ހަރަށެއްގެ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ހަ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށް އެކަމަށް ހަރަދުވާ 752 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ރ. ދުވާފަރާއި. ހއ. އިހަވަންދޫ، އއ. އުކުޅަސް، ތ. ހިރިލަންދޫގެ އިތުރުން ގއ. ދާންދޫ އަދި މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފަ އެވެ.

އެ މަޝްރޫޢުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝަނާ ފާރޫގެވެ.

އެ މަޝްރޫޢުތަކުގެ ދަށުން ރަށްތަކުގައި ބިން ހިއްކުމަށްފަހު ރިވެޓްމަންޓްވެސް ޖަހާނެ އެވެ. އަދި އިހަވަންދޫ، އުކުޅަސް، ހިރިލަންދޫ އަދި ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރަންވެސް ވަނީ ނިންމައިފަ އެވެ.

ރ. ދުވާފަރުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 445 ދުވަހުން ނިންމާގޮތަށް 143.1 މިލިއަން ރުފިޔާއަށެވެ. އެ ރަށުން 22.2 ހެކްޓަރު ހިއްކަން ވަނި ކަނޑައަޅައިފަ އެވެ.

ހއ. އިހަވަންދޫއިން 25 ހެކްޓަރު ހިއްކަން ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ އެއް އަަހަރު ދުވަހެވެ.

އއ. އުކުޅަހުން 10 ހެކްޓަރު ހިއްކަން ހަވާލުކޮށްފައިވަނީ 71.3 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 235 ދުވަހުން ނިންމާ ގޮތަށެވެ.

ތ. ހިރިލަންދޫއިން 20 ހެކްޓަރު ހިއްކަން ހަވާލުކޮށްފައިވަނީ 105.2 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 285 ދުވަހުން ނިންމާ ގޮތަށެވެ.

އއ. އުކުޅަހުން 10 ހެކްޓަރު ހިއްކަން ހަވާލުކޮށްފައިވަނީ 71.3 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 235 ދުވަހުން ނިންމާ ގޮތަށެވެ.

ގއ. ދާންދޫން 25 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށްފައިވަނީ 186.6 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 350 ދުވަހުން ނިންމާ ގޮތަށެވެ.

މ. ދިއްގަރުން 25 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށްފައިވަނީ 121.8 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާ ގޮތަށެވެ.

Loading

One Response

  1. ޚިޔާލަކީ ތަފާތުއެއްޗެކެވެ. ސުވާލެއްކޮށްލާނަމެވެ. ކޮންމެ ބައެއްވެސް ކަނޑުހިއްކައިގެން ރައްޔަތުންނަށް ގޯތިހޯދާއިދޭށޭ ކިޔައިގެން އެހާ އަގުބޮޑުކޮށް ފަޅު ނޫނީ ކަނޑު ހިއްކަނީ ހަމަ އެކަމަށްހެއްޔެވެ. ނޫނީ ބަޔަކަށް ކަޓްލިބޭތީ ކުރާކަމެއް ހެއްޔެވެ. މިސާލަކަށް ގުޅީފަޅު ހިއްކައި އެތަނަށް ކުރި ޚަރަދު ފިތްކަނޑައިގެންދާނެއެވެ. އެކަން ކުރުވީ ސީދާ ކަޓްމާސްޓަރެއް މެދުވެރިކޮށް ބޮސްކާލިސްއިންނޫންތޯއެވެ. ދެން އައި ސަރުކާރުން އެކަން އެހިސާބުން ހުއްޓުވައި ކޮންމެވެސް ވަރަކަށް މާލޭ ރައްޔަތުންނަށް ގޯތި ފުލެޓް ދިނެވެ. ދެން މިއައި ސަރުކާރުން އެކަން ބަދަލުކޮށް އިންޑިއާ މީހުން ބޭނުންވާތީ ތިލަފުށީގައި ހަދަން ހަމަޖެހިފައިއޮތް ބަނދަރު ގުޅީފަޅަށް ބަދަލުކޮށް މަސްހުނީގެ މައްޗަށް މަސްހުނި ސިޔާސަތެއްގެ ތެރެއިނެ މާލޭ މީހުންނަށް ދޭން ވަޢުދުވި ގޯތި ޕޯޓަށް ބަދަލުވީއެވެ. ދެން ސުވާލަށް ޖެހިލާނަމެވެ. ސުވާލަކީ ބޯހިޔާވެހިކަން ދޭށޭކިޔައިގެން ނުސަކާވަރުގެ ބޮޑު ޚަރަދުކޮށްގެން ބިންހިއްކުމަށްވުރެ އެ ބިންހިއްކަން ދާ ބޮޑު ޚަރަދު ބިންބޮޑެތި ސިޓީތަކުގައި ގޯތިއަޅާ ހިލޭ ރައްޔަތުމީހާއަށް ދިނީމާ އެމީހުން އެތަނަށް ބަދަލުވެ އެސިޓީއަށް ދިރުން ނާންނާނެތޯއެވެ؟ އަދި ގެދޮރު ނުލިބިފައިވާ މީހާ ހެޕީ ހެޕީ ނުވާނެބާވައެވެ؟

Leave a Reply to މުހައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް