ސުރުޚީއަކީ އެނެމެން ދަންނަ ސިއްރެކެވެ. 1975 މާރޗް 25 ވަނަ ދުވަހު ސައޫދީ ޝާހީ ގަނޑުވަރުގެ ބޭފުޅަކު ލައްވާ އޭރުގެ ރަސްގެފާނު ފައިސަލް އަވަހާރަކޮށްލި ހިސާބުން ފެށިގެން ސައޫދީ އެރޭބިއާގެ ތެލަށް އެމެރިކާއިން ދަހިވެތިވެފައިވާ މިންވަރު ދުނިޔެއަށް ހާމަވެއްޖެއެވެ. ސައޫދީ އެރޭބިޔާގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުވެ އެއްބަސްވުމެއް ގާއިމް ކޮށްފިއެވެ. ބަދަލަކަށް ސައޫދީ އެރޭބިޔާގެ ތެޔޮ އެމެރިކާޑޮލަރަށް އަގުކޮށް ވިއްކުން ޝަރުތުކޮށް ފައެވެ. އެދުވަހުންފެށިގެން ސައޫދީގެ ތެލަށް ވެރިވެގަންނަން އެކި ސިފަ ސިފައިގާ އަންނަނީ މަސައްކަތްކުރަމުންނެވެ.
އިސްރާއީލުގެ އަނިޔާވެރި ހަންފެތުރުމެ ސިޔާސަތު އަސްލަކަށް ބަލައިގެންނެވެ. ދީނީ ގޮތުން ގްރޭޓަރ އިސްރާއީލޭ ކިޔައިގެން އަރަބި ގައުމުތަކުގެ ވެރިން ބިރުގަންނުވައިގެންނެވެ. މިކަން ކުރުމަށް އެޅިފައިވާ ހަމައެކަނި ހުރަހަކީ އީރާނެވެ. އީރާނަކީ އެމެރިކާއާއި އިސްރާއީލުގެ މި މަގްސަދު ހާސިލުކުރުމުގައި ކަރުގައި ތާށިވެފައިހުރީ ވަރަށް ފަލަ ކައްޓެކެވެ. އެ ކަށި ހަލާކު ކޮށްލުމަށް ތަފާތު ރޭވުންތައް ރާވަމުން ގެންގޮސްފައި ވެއެވެ. އިރާގައި އީރާނު ހަނގުރާމަ ކުރުވައިގެންނެވެ. އިރާގާއި ދެކޮޅަށް އެމެރިކާއި ހުޅނގުގެ ގައުމުތަކާއި އަދި ގަލްފުގެ އަރަބި ގައުމުތައްވެސް ބައިވެރި ވެގެންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މި ހަފުތާގެ ތެރޭގައި ގަލްފުގެ ހުރިހާ ގައުމުތަކަށް ވަޑައިގެން އެ ގައުމުތަކުގެ ވެރިންނަށް ވިސްނާ ދެއްވްތޯ އެ މަސައްކަތް ކުރައްވަނީ އެ ނުރައްކާތެރު ރޭވުމެވެ. އެމެރިކާ ފަހަތުގައި އޮވެގެން އިސްރާއީލުން ލައްވާ އީރާނަށް ހަމަލާ ދީގެން އީރާނުން އަރަބި ގައުމުތަކަށް ހަމަލާދިނީކަމަށް ބުނެ އަރަބިންގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލުމުގެ މަގު ހުޅުވަނީއެވެ. އެމެރިކާގެ ސިފައިން ގަލްފު ހަނގުރާމައިގާ ކުވޭތުގެ ތެލުގެ ވަސީލަތްތައް ވީރާނާ ކޮށްލުމަށްފަހު އިރާގުގެ ބޮލުގައި ތުހުމަތު އެޅުވި ފަދައިންނެވެ.
އެއަށްފަހު އަރަބި ގައުމުތަކުގެ ތެލުގެ ވަސީލަތްތައް އަލުން ރިޕެއަރ ކުރުމުގެ ނަމުގައި އެތަންތަނަށް ވެރިވެ ގަތުމަކީ އެމެރިކާއާއި އިސްރާއީލުގެ މަގްސަދެވެ. ހަމައެއާއެކު ދިގުދެމިގެންވާ ދެކޮޅުވެރިކަމެއް އިރާނާ ދޭތެރޭ އުފެއްދުމެވެ.
އިރާނުގެ ޚާރިޖީ ވަޒީރު އެދިވަޑައިގަންނަވަމުން ގެންދަވަނީ އެގޮތް މެދުވެރިވެއްޖެނަމަ ހުރިހާ ގެއްލުމެއް ލިބޭނީ މުސްލިމް އުންމަތަށްކަން ދެނެވަޑައިގެން އެމެރިކާއާއި އިސްރާއީލަށް އެ މަގު ތަނަވަސް ކޮށް ނުދެއްވުމަށެވެ.
ދުބާއި އިން މިއަދު ރޮއިޓާސް ދީފައިވާ ޚަބަރުތަކުގެ އެންމެ ފަލަ ސުރުޚީއަކީ އިސްރާއީލުން އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ދިނުމުގެ ވިސްނުން ހުއްޓުވަން އެމެރިކާއަށް މެދުއިރުމަތީގެ ގައުމުތަކުގެ ވެރިން ފިއްތުން ކުރިމަތި ކުރަމުން ގެންދިއުމެވެ. އީރާނުގެ ތެލުގެ އެއްވެސް ވަސީލަތަކަށް އިސްރާއީލުން ހަމަލާދީފިނަމަ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ގަލްފުގެ ގައުމުތަކުގެ ތެލުގެ ވަސީލަތްތައް ސުންނާފަތި ކޮށްލާނެ ކަން އެނގޭތީއެވެ. މިކަން ގަލްފުގެ 3 ގައުމަކުން ރޮއިޓާރސް އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ގަލްފުގެ ގައުމުތަކުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސައޫދީ އެރޭބިޔާއާއި ގަތަރާއި އަދި އެމިރޭޓްސް ވެސް ހިމެނޭ ގޮތުގައި ގަލްފުގެ ގައުމުތަކުން ގެންދަނީ އިސްރާއީލުން އީރާނަށް ހަމަލާދިނުމުގައި އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރިޔަ ނުދޭނެކަން އަންގަމުންނެވެ. މިކަން މިހާރު ވާނީ ވޯޝިންގޓަނަށް ވެސް އަންގާފައިކަމަށް ރޮއިޓާރސް އަށް މައުލޫމާދިން ފަރާތްތަކުން ހާމަކޮށްފައި ވެއެވެ. ގަލްފުގެ ގައުމުތަކުގެ މި ކަންބޮޑުވުން ހާމަ ކޮށްފައިވަނީ އިސްރާއީލުން އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދިނުމުގެ ބިރު ބޮޑުވެފައި ވާތީއެވެ. ގަލްފުގެ އަރަބި ގައުމުތަކުން މިފިޔަވަޅު އަޅާފައިވަނީ އެގައުތަކުގެ ތެލުގެ ވަސީލަތްތަކަށް އީރާނުން އެއްވެސް ގަރަންޓީއެއް ނުދެވޭނެ ކަމަށް ބުނެ އިންޒާރުދޭން ފެށުމުންނެވެ. އީރާނުގެ އިސް އޮފިޝަލަކު އެ މައުލޫމާތު ވަނީ ރޮއިޓާރސް އަށް ހިއްސާކޮށް ފައެވެ. ސައޫދީ އެރޭބިޔާގެ ޝާހީ ގަނޑުވަރާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންގެންދާ އެނަލިސްޓް އަލީ ޝިހާބީ ވެސް ވަނީ އީރާނުގެ އިންޒާރު ރޮއިޓާރސް އަށް ކަށަވަރުކޮށްދީފައެވެ. އަދި ސައޫދީ އެރޭބިއާއިން އެއްވެސް ހާލެއްގައި އިސްރާއީލަށް އެގައުމުގެ ވައިގެ ސަރަހައްދު ހުޅުވާ ނުލާނެކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުން މިހާރުވެސް ބުނަމުން ގެންދަނީ އީރާނުން ދިން ހަމލާގެ ރައްދު އިސްރާއީލުން ދޭނީ ފަނާކުރަނިވި ގޮތެއްގައި ކަމަށެވެ. އިސްރާއީލުގެ ބަސްމަގު ހުރިގޮތުން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ނުރައްކާ އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
މެދުއިރުމަތީގައި ހޫނުވެފައިވާ މަސްރަހްގެ ދިފާއީ ކަންކަމާބެހޭގޮތުން މިދިޔަ ހަފުތާގައި ސައޫދީ އެރޭބިއާއަށް ވަޑައިގެންނެވި އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ސައޫދީގެ ވަލީ އަހްދާއެކު މަޝްވަރާ ކުރައްވާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ގަލްފުގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އިސްރާއީލާއި އީރާނުގެ ދެކޮޅުވެރިކަމެއްގެ ތެރޭގައި ގަލްފުގެ ގައުމުތައް ފިތި ބާރު ނުވުމަށް ބާރު އެޅުއްވުން ކަމަށް އީރާނުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. ހޫތީ މުޖާހިދުންނާއި ހަމާސް އާއި ހިޒްބު ﷲ އަދި އިރާގާއި ސީރިޔާގެ މުޖާހިދުންނަކީ އީރާނުގެ މަދަދު ލިބިލިބި ހުންނަ ޖަމާއަތްތަކެއް ނަމަވެސް އެ ޖަމާއަތްތައް ހަރަކާތްތެރިވަމުން ގެންދާނީ މުޅިން މިނިވަން ޖަމާއަތްތަކެއްގެ ގޮތުގައެވެ. އީރާނަށް ގެއްލުމެއް ލިބެމުންދާ ވަގުތެއްގައި އެއިން އެއްވެސް ޖަމާއަތެއް ހަމަހިމޭނުން އޮވެދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ދޭން ނުކެރޭނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ގަލްފުގެ ގައުމުތަކުގެ ވެރިންނަށް ދެންނެވިކަމަށް ވެއެވެ. ހަމަ އެއާއެކު ހުޅަނގު ގައުމުތަކާއި އިސްރާއީލުން ރާވަމުން ގެންދަނީ ގަލްފުގެ ގައުމުތަކުގެ މުއްސަނދިކަން ކޮންމެވެސް ގޮތަކުން ފޭރިގަނެ އެ ގައުމުތަކުގަ ބާރުގެ ދަށަށް ގެނައުންކަން ވިސްނާ ފިކުރުކުރަން ދެންނެވި ކަމަށްވެސް ވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ގަލްފުގެ ގައުމުތަކަށް ކުރެއްވި އިންޒާރު މިހާރުވަނީ އެމެރިކާގެ ވެރިންގެ ކަންފަތަށް އިވިފައިކަމަށް މައުލޫމާތު ދެނެހުރި ފަރާތަކުން ރޮއިޓާރސްއަށް ވަނީ ކިޔާދީފައެވެ. އެހެންނަމަވެސް އެ މައްސަލާއާއި ގުޅޭގޮތުން ރައީސް ބައިޑްންއާއި ނަތަންޔާހޫ ފޯނުން މަޝްވަރާ ކުރުން ނޫން އެހެން މައުލޫމާތެއް ވައިޓް ހައުސްއިން ހާމަ ކުރާކަން ބޭނުމެއް ނުވެއެވެ.
މެދުއިރުމަތީގެ މައްސަލަތަކާބެހޭ އެމެރިކާގެ ކުރީގެ ޑެޕިއުޓީ އިންޓެލިޖެންސް އޮފިސަރ ޖޮނަތަން ޕެނިކޯފް ބުނެފައިވަނީ ގަލްފުގެ ގައުމުތަކުގެ ތެލުގެ ވަސީލަތްތަކަށް ގެއްލުމެއް ލިބުމަށް އެ ގައުމުތަކުން ނޭދޭނެކަން ގަބޫލުކުރަން ޖެހެއެވެ. އިސްރާއީލުގެ ހަމަލާތައް ވަކި ހުދޫދެއްގެ ތެރޭގައި ހިފޭއްޓުމަށް އެ ގައުތަކުން އިސްރާއީލާއެކު މަޝްވަރާ ކުރަމުންގެންދަނީ މިސަބަބަށްޓަކައެވެ. އިސްރާއީލުން ދީފާނެ ރައްދު ހަމަލާއެއްގައި އީރާނުގެ ތެލުގެ ވަސީލަތްތައް ނުހިނެނުމަށް އެމެރިކާއާއިއެކު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވެމުންދާކަމަށް އެ މައުލޫމާތު ރަނގަޅަށް އެނގޭ ފަރާތަކުން ރޮއިޓާސް އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
2019 ވަނައަހަރު ސައޫދީ އެރޭބިއާގެ ތެލުގެ ބައެއް ވަސީލަތްތަކަށް ހޫތީ މުޖާހިދުން ހަމަލާދިނުމުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލުގެ %5 މަދުވިކަން ސައޫދީން ހަނދާނެއް ނުނެތެއެވެ. އަދި އެ ހަމަލާގައި ލިބުނު ގެއްލުންތައް ރަނގަޅުކުރުމަށް ދިޔަ ވަގުތާއި ކުރަންޖެހުނު ހޭދައަކީވެސް އެފަދަ ދެވަނަ ތަޖްރިބާއެއް ކުރަން ފުރުސަތު ދިނުމުން ދުރުހެލިވާން ޖެހޭ ސަބަބެއްކަން ސައޫދީއަށް އެނގެއެވެ. އަދި 2022 ވަނަ އަހަރު އެމިރެޓްސްގެ ތެޔޮސާފުކުރާ ކާރުޚާނާއެއް ކައިރީގައި ބަރުކުރަމުން ގެން ދިޔަ ބޮޑު ޓްރަކަކަށްވެސް ހޫތީ މުޖާހިދުންވަނީ ރޮކެޓުން ހަމަލާއެއް ދީފައެވެ.
ސައޫދީ އެރޭބިއާއާއި އީރާނާ ދެމެދު މިހާރު އޮތީ ސުލްހަވެރި އެއްބަސްވުމެއް ގާއިމް ކޮށްފައެވެ. އެހެންނަމަވެސް ހުޅަނގުގެ ނުބައި ވިސްނުމާއެކު އަލުން އިތުބާރު ނުކުރެވޭފަދަ މާހައުލެއް އެ ދެގައުމުގެ މެދުގައި އޮތީ އުފައްދާފައެވެ. އަދި ހުޅަނގުގެ އެ ނުބައި ވިސްނުމާއި ރޭވުމަށް އަމަލީ ސިފަ ގެނައުމުގައި ދެމި ތިބުމަށް ޓަކައި އީރާނަކީ ދުޝްމިނެއްކަން ގަބޫލުކުރުމަށް ބޭނުންވާ ހުރިހާ ދޮގުހެކިތަކުން އެގައުކުތަކުގެ ވެރިންގެ ވިސްނުންފުޅު ގެންދަނީ ޚަރާބު ކުރަމުންނެވެ. މިހާރުވެސް އެމެރިކާ ސިފައިންގެ މަރުކަޒުތައް އެހުރީ ސައޫދީ އެރޭބިއާއާއި އެމިރޭޓްސް އާއި ބަހްރައިނާއި ގަތަރާއި އަދި ކުވޭތުގައި ބިން ހިއްޕާލާފައެވެ.
މި މައްސަލަ މިހާރު އޮތީ ގަލްފުގެ އަސްދަނޑިން ބޭރުވެ އޯޕެކްގެ ގައުމުތަކަށްވެސް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. އީރާނަށް ދޭ ހަމަލާއަކުން އީރާނުގެ ތެލުގެ ވަސީލަތްތައް ހުއްޓުމަކަށް އަޔަސް އެތަން ފޫބައްދާނެ ތެޔޮ ސައޫދީ އެރެބިޔާގައި އެބަހުއްޓެވެ. އެކަމަކު ސައޫދީގެތެލުގެ ވަސީލަތްތައް ސަލާމަތުން ހުރެގެންނޫނީ ސައޫދީގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނުނެރެވޭނެ ކަމާ ދޭތެރޭ ވާހަކަ ދައްކަން ބޭނުންނުވާ ކަހަލައެވެ. ހިތުތެރޭގައި ފޮރުވާފައިވާ ސިއްރަކީވެސް އެއީއެވެ. ސައޫދީގެ ތެލުގެ ވަސީލަތްތަކަށް ވެރިވެ ގަނެވޭނީ އެވާހަކަތައް ނުދައްކާ ތިބެގެންނެވެ.
މެދުއިރުމަތީގެ މާހައުލަށް އަންނަ ބަދަލުތަކަށް ބަލާއިރު އަރަބި އެއްވެސް ގައުމެއްގެ އެއާރ ސްޕޭސް ތެރެއިން ލާފައި އީރާނަށް ހަމަލާދިނުމުގެ ފުރުސަތު އިސްރާއީލަށް ނުލިބޭނެކަން ވަނީ ކަށަވަރު ވެފައެވެ. އެކަމަކު އެއީ އީރާނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫންކަމަށާއި އެ ގައުމުތަކަށް ލިބިދާކަން ކަށަވަރު ކުރެވޭ ބޮޑު ނުރައްކަލަކާއި ގެއްލުމަކުން ދުރުހެލި ވުމުގެ ގޮތުން ކުރާކަމެކެވެ. އަދި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގައި ސައޫދީ އެރޭބިއާއާއި އެމިރެޓްސް އަދި ގަތަރުގެ އެއާރސްޕޭސް އަށް ވަނުމަކީ އިސްރާއީލަށް ބޭނުން ކަމަކަށްވެސް ނުވާނެއެވެ. އިސްރާއީލުން އޭގެ ބަދަލުގައި ހުރަސްކުރާނީ އިރާގާއި ޖޯރޑްންގެ އެއާރސްޕޭސް އެވެ.
ބައެއް މުހައްލިލުން ދެކޭގޮތުގައި ގަލްފުގެ އެއްވެސް އަރަބި ގައުމެއްގެ އެއާރސްޕޭސް ހުރަސްކުރުމުގެ ބަދަލުގައި އިސްރާއީލުން ހަމަލާދޭން ބޭނުންކުރާނެ ވަސީލަތްތައް ރެޑް ސީގެ މަގުން އިސްޑިއަން އޯޝަނަށް ނިކުމެ ޖައްވުތެރޭގައި އިތުރަށް ރި-ފިއުލް ކޮށްގެންގޮސް ހަމަލާ ދިނުމަށްފަހު ހަމައެމަގުން އެނބުރި އައުންވެސް އިޚްތިޔާރު ކޮށްފާނެއެވެ.
އިސްރާއީލުގެ 2 އޮފިޝަލަކު ބުނެފައިވަނީ އިސްރާއީލުން އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ނުދިނުމަކަށް އަދި ނުނިންމާކަމަށެވެ. އެކަމާބެހޭގޮތުން ގޮތެއް ނިންމުމުގެ އިޚްތިޔާރު އިސްރާއީލު ސަރުކާރުން ދީފައިވަނީ ދިފާއީ ބާރުތަކަށެވެ. މިޚަބަރުތައް ލީކުވުމާގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނެފައިވަނީ “ އަހަރެމެންގެ ހަމަލާ ވެގެން ދާނީ ކަނޑައަޅާފައިވާ އަމާޒަށް ދެވޭނެ މަރު އެތިފަހަކަށް ކަމަށާއި އަދި އެއްވެސް އެނގުމަކާ ނުލައި ދެވޭނެ ކުއްލި ހަމަލާއެއް ކަމަށެވެ. އެއީ ގިޔާމަތްވުން ފަދަ ކަމަކަށް ވާނެއެވެ. ކުއްލި ހައިރާން ކަމެއްގެ ތެރޭގައި ތިއްބާ ދެން ކުރިމަތިލާން ޖެހޭނީ އަހަރެމެންގެ ހަމަލާގެ ބިރުވެރި ނަތީޖާއާއެވެ. ”
އިސްރާއީލުގެ ވާހަކަތަކުން ގަލްފުގެ ބައެއް އަރަބި ގައުމުތަކުން ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އެމިރޭޓްސް އާއި އޮމާނާއި ގަތަރާއި އަދި ބަހްރައިނުން ބުނެފައިވަނީ އިސްރާއީލުން އީރާނަށް ދީފާނެ ހަމާލާއެއްގެ އެންމެ ބޮޑު ބިރުވެރިކަމަކާއި ގެއްލުމެއް ލިބިގެންދާނީ އަހަރެމެންގެ ގައުމުތަކަށެވެ. އަދި އޭގެ ސަބަބުން މުޅިދުނިޔޭގެ އިގްތިސާދުގެ ފުންމިން ނޭންގޭ އަދިރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ބިރުވެރިކަންވެސް އެހާ ބޮޑެވެ. އޭގެ ތެރޭގައި ޗައިނާފަދަ ގައުމުތައް ވަރަށް ޚާއްސަގޮތެއްގައި ފާހަގަ ކުރެވެއެވެ.
އެއްވެސް ސަބަބަކާހުރެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއެއް 120 އެމެރިކާ ޑޮލަރަށް އުފުލިއްޖެނަމަ އެއީ ދުނިޔޭގެ ބާޒާރަށާއި އަދި އެމެރިކާގެ އިގްތިސާދަށްވެސް ނު އުފުލޭވަރުގެ ބުރައަކަށް ވެގެންދާނެއެވެ. ކަމަލާ ހަރިސް އަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވުމުގެ ފުރުސަތުވެސް ގެއްލިގެން ދިއުން ވަރަށް ކައިރިއެވެ.
ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރޮފެސަރ ބާރނާރޑް ހައިކަލް ބުނެފައިވަނީ “ ގަލްފުގެ ގައުމުތަކުން ގަބޫލު ކުރާގޮތުގައި އިސްރާއީލުން އީރާނަށް ހަމަލާ ނުދޭހާ ހިނދެއްގައި އީރާނުގެ ސަބަބުން އަރަބި އެއްވެސް ގައުމަކަށް ބިރެއް ނެތެވެ. އެކަމަކު އީރާނަށް ހަމަލާތަކާ ކުރިމަތިލާން ޖެހޭ ހިނދު އީރާނުން އެއްވެސް ގައުމަކަށް ނުބަލާނެއެވެ. އެފަދަ ހާލަތެއްގައި އެންމެ ބޮޑު ނުރައްކަލެއް މެދުވެރިވާނީ ސައޫދީ އެރޭބިޔާއަށެވެ. އެ ގައުމުގެ ވަށައިގެން އީރާނަށް ތާއީދުކުރާ މުޖާހިދުން ތިބުމުގެ ސަބަބުންނެވެ، ”
2 Responses
އީރާނުގެ މިހާރުގެ ސަރުކާރަކީ (ޝީޢީ ރަވާފިޟީންގެ) ސަރުކާރެކެވެ.
ސުއްނީ މުސްލިމުންގެ މައްޗަށް ޝީޢީރަވާފީޟީންގެ ހަސަދަވެރިކަމާ އަނިޔާވެރިކަން ހުރީ ކިހާވަރަކަށް އިސްލާމީ ތާރީޚުން ފުދޭމިންވަރަށް އެހުރީ ހެކިފެއްނާށެވެ………
ތިޔަކީޔާ ޔަހޫދީންނާއި އީރާނިކީ އެއްފައިސާ ފޮއްޗެއްގެ ދެފުށްކަން ވެސް އެއޮތީ ތާރީޚުން ފެއްނާށެވެ.
ސުއްނީ މުސްލިމުންގެ މައްޗަށް މެދުއިރުމަތީގައި އެނބުރޭ ނުވަތަ އަނބުރާއިލެވެ ކޮށްމެ ފިތުނަވެރި ގޭސްގަނޑެއްގެ ފަހަތުގައި ސިއްރާއި ފާޅުގައި ޔަހޫދީންނަށާއި އެމެރިކާއަށް ވާގިވެރިވާ ފަރާތަކީ އީރާނުގައިވާ ޝީޢީރަވާފިޟީންގެ ދައުލަތެވެ.
އަޙްމަދު ރާޒީއަށް ވަރަށް އިހްތިރާމާ އެކު ދަންނަވާލަން ބޭނުމެވެ. އަޅުގަނޑަކީ ތާރީކް އިލްމަށް ލޯބި ކުރާ މީހަކީމެވެ. ވިދާޅުވެފައި އެވާ ތާރީޚު ލިއުނީ :
ހ. ކޮން ޒަމާނެއްގައި ހެއްޔެވެ ؟
ށ. އެ ތާރީޚު ލިއުނީ ސުންނީން ހެއްޔެވެ ނުވަތަ ޝިޔާއީ ހެއްޔެވެ ؟
ނ. ޝިޔާއީ މިއީ ކާކު ދިން ނަމެއް ހެއްޔެވެ ؟. އީރާނުގެ މީހުން އެމީހުން ތަޢާރުފް ވަނީ އިސްލާމީ އީރާނީންގެ ނަމުންނެވެ. ޝިޔާއީއަކީ އެމީހުން ބޭނުން ކުރާ ބަހެއްކަން އެނގިފައެއް ނެތެވެ.
ރ. އިސްލާމްދީނުގައި ތިބި ބަޔަކީ ހަމައެކަނި ސުންނީންކަން އެނގުނީ ކިހިނެއް ހެއްޔެވެ ؟ މާތް ނަބިއަޔާގެ އެންމެ ފަހުގެ ޚުތުބާގައި އެވާހަކަ ގެންނަވާފައި ނުވާތީ ޔަގީން ކޮށްލަން ބޭނުންވީއެވެ.
ބ. އަހްމަދު ދީދާތުގެ ބައެއް ތަގްރީރުތަކުގައި އީސާގެފާނަށް ކްރިސްޓިއަނުންނޭ ދެންނެވީމާ އެނގިވަޑައި ނުގަންނޥާނެ ކަން ދޭހަވާ ގޮތަކަށް ވިދާޅުވެފައި ހުރެއެވެ.
ޅ. މާތް ނަބިއްޔާގެ އަރިހުގައި ފުރުސަތު ލިބިއްޖެނަމަ ތިމަންނައަކީ ސުންނީ އެކޭ ދެންނެވުމުން ދެއްވާނީ ކޮންކަހަލަ ޖަވާބެއްބާ ؟
ކ. ބައެއް ސުންނީ އިލްމުވެރިން އެހެންމީހުން ކާފަރު ކުރަމުން ގެންދާއިރު ގިޔާމަތްދުވަހުން ހިސާބު ބެއްލެވުމުގެ ދަރުބާރުގައި ތިއްބަވާނީ ސުންނީ އިލްމުވެރިންހެން ހީވާކަހަލަ.
އަނެކުންނާ ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިން ރަނގަޅަށް ވިސްނަވާ ލެއްވުން ރަނގަޅުވާނެ.