ޖަންގަލިން ފިލަން ދުވި އެތެއްގެ ވާހަކަ

Loading

Facebook
Twitter
WhatsApp
Vaahaka

އެއްދުވަހަކު، ޖަންގަލީގެ ތެރެއިން އެތެއް ދުވެފިލަން ދަނިކޮށް ބުޅަލަށް ފެނިގެން އެތް ހުއްޓުވާފައި އެއްސެވެ. ”ރަހުމަތްތެރިޔާއެވެ! ކަލޭ ފިލަން ތިޔަހާ ބާރަށް ތި ދުވަނީ، އަނެއްކާ ކީއްވީ ހެއްޔެވެ؟“

ޖަވާބުގައި އެތް ބުންޏެވެ. ”ރަހުމަތްތެރި ބުޅަލާއެވެ! ޖަންގަލީގެ ސިންގާ ރަސްގެފާނުގެ އެންމެ ފަހުގެ އަމުރުފުޅުގެ ވާހަކަ ކަލޭ ނާހަމު ހެއްޔެވެ؟“

އެވާހަކަ ނާހަމޭ އެތުގެ ރަހުމަތްތެރި ބުޅާ ބުނުމުން، އެތް އެކަން ސާފުކޮށްދިނެވެ. ”ޖަންގަލީގެ ގާނޫނުނުގައި ޖަނަވާރުން ކެއުމުގެ ބޭނުމުގައި ނޫން ގޮތަކަށް ނުމަރަން އޮވޭ ނޫން ހެއްޔެވެ؟ މިކަން މިހާރު އިސްލާކޮށްފިއެވެ. ސިންގާ ރަސްގެފާނުގެ އައުވާނުންގެ އެދުމުގެ މަތިންނެވެ. މިކަމުގައި އިސްނަގައިގެން އުޅުނީ ހިޔަޅެވެ. މި އާ އިސްލާހު ގެނެސް ނިންމީ ޖަންގަލީގައި އުޅޭ ހުރިހާ ޖިރާފުތައް މަރައި ނެތިކުރުމަށެވެ

ބުޅާ ހައިރާންވެފައި ބުންޏެވެ. އެކަމުގައި ކަލެއަށް އޮތީ އަޅެ ފަހެ ކޮން ނުރައްކަލެއް ހެއްޔެވެ؟ ތިކަމުގެ ނުރައްކާ އޮތީ ޖިރާފުނަންނޫން ހެއްޔެވެ؟ ކަލެއަކީ އެތެއް ނޫން ހެއްޔެވެ! އެހެންވެ ކަލޭ އެކަމާ ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ؟

ޖަވާބުގައި އެތް ބުންޏެވެ! ”ތިޔާ ބުނީ ހަމަ ވަރަށް ވެސް ރަނގަޅު ވާހަކައެވެ. ނަމަވެސް، ކަލެއަށް ވެސް އެނގޭނޭ ފަދައިން ސިންގާ ރަސްގެފާނު މިއަދު އޮންނެވީ މުސްކުޅިފުޅުވެ ވިސްނުންފުޅު ކޮށިވެފައެވެ. ރަސްގެފާނަށް މިހާރު ވާގޮތަކީ ކަމަކާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާ ފިކުރުކޮށްލައްވައިފި ނަމަ ހަމަ ކީރިތި ކުރެއްވެނީއެވެ. ރަސްގެފާނުގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ރަސްގެފާނުގެ ހަމަ ބުއްދިފުޅުވެސް ނެތެވެ. މި ދަނޑުވަޅު ބަލައި ރަސްގެފާނުގެ ފަރާތުން އަމުރުފުޅުތައް ނެރެނީ ރަސްގެފާނާއި މާ ގާތް ކަމެއް މިހާރު ބަހައްޓަމުންގެންދާ ހިޔަޅެވެ. މީހުން ބުނާތީ އަހަމެވެ. މިހާރުގެ ހަގީގީ ރަސްކަލަކީ ހިޔަޅެވެ. ކޮންމެ އަކަސް ރަސްގެފާނުގެ އަމުރުފުޅު އެކުލެވިގެންވީ އާ ގާނޫނު ކިޔައި އެ އަމުރުފުޅު ތަންފީޒުކުރުމުގެ މަސައްކަތް ހިޔަޅު ބަޔަކާ ހަވާލުކޮށްފިއެވެ. އެކަން އޭނާ ހަވާލުކުރީ ހިމާރުންގެ ބައިގަނޑަކާއެވެ. ކަލެއަށް ވެސް އެނގޭނޭ ފަދައިން މި ހިމާރުންގެ ބައިގަނޑަކީ ލިޔަން ކިޔަން ވެސް ރަނގަޅަށް ނޭނގޭ ބައެކެވެ. އަދި އެއްޗެއް ކިޔަސް އެވެރިންނަކަށް ރަނގަޅަކަށް ނުވެސް ވިސްނޭނޭނެއެވެ. އެންމެފަހުން، ރޯދަކުރުކުރުމުގެ ގޮތުން އަހަރުމެން ހަފްތާއަކު އެއްދުވަހު ބޭއްވި ހެއްވާ ވާހަކަ ދެއްކުމުގެ މަޖުލިހުގައި ކަންތައްވީ ގޮތް ކަލެއަށް ވެސް އެނގޭ ނޫން ހެއްޔެވެ؟ ފުރަތަމަ ހަފްތާގައި މުސަޅު ކިޔައިދިން ހެއްވާ ވާހަކަވީ ކިހާ މަޖާ ވާހަކައަކަށް ހެއްޔެވެ. އަދި އެވާހަކަ އަޑުއަހައި ހުރިހާ ޖަނަވާރުތައް ކިހާ ވަރަކަށް ހުނުނު ހެއްޔެވެ. ނަމަވެސް، ހިމާރުންގެ ބައިގަނޑު ތިބީ ހަނު އެއް ނޫން ހެއްޔެވެ. ދެން، އެއް ހަފްތާ ފަހުން، ހިމާރުންތައް ހޭން ފެށިނޫން ހެއްޔެވެ؟ އަމިއްލަ ބޮލެއް ނެތް މިވަރު ބަޔަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެނޫން ހެއްޔެވެ؟ ރަސްގެފާނުގެ އަރިސް ހިޔަޅު ހިމާރުންގެ ބަޔަކާ މިކަން ހަވާލުކުރީ ހަމަ މިހެން ވެގެންނެވެ. ހިޔަޅު އެދޭ ގޮތަށް އެބައިގަނޑު ކަންތައް ކުރާނެތީއެވެ. އެތާއި ޖިރާފުވެސް ވަކިކުރަން އެބައިގަނޑަކަށް ނޭނގޭނެއެވެ. ދެން އެޔެއް މިޔެއް ނުބަލައި ޖެހުނު އެއްޗެއް ހިފައި، ގަޔަށް ބޮލަށް އަރައި އަނިޔާކޮށް ގަތުލުއާންމެއް ވެސް ހިންގަފާނެއެވެ. ޖިރާފޭ ހީކޮށް އެއްތައް މަރަން ފަށާފާނެއެވެ. އެހެންވެ، އަހަރެން ގަސްދުކުރީ އަހަރެންގެ ޖާނައިގެން އަހަރެން މި ޖަންގަލިން އަވަހަށް ނިކުމެގެން ދިޔުމަށެވެ. ކަލޭ ވެސް ވިސްނާލުން ބުއްދިވެރިއެވެ. ހިމާރަށް ބުޅަލާއި ޖިރާފުވެސް ވަކިކުރަން ނޭނގިދާނެއެވެ

Loading

One Response

Leave a Reply to މުހައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް