ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިޔަފާރިކުރުމާއި، ބޭނުންކުރުން މަނާކުރަން ރައީސް ނިންމަވައިފި

Loading

October 14, 2024
profile
Facebook
Twitter
WhatsApp

ދިވެހިރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިޔަފާރިކުރުމާއި، ބޭނުންކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމުން ނިންމެވިކަން ހާމަކުރެއްވީ ރައީސް ޑރ. މުޢިއްޒު މިއަދު ހަވީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

Loading

One Response

Leave a Reply to 6 ކުޅި ކުރިޔަށް Cancel reply

ފަހުގެ އަޕްޑޭޓް