ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް!

Loading

Facebook
Twitter
WhatsApp

ކޯވިޑް19 ގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކާ ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީ، އެކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިއުލާންކޮށްފިއެވެ.

ރޭ އިއުލާން ކުރި ލުއިތަކުގެ ސަބަބުން އެންމެ ބޮޑު އުފާވެރިކަމެއް ލިބިގެން ދިޔައީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށެވެ. މިގޮތުން މާލެ ސަރަހައްދުގައި ކޮންޓެކްޓް ސްޕޯޓްސް އަދި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ. އަދި ކުޅިވަރުތައް ބެލުމަށް 15 މީހުންނަށް ވުރެން ގިނަ ނުވާނެހެން އެއްވެ އުޅެވޭނެއެވެ. ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކުޅެން ނުދިޔުމަށާއި، ކުޅިވަރު ބަލަން ދާ ފަރާތްތަކުން މާސްކް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން 15 މީހުންނަށް ވުރެން ގިނަ ނުވާގޮތަށް އާއިލީ އެއްވުންތަށް ފަދަ އެއްވުންތައް ކުރިޔަށް ގެންދިޔުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އަދި މިހެން އުޅުމުގެ ތެރޭގައި ރަނގަޅަށް މާސްކް އެޅުމަށާއި، އެހެން ގްރޫޕްތަކާއި މަސްހުނި ނުވުމަށް ވެސް އިރުޝާދު ދީފައި ވެއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ފްލޫ ކްލިނިކަށް ދިޔުމަށް ނޫނީ ބޭރަށް ނުނިކުންނަން އެޗްޕީއޭއިން އިލްތިމާސް ކޮށްފައި ވެއެވެ.

ހަމަ އެއާއިއެކު އެޗްޕީއޭއިން ވަނީ ޕާކްތަކާއި، ދާރުލް އާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމުގެ ހުއްދަވެސް ދީފައެވެ. މިފަދަ ތަންތަނަށް ދާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

މީގެ އިތުރުން މާލޭގެ ކާފިއު ގަޑިއަށް ވެސް ބަދަލުތަކެއް އައިސްފައި ވެއެވެ. މިއަދުން ފެށިގެން ކާފިއު ގަޑިއަކީ މެންދަމު 00:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. މީގެ ކުރިން ކާފިއު ގަޑި ފެށެނީ ރޭގަނޑު 11 ޖަހާއިރެވެ.

މާލެގައި އުޅުމަށް ފަހު އަތޮޅުތެރޭގެ ރަށަކަަށް ދާނަމަ 14 ދުވަހު ގޭގައި އެކަހެރިވެ، ކޯވިޑަށް ޓެސްޓް ކުރަން ޖެހޭ އުސޫލު އަނެއްކާވެސް ވަނީ ދަމަހަށްޓާފައެވެ. ނަމަވެސް މިހާރު ކޮންމެ ބޭނުމެއްގައި ވެސް ރަށްރަށަށް ދެވޭނެއެވެ. ކުރިން ރަށްރަށަށް ދެވެނީ ވަކި ޚާއްސަ ހާލަތްތަކުގައި އެކަންޏެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅު ވަމުންނެވެ. މިހާލަތުން އަރައިގަތުމަށްޓަކާ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވެ، ފަރުދީ ޒިންމާ އަދާކުރުން ކޮންމެހެންވެސް މުހިންމެވެ.

ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނައުން

އެންގުން ނަންބަރު: 59/2020

އިތުރު މަޢުލޫމާތު:

https://www.gazette.gov.mv/gazette/download/5886

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް