އެމް.އެން.ޔޫ.އެސް.ޔޫގެ 9 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހް ކޮށްފި!

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ 9 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހް ކޮށްފިއެވެ. ހިންގާ ކޮމިޓީ އިފްތިތާހް ކޮށްފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ އަހަރީ އާއްމު ޖަލްސާގައެވެ. މި ޖަލްސާގައި ހިންގާ ކޮމިޓީ އިފްތިތާހް ކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފެވެ.

މިޖަލްސާގައި ހިންގާ ކޮމިޓީގެ 8 ވަނަ ދައުރުގެ ރައީސް އަލީ ޝަމްއޫން ވަނީ ޖަލީސުންނާއި މުޚާތަބު ކުރައްވައިފައެވެ. ޝަމްއޫންގެ ވާހަކައިގައި ނިމިގެން ދިޔަ ދައުރުގައި ދިމާވި ގޮންޖެހުންތަކަށް ވަނީ އަލިއަޅުވާލައިފައެވެ. މިގޮތުން ކޯވިޑާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ނުގެންދެވުނު ނަމަވެސް، އޮންލައިންކޮށް ކުރިޔަށް ގެންދެވުނު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވާކަމަށް ޝަމްއޫން ވަނީ ފާހަގަކޮށްފައެވެ. މިރަސްމިއްޔާތުގައި 8 ވަނަ ދައުރުގެ އަހަރީ ވީޑިޔޯ ރިޕޯޓްވަނީ ޖަލްސާގެ ބައިވެރީންނަށް ދައްކާލައިފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި 9 ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށް މަޤާމު ހަވާލުކުރައްވާފައި ވެއެވެ. މަޤާމު ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފެވެ.

9 ވަނަ ދައުރުގެ ހިންގާ ކޮމިޓީ:

-ރައީސް: ﷲޢަބްދު ޝަހުނީޒް

-ނައިބު ރައީސް (އިތުރު ހަރަކާތް): ހުސައިން އަލީ

-ނައިބު ރައީސް (އިލްމީ): އާމިނަތު މިހުދާ މުޙައްމަދު

-ނައިބު ރައީސް (ގޮފިތައް): ޙުސައިން ޒައިދު

-ޙަޒާންދާރު: އަހްމަދު ހައްޔާން ރަޝީދު

-ސެކެޓްރީ: ފާތިމަތު ނަޝާތު ވަހީދު

-އެސިސްޓެންޓް ސެކެޓްރީ: އައިޝަތު އީފާ އިބްރާހިމް

-މީޑިޔާ ކޯޑިނޭޓަރ: ޝުޢައިބު މުޙައްމަދު އިޤްބާލް

މިރަސްމިއްޔާތުގައި 9 ވަނަ ދައުރުގެ ރައީސް ﷲޢަބްދު ޝަހުނީޒްގެ ވާހަކައިގައި ވަނީ އުއްމީދީ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. ޝަހުނީޒްގެ ވާހަކައިގައި ކުރިޔަށް އޮތް ދައުރުގައި ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތަކަށް ވަނީ އަލިއަޅުވާލައިފައެވެ. މިގޮތުން އެންމެ އިސްކަމެއް ދީގެން ކުރައްވާނެ ކަންތައްތަކެއްގެ ގޮތުގައި ކްލަބްތައް ހެދުމާއި، ޔޫނިއަންގެ މީޑިޔާ ވަރުގަދަ ކުރުމާއި، ދުޅަހެޔޮ ސިއްޙަތަށާއި، އަދި ތިމާވެއްޓާ ގުޅުންހުރި ހަރަކާތްތައް ހިމެނޭ ކަމަށް ޝަހުނީޒް ފާހަގަކުރެއްވިއެވެ. އަދި އައުޓް ރީޗް ސެންޓަރުތަކާއި، މުޅި ރާއްޖެއަށް ޔޫނިއަންގެ ހަރަކާތްތައް ފުޅާކުރުމަކީ ޔޫނިއަންގެ މި ދައުރުގެ އަމާޒެއްގެ ގޮތުގައި ޝަހުނީޒް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި އެޑްވައިޒަރީ ބޯޑުގެ މެންބަރު މުހައްމަދު ޝާން އާމިރު އަދި ޑީން އޮފް ސްޓޫޑެންޓްސް، ލީލާ އަހްމަދު ވެސް ވަނީ ޖަލްސާގެ ބައިވެރިންނަށް މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ. މި ދެބޭފުޅުންގެ ވާހަކައިގައި އެމްއެންޔޫއެސްޔޫގެ މެންބަރުންގެ މަސައްކަތަށް ތައުރީފް ކުރައްވާ، ހިތްވަރު ދެއްވާފައި ވެއެވެ.

އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަން އަކީ ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާއެވެ. މުޖުތަމަޢަށް ފައިދާހުރި އެކި އެކި މަސައްކަތްތައް އެޖަމިއްޔާއިން އެކި ގޮތްގޮތުން ހުއްޓުމެއްނެތި ކުރަމުން ގެންދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް