ޔޫރަޕްގައި މުސްލިމުންނާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ނުވަތަ"އިސްލާމް ފޯބިއާ" އާއި ބެހޭގޮތުން ޕާކިސްތާނާއި އީރާނުން މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އީރާންގެ ޚާރިޖީ ވަޒީރާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު، ބުދަދުވަހު ވެރިރަށް އިސްލާމްއާބާދުގައި ބައްދަލު ކުރައްވާ ގިނަ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތަކުގައި މުސްލިމުންނާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރކާތްތަކުން ފެށިގެން އަފްޣާނިސްތާނުގެ ވާހަކަތަކާއި ދިގުދެމިގެންދާ ކަޝްމީރުގެ މައްސަލައަށް ދެބޭފުޅުން ވާހަކަދެއްކަވާ މަޝްވަރާ ކުރެއްވިއެވެ. 

އަންގާރަ ދުވަހު އިސްލާމް އާބާދަށް ވަޑައިގަތް އީރާންގެ ޚާރިޖީ ވަޒީރު ޖަވާދު ޒާރިފުގެ މިދަތުރުފުޅަކީ ދެދުވަހުގެ ދަތުރު ފުޅެކެވެ.  މި ދަތުރުފުޅުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ އާއެކު ދެގައުމުގެ އޮފިޝަލުން ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެއެވެ. 

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ވިދާޅުވެފައިވަނީ،  ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ޔޫރަޕްގެ  ބައެއް ގައުމުތަކުގައި މުސްލިމުންނާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރކާތްތައް ނުވަތަ“އިސްލާމް ފޯބިއާ“  އިތުރުވެފައިވާތީ އެކަމާއިމެދު ދެގައުމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމުގައެވެ.

ދެ ގައުމުންވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި މި ހިންގާ “ މުސްލިމުން ނިކަމެތިކޮށްލުމުގެ ހަރަކާތަކީ“  ކެތްކުރެވޭނެ ހަރަކާތެއް ނޫންކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ. 

Loading

3 Responses

  1. ވަރަށް ގަދަ ދެ ޝަޚުސިއްޔަތު ތިއީ. ބެސްޓުވާނެ. އަސްލު އީރާނާއި ޕާކިސްތާނާއި ތުރުކީއާއި ގަތަރު ދެން މެލޭޝިއާ އިންޑޮނޭޝިއާ ބުލޮކެއްގެ ގޮތުގައި ވަރުގަދަވެގެން ދެން އިސްލާމުނަށް ކުރިލިބޭނީ. އެކިޔާ ވައްހާބިޒަމުން މިލިބުނީ ބޮޑުގެއްލުމެއް. ކުދިކުދި ކަންތަކާއި ތޮޅުމާއި އަޚުވަންތަކަ ފުނޑާލުމާއި މުނާފިގުހެދިގެން އިޒުރޭލާއި ގުޅި އިސްލާމީ އުންމަތް އެމީހުން ސަޕޯޓުކުރާ ރަސްކަލުންގެ އަޅުންނަށްވެ ފުނޑާލެވުނީ. ހަނގުރާމެއް ކޮށްލެވޭވަރުގެ ގައުމަކަށް ހަމަ އެކަނި އޮތީ އިރާގު. އެވެސް ސައްދާމުގެ އެއެއްޗެކޭ މިއެއްޗެކޭ ކިޔައިގެނެ ފަރަންޖީން ލައްވާ ފުނޑާލީ. ޝީންނޭ ސުންނީންނޭ ކިޔައިގެން ތޮޅިބޭލުން ނޫންކަމެއް އެބުނާ ”ސުންނީން“ ނަކަށް ނެތްކަހަލަ. ޝަހާދުގެ ދެކަލިމަ ކިޔާމީހުންނަށް ކާފަރަކަށްވުރެވެސް ގޯހޭ ކިޔާ ނަރަކައިގެ އަހުލުވެރީންނޭކިޔާ ފިތުނަފަސާދަ އިސްކޮށް މުޅި އިސްލާމީ އުންމަތް ބަލިކަށިވެއްޖެއެވެ. މާތްﷲގެ ހެޔޮރަޙުމަތް މި އިސްލާމީ 2 ބިލިއަނަށްވުރެ ގިނަ މީހުނަށް ދެއްވާށިއެވެ. އާމީން.

  2. ޢަބްދުލް ލަތީފްގެ ކޮމެންޓުގައި ވިދާޅުވެފައިވާފަދައިން އުކުވެރި އިސްލާމީ ދައުލަތްތަކެއް އުފެދި އެކަތިގަނޑަކަށް ވެއްޖެނަމަ ހުޅަނގާއި އިރުމަތިވެސް އިސްލާމުންގެ އަޑުއަހަންމަޖުބޫރުކުރުވާނެއެވެ. ބޭނުމީ ކޮންމެވެސް ލީޑަރުންތަކެއްގެ އިސްނެންގެވުމާއި ނުގުޑާފަދަ އަޒުމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް