ޔޫ.އެސް. ގެ 7 މިލިއަނަށް ވުރެ ގިނަ އަންހެނުންނާ މިބަލި ޖެހިފައިވޭ. މިއީ މިބަލީގެ ސަބަބުން އެމީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރާ އަސަރުތައް.

Loading

Facebook
Twitter
WhatsApp
Maldives News

ޔުނައިޓެޑް ސްޓޭޓްސް ގެ ހަތް މިލިއަނަށްވުރެ ގިނަ އަންހެނުންނަށް ނޭވާ ލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް (ސީއޯޕީޑީ) ޖެހިފައިވައިރު، އެމެރިކަން ލަންގް އެސޯސިއޭޝަނުން ބުނާ ގޮތުން އަދިވެސް ބައްޔަކީ ކޮބައިކަން ނޭނގީ އެތައް ބަޔަކު އުޅެމުން އެބަދެއެވެ.

”ފިރިހެނުންނާ ހިލާފަށް، އަންހެނުންނަށް މިބަލިޖެހުމުން ފެނިގެން ދަނީ ހާސް ކަމާއި، ނުތަނަވަސް ކަމާއި ވަރުބަލިކަން ފަދަ އަލާމާތްތަކެކެވެ. އެހެން ކަމުން ވަރަށް ގިނަ ފަހަރު އެމީހުންނަށާއި ޑޮކްޓަރުންނަށް ވެސް އެއީ އެހެން ބައްޔެއް ކަމަށް ހީވެއެވެ.“ ނިވް ޔޯރކް ގައި ހުންނަ ނޯދަރން ވެސްޓްޗެސްޓަރ ހޮސްޕިޓަލުގެ އައިސީޔޫ ޔުނިޓުގެ މެޑިކަލް ޑިރެކްޓަރ ހާރލަން ވައިންބަރގް ވިދާޅުވިއެވެ.

ސީއޯޕީޑީ ޖެހިފައިވާ ފިރިހެނުންނަށް ވުރެ އަންހެނުންނަށް ކުއްލިއަކަށް ބަލި ބޮޑު ވުމުގެ ފުރުސަތު ބޮޑެވެ. މިކަމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ދަތި ތަކެއް ކުރިމަތިވެ، ނުކުޅެދުންތެރިކަމާއި ކުރިމަތިލާންޖެހި، ރަނގަޅަށް ނޭވާނުލެވުމުގެ ސަބަބުން މަރުވުމަށް މަގުފަހިވެގެން ދެއެވެ. ހަޤީޤަތަކީ ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި ސީއޯޕީޑީގެ ސަބަބުން މަރުވެފައި ވާ އަންހެނުންގެ އަދަދު ހަތަރު ގުނައަށް އިތުރު ވެފައިވާކަމެވެ. އަދި 2000 ވަނަ އަހަރުގެ ފަހުން މިގައުމުގައި އެބަލީގެ ސަބަބުން ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން މަރުވެފައިވެއެވެ. މި ބަލިން ރައްކާތެރި ވުމަށްޓަކައި އަންހެނުންނަށް އެނގެން ޖެހޭ ކަންތައްތަކަކީ:

ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ. މުޖުތަމައުގެ ތެރޭގައި ވެސް މިކަން ނުކުރާށެވެ. 2016 ވަނަ އަހަރު އެމެރިކަން ޖާރނަލް އޮފް ރެސްޕިރޭޓެރީ ކްރިޓިކަލް ކެއަރ މެޑިސިން އިން ނެރުނު ރިވީވްއެއްގައި ވާގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރާ ފިރިހެނުންނަށް ވުރެ ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް ސީއޯޕީޑީ ޖެހުމުގެ ފުރުސަތު 50 އިންސައްތައަށް ބޮޑެވެ. އަދި ކިތަންމެ މަދުން ދުންފަތުގެ އިސްތިއުމާލު ކުރި ކަމުގައި ވީ ނަމަވެސް 60 އަހަރުފުރުމުގެ ކުރިން މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ”ފިރިހެނުންގެ ނޭވާ ހޮޅި ތަކަށް ވުރެ އަންހެނުންގެ ނޭވާ ހޮޅިތައް ކުޑަވާނެއެވެ. އެހެންކަމުން އަންހެނުންގެ ނޭވާ ހޮޅިތަކުގެ ތެރޭގައި ދުންފަތުގެ ދުމާއި އެހެނިހެން ވިހަ މާއްދާ ތަކުގެ އަސަރު ބޮޑަށް ހުންނާނެއެވެ.“ ޗިކާގޯގައި ހުންނަ ނޯރތްވެސްޓަރން މެޑިސިންގެ ކްރިޓިކަލް ކެއަރ ސްޕެޝަލިސްޓް، ޕަލްމޮނޮލޮޖިސްޓް އަދި އެމްޑީ ކަމަށްވާ މާރކް ސާލާ ވިދާޅުވިއެވެ. މިދިޔަ އަހަރު އެމެރިކަން ތޮރަސިކް ސޮސައިޓީ އިންޓަރނޭޝަނަލް ކޮންފަރެންސް އިން ހުށަހެޅި ރިސަރޗަކުން އެނގިގެންދިޔަ ގޮތުގައި ސީއޯޕީޑީ ބަލި ޖެހޭ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާކަމަށް ރިޕޯރޓް ކުރި ފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު މަދުވި ކަމުގައި ވީ ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް ކުރިމަތިވާ ބަލީގެ އަލާމާތްތައް ބޮޑުވެފައި، ދިރިއުޅުމުގެ ފެންވަރު ދަށްވެ، ކުއްލިއަކަށް ބަލި ގޯސްވާ މިންވަރުގިނަވެއެވެ.

އެހެންމީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު ވައިގެ ތެރެއަށް ބޭރުވާ ދުމުން ރައްކާތެރިވުމަކީ ވެސް ހަމައެހާ މުހިންމު ކަމެކެވެ. 2016 ވަނަ އަހަރު ބްރިޓިޝް މެޑިކަލް ޖަރނަލް އިން ކޮށްފައިވާ ރިސަރޗަކުން ހާމަވާގޮތުގައި ސީއޯޕީޑީ ބަލި ޖެހިފައި ވާ މީހުންގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާ އެކު ދިރިއުޅުމުގެ ސަބަބުން، ނުވަތަ އެހެން ސަބަބުތަކާހުރެ އެހެންމީހުން ބޭނުން ކުރާ ދުންފަތުގެ ދުމުގެ އަސަރު ކުރާ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތައް އެހެން މީހުންނަށް ވުރެ ގިނަ އެވެ. އަދި ހަމަ އެހެންމެ، މިހާތަނަށް ކުރެވުނު ރިސާރޗަކުން ސީއޯޕީޑީ އާއި ވޭޕް ބޭނުން ކުރުމާއި ގުޅުމެއްވާ ކަމަށް ހާމަވެފައި ނެތް ކަމުގައި ވީނަމަވެސް، އޭގެ ސަބަބުން ވެސް މިފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަން ވައިންބަރގް ފާހަނގަ ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް