ކޮރޯނާ ވެކްސިން ބޭނުން ކުރަން އަދި އެތައް މަހެއް ނަގާފާނެ: ބައިޑެން

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނަސް ރަސްމީކޮށް ވެކްސިން ބޭނުންކުރަން ފަށަން އަދި އެތައް މަސްދުވަހެއް ނަގާފާނޭކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހުގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ސައިންސްގެ އަލީގައި ދިރާސާތަކެއް ހެދުމަށްފަހުގައެވެ.

އޭނާ ވިދާޅުވިގޮތުގައި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދޭންވާނީ އިތުބާރު ހުރިގޮތެއްގައި ވެކްސިން ދިރާސާ ކުރުމަށްފަހުގައެވެ.

ބައިޑެން ވިދާޅުވިގޮތުގައި އެމެރިކާގައި ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ބަލީގައި މަރުވާމީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ކޮރޯނާ ވައިރަސް އެންމެ ގިނަބަޔަކަށް ޖެހިފައިވަނީ އަދި އެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އަންގާރަދުވަހުގެ މެންދުރުގެ ހިސާބުތަކަށް ބަލާއިރު ކޮރޯނާވައިރަސް ޖެހިފައިވާ 10110552 މީހުން އެމެރިކާގައި އެބަ ތިއްބެވެ. އަދި އެ ބަލީގައި 238251 މީހުން މަރުވެފައިވެއެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ބައިޑެން ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުން ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރާމަކުރާނީ ސައިންސްގެ ހޯދުންތަކަށް އިސްކަން ދީގެންނެވެ.

”ރައްޔިތުން މާސްކު އަޅުއްވާ!“ ބަޑެން ވިދާޅުވިއެވެ.“ މާސްކު އެޅުއްވުމުން އެތައްހާސް ފުރާނައެއް ރައްކާތެރި ކުރެވޭނެ.“

ބައިޑެން ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ތަޖުރިބާކާރުންގެ ވަރުގަދަ ޓީމެއް އެކުލަވައިލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ކޮރޯނާ ޓީމަށް ފުރިހަމައަށް މަސައްކަތް ފަށައިގަނެވޭނީ ހުވައި ކުރުމުގެ ރަސްމިއްޔާތަށް ފަހުގައެވެ.

ބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ 20 ވަނަދުވަހުގައެވެ.

އެމެރިކާގެ ރައީސްކަމުގައި މިވަގުތު ހުންނެވި ޑޮނަލްޑް ޓްރަމްޕު ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރައްވަން ގެންގުޅުއްވި ސިޔާސަތު ވަނީ ނާކާމިޔާބުވެފައެވެ. އޭނާއަކީ މާސްކު އެޅުއްވުމަށާއި އިޖުތިމާއީ ގައިދުރުކަން ބޭއްވުމަށް ދެކޮޅުހެއްދެވި ބޭފުޅެކެވެ.

ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބުވެވަޑައިގެންނެވި މައިގަނޑު ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ ކޮރޯނާވައިރަސްއިން އެމެރިކާ ސަލާމަތް ކުރެއްވުމަށް ޓްރަމްޕަށް ހަރުދަނާ މަސައްކަތްތަކެއް ނުކުރެއްވުމެވެ.

 

Loading

One Response

  1. ބައިޑަން އަށް މަރުޙަބާ. ކޮންމެ މީހިކުވެސް ވެރިކަމަށް އަނަން ވޯޓުހޯދަން ދައްކާ ވާހަކަތައް ވެރިކަމުގެ ހުވާކުރުމަށްފަހު ސީދާ ޔޫޓާން ނަގައެވެ. އެއީ ވެރިކަން ދެން އެ ޔަގީންވީއެވެ. ދެން ދައްކަން ޖެހެނީ ވެރިކަމުގައި ދެމިހުރުމަށް ދައްކާނެ ހުވަފެނުގެ ވާހަކަތަކެވެ. ހަދާންވާނެ އެ ޓުރަމްޕު ގޮއްވި އަޑުތަށް. ފުރަތަމަ ބޭރުގައުމަކަށް ދިޔައީ ސައުދީ ޢަރަބިއާއށް ގޮސް އެތަކެއް ބިލިއަނެ ޑޮލަރެއްގެ ފަނާކުރަނިވި ހަތިޔާރު ސައުދީއަށް ދީ ޔަމަނުގެ ހަލާކަށް ސަޕޯޓުދީ ޔަހޫދީ ގައުމާއި އެކު ޢަރަބިން ޑީލް ހަދަން ޕްރިންސް ލައްވާ ސޮއިކޮށްލީ. ބިލިޔަނުން ބިލިޔަނުން ޑޮލަރު ޑީލް ހަދާފާ ސަޅިދޯ؟ އެނިމުނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް