ޓްރްމަޕުގެ ސަރުކާރުން ޔޫ.އޭ.އީ އާެކު ހަދާފައިވާ ހަތިޔާރުގެ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާގެ ގާނޫނު ހަދާ މަޖްލިސްގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފި

Loading

Facebook
Twitter
WhatsApp

ޔޫ.އޭ.އީ އާެކު ޓްރްމަޕުގެ ސަރުކާރުން ހަދާފައިވާ ހަތިޔާރުގެ އެއްބަސްވުމަކީ 23.5 ބިިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓު މައިކު ޕޮމްޕެއޯ އިއުލާންކުރެއްވި މިއެއްބަސްވުމުގައި ހިމެނެނީ F-35ޖެ50  ޖެޓާއި  ޑްރޯންެއާއި ގޮވާ ތަކެއްޗެވެ. 

އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު  ޔޫ.އޭ.އީއަށް ފޮނުވުމަށް ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތް ޓްރަމްޕުގެ ސަރުކާރުން ބޭނުންވާކަން ކޮންގްރެސްއަށް އެންގެވުމުން، ޑިމޮކްރަޓުންގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. 

މި ވަގުތު ރައީސްކަމުގައި ހުންނެވި ޑޮނަލްޑު ޓްރަމްޕު ވަނީ 3 ނޮވެންބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގެންފައެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑިމޮކްރަޓިކް ކެންޑީޑޭޓު ޖޯ ބައިޑަންއެވެ. އެހެންނަމަވެސް އެއްވެސް ހެއްކެއް ނުދައްކަވާ، އިންތިޚާބު އޮޅުވާލާފައިވާ ކަމުގައި ޓްރަމްޕު ދަނީ ވިދާޅުވަމުންނެވެ. 

ޓްރަމްޕަށް ވަފާތެރި، ޓްރަމްޕަށް ތާއީދު ކުރައްވާ  އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓު މައިކު ޕޮމްޕެއޯ ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ، ސިޔާސީގޮތުން އެބޭފުޅާގެ އަރިސް ބޭފުޅެއް ކަމަށްވާ ޚާރިޖީ ވަޒީރު ޢަބްދުއްﷲ ޝާހިދާއި އެމް.ޑީ.ޕީ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. 

ޔޫ.އޭ.އީ އާއި ސަޢޫދީ އަރަބިއްޔާފަދަ ގަލްފުގެ ބައެއް ގައުމުތަކާއި ޓްރަމްޕާއި ވަރަށް ގާތް ގުޅުމެއް އޮންނަ އިރު، އެމް.ޑީ.ޕީގެ ސަރުކާރުންވެސް އެ ގައުމުތަކާއި އެހައި ގާތްގުޅުންތަކެއް ބާއްވައެވެ. 

ރައީސް ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޖޯ ބައިޑަންއާއި ޑިމޮކްރަޓިކް ޕާޓީން ވަނީ ގަލްފުގެ ގައުމުތަކުން ޔަމަނުގެ ހަނގުރާމައިގައި ހިންގި ޖަރީމާތަކަށާއި، އެމެރިކާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގައި ސައޫދީން ކުޅުނު ދައުރުގެ ސަބަބުން އަދަބުދޭނެކަމަށް ވަޢުދުވެފައެވެ. 

ގިނަ އަހަރުތަކެއް ވަންދެން މުސްލިމު ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުން ތިބީ ގަލްފު ގައުމުތަކުން ހިންގަމުންދިޔަ ޖަރީމާތަކަށް ފާޅުގައި އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ މަޖްލިސް މެންބަރުންވަނީ ޓްރަމްޕު ހިމާޔަތް ކޮށްދިން ކޮރަޕްޓު ގައުމުތަކާއި ދެކޮޅަށް ފިޔަވަޅު ނާޅައި ހިމޭނުން ނުތިބޭނެކަމަށް ވަޢުދުވެފައެވެ. 

Loading

One Response

  1. އެހެންބުނާނެ. ހުސް ލަނޑާ! ކޮންމެމީހަކުވެސް މޮޅުވާހަކަ ދައްކާނެ. އެކަހަލަ ހަތިޔާރާއި ފަނާކުރަނިވި ހަތިޔާރު ވިއްކައިގެން ކާބޮއިއުޅޭބައެއް ތިކިޔާ ބައިގަނޑަކީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް