ޓްރަމްޕް މަރަން ހަމަލާ ދޭނެ ކަމަށް ”ޕްރެޑިކްޓް“ ކުރި މީހާ،އެމެރިކާއަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ”ޕްރެޑިކްޓް“ ކޮށްފި

Loading

Facebook
Twitter
WhatsApp

ކްރިސްޓިއަން ދީނުގެ ރަސޫލެއް ކަމަށް ދައުވާކުރާ ބްރެންޑަން ޑޭލް ބިގްސް ކިޔާ މީހަކު،އެމެރިކާ އަށް ބާރުގަދަ ބިންހެލުމެއް އަންނަންއުޅޭ ކަމުގެ“ވިޝަން“ އޭނާޔަށް ފެނިއްޖެ ކަމަށް ބުނެފިއެވެ.އޭނާ ބުނެފައިވާ ގޮތުގައި މެގްނިޓިއުޑް 10ގެ ބާރުގަދަ ބިންހެލުމެއް އެމެރިކާގެ ”ނިއު މެޑްރިޑް ފޯލްޓް ލައިން“ ކިޔާ ސަރަހައްދަށް އަންނާނެއެވެ. އަދި މިބުނާ ފޯލްޓް ލައިން މަތީގައިވާ އެތައް ސްޓޭޓަކަށް އެއްފަހަރާ ބިންހެލުން އަންނާނެކަމަށް އޭނާ ބުނެފައި ވެއެވެ.

މިތަންތަނުގެ ތެރޭގައި މިސޫރީ،އާކަންސާސް،ޓެނެސީ ކެންޓަކީ އަދި އިލިނޯއީ ހިމެނެއެވެ.
”ނިއު މެޑްރިޑް ފޯލްޓް ލައިން“ އަކީ އާންމުގޮތެއްގައި ވަރަށް ގިނައިން ބިންހެލުން އަންނަ ސަރަހައްދެއް ކަމަށް ވެއެވެ.
ބިގްސް ބުނެފައިވާ ގޮތުގައި ބިންހެލުމަށްފަހު ”ޗެއިން ރިއެކްޝަން“ އައިސް 6.5މެގްނިޓިއުޑްގެ“އާފްޓަރ ޝޮކް“ ތަކަކުން ޓެކްސާސް އިންފެށިގެން އޮކްލަހޯމާ އާއި ހަމަޔަށް ބާރުގަދަ ގުޑުންތައް އަންނާނެއެވެ.އަދި ބިންހެލުމުގެ ސަބަބުން 1،8000އެއްހާ މީހުން މަރުވާނެކަމަށްވެސް އޭނާ ބުނެފައި ވެއެވެ. ބިންހެލުން އަންނާނީ ސްޕްރިންގ(ބަހާރު މޫސުމުގައި)ކަމަށް އިޝާރާތް ކުރަމުން ބިގްސް ބުނެފައިވަނީ ސްޕްރިންގ މޫސުމުގައި ގަސްގަހުގެ ފަތްތައް އާވާ ގޮތަށް ސައިކްމޯ ގަހުގެ ފަތްތައް އަލަށް ނިކުންނަތަންވެސް އޭނާޔަށް ވަނީ އިލްހާމް ގެ ފަރާތުން ފެނިފައެވެ.
ބްރެންޑަން ޑޭލް ބިގްސް އަކީ ކާކު؟
އެމެރިކާގެ އޮކްލަހޯމާ އަށް ނިސްބަތްވާ ބްރެންޑަން ޑޭލް ބިގްސް އަކީ ކްރިސްޓިއަން ދީނުގެ ރަސޫލެއް ކަމަށް އަމިއްލަޔަށް ދައުވާ ކުރާ އެދީނުގެ ”ޕާސްޓަރ“ އެއްކަމަށް ވެއެވެ.އޭނާ ބުނާގޮތުގައި އޭނާގެ ”ލޯޑް“ ނުވަތަ ކަނލާގެ އޭނާޔަށް އެކި އިލްހާމް ތައް ދެއްވައެވެ.ވާން ހުންނަ ކަންތައްތަކުގެ އިލްހާމްތަކެވެ.
އެމެރިކާގެ ރައީސް ކަމަށް މިހާރު އިންތިހާބް ވެފައިވާ ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް މީހަކު ބަޑީގެ ހަމަލާއެއް ދޭނެކަން،ހާދިސާ ހިގުމުގެ ތިންމަސް ކުރިން އޭނާ ”ޕްރެޑިކްޓް“ ކުރިކަމަށް ވެއެވެ.އޭރު އޭނާ ބުނެފައިވަނީ ޓްރަމްޕަށް ދޭ ހަމަލާގައި ވަޒަން ދާނީ ޓްރަމްޕްގެ ކަންފަތާ ވަރަށް ކައިރިން ކަމަށެވެ.އަދި މިކަމުގެ ސަބަބުން ޓްރަމްޕް ގެ ”އިޔަރޑްރަމް“ އަށް ވެސް ގެއްލުން ވާނެކަމަށް އޭނާ ބުނެފައި ވެއެވެ.ހަމަލާޔަށްފަހު ޓްރަމް ކަކޫމައްޗަށް ތިރިވެ ދުއާ ކުރަން ފަށާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭގެ ތިންމަސް ފަހުން ޓްރަމްޕް ޕެންސިލްވޭނިޔާގެ ބަޓްލާ ގައި ހުންނަވަނިކޮށް އެފަދަ ހާދިސާއެއް، އޭނާ ހަމަ ބުނި ގޮތަށް ވަނީ ހިނގާފައެވެ.
ބްރެންޑަން ޑޭލް ބިގްސް ގެ އަމިއްލަ ޔޫޓިބް ޗެނެލް އެއް ގެންގުޅެއެވެ. މިޗެނެލް މެދުވެރިކޮށް އޭނާ ގެންދަނީ ރަސޫލެއް ފަދައިން ވާން ހުންނަ ކަންތައްތަކުގެ ވާހަކަ ދައްކަމުންނެވެ.ނަމަވެސް އޭނާއަކީ އެއްވެސް ޗާރޗެއްގެ އެންމެ އިސްފަރާތް ކަމެއް ސާފެއް ނޫނެވެ.
ބްރެންޑަން ޑޭލް ބިގްސްފުރަތަމަ މަޝްހޫރުވީ ޑޮނަލްޑް ޓްރަމްޕަށް ހަމަލާދޭނެ ކަމަށް ބުނި ބުނުން ސީދާ ވުމުންނެވެ.
މައުލޫމާތު : ދަ ވީކް

Loading

One Response

  1. ތަންތާ ތިބޭ މޯލުން ލިޔެފއި ހުންނަ އެއްޗެހި ތަރުޖަމާކުރަންޔާ ތިކަހަލަ ފާޑުފާޑު އެއްޗެހި ލިޔެވޭނެ.. އެކަމް ލިޔާ އިރުވެސް މިކަހަލަ ކަންތަން މުސްލިމުން ގަބޫލުކޮށްގެން ނުވާނެކަން ވެސް ލިޔެލަންވާނެ

Leave a Reply to ސްޓާރ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް