އިލެޝަން ކޮމިޝަން (އީސީ) ގެ އޮފީސް ހިންގަން މާލޭގެ އިމާރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
މިކަންހާމަކޮށް އީސީން ކުރި އިއުލާނުގައި ބުނީ، އެ ކޮމިޝަންގެ އޮފީސް ހިންގުމަށް 10 އަހަރު ދުވަހުގެ މުއްދަަތަކަށް އިމާރާތެއް ކުއްޔަށް ނަގަން ބޭނުންވާ ކަމަށެވެ.
އީސީން ބުނީ އެ ކޮމިޝަނުގެ އޮފީސް ހިންގުމަށް އިމާރާތް ކުއްޔަށް ދޫކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28ވާ ހޯމަ ދުވަހުގެ 13:30ގައި އީސީ ހިންގާ ޕޯޓް ކޮންޕްލެކްސްގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ .
އީސީން ކުރި އިއުލާނުގައި ބުނީ އޮފީސް ހިންގަން ހޯދަނީ މަދުވެގެން 13،500 އަކަފޫޓުގެ އިމާރާތެއް ކަމަށެވެ. އަދި ކުއްޔަށް ދޫކުރާ ފަންގިފިލާތަކުގައި އެ ކޮމިޝަން ނޫން އިތުރު އޮފީހެއް ހުރެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
ކުއްޔަށް ދޫކުރާ އިމާރާތަކީ ހަތަރު ފުރޮޅުލީ އުނޅަދުތަކަށް ފަސޭހައިން ވަދެވޭނެ އިމާރާތަކަށް ވާންވާނެ ކަމަށާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ހުރި އިމާރާތަކަށް ވާން ޖެހޭނެ ކަމަށް އީސީން ހާމަކޮށްފައި ވެއެވެ.