Responses

      1. Hadi vefa oyth najis ehccheh, faulhu viyas nuviyas eii hadi vega oyth najiheh ingeytho. Thareehaki eygai olhuvaalumeh nethi, saafu seedhaa koh, thedhu genes dheyn jehey ehcheh. Vumaa eku, miee eyah hekidhey ethah hekkeh huri hageegathakah vumun, mi foruvifai, olhuvaalaifai oyth vaahaka eba jehey dhakkan.

  1. މިރާއްޖޭގަ ވައްހާބިޒަމް ފަތުރާ މީހުންނަކީ ވެސް ދިވެހިރާއްޖެއަށް ބޭރުކަރަތަކުން އައިސްއުޅޭ ޔަހޫދީ ނަސްލުގެ މީހުން. މިރާއްޖޭގައި އޮތް ދީނީ ވަހުދަތާ ދިވެހިވަންތަކަން ދުއްވާލީ މިކަހަލަ ނުބައި ދަރިފަސްކޮޅު ތަކުން މިތަނަށް ހިޖުރަކުރި މީހުން.

Leave a Reply to Ali Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް