ރ.އުނގޫފާރުގައި މީހަކު ދަން ޖެހިފައި ހުއްޓާ ފެނިއްޖެ!

Loading

Facebook
Twitter
WhatsApp
ރ.އުނގޫފާރުގައި ފިރިހެނަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ. އޭނާ ދަން ޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އެމީހާއަކީ އުމުރުން 23 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއީ އެކެނިވެެރި މައެއްގެ ހުރި ދެ ދަރިންގެ ތެރެއިން ދޮށީ ދަރިއެވެ.
ދަންޖެހިފައި ހުއްޓާ ފެނުމުން އެޒުވާނާގެ ހަށިގަނޑު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ ނިޔާވެފައެވެ. އަދި މިމައްސަލަ ފުލުހުންގެ ފަރާތުން ދަނީ އިތުރަށް ތަޙުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި މިފަދައިން ދަން ޖެހޭ ޒުވާނުންގެ ނިސްބަތް ދަނީ ފާހަގަ ކޮށްލެވޭ މިންވަރަކަށް އިތުރު ވަމުންނެވެ. އަމިއްލައަށް މަރުވުން ނުވަތަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ މާތް ﷲ ކީރިތި ޤުރުއާނުގައި ހަރުކަށި އިބާރާތުން ނަހީ ކުރައްވާފައިވާ ކަމެކެވެ. މި މައްސަލައަކީ މުޖުތަމަޢުގެ ތެރެއިން ކަމުވޮށިގެންވާ މީހުން އިސްނަގައިގެން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މައްސަލައެކެވެ. ގިނަ ފަހަރަށް އަމިއްލަ ނަފްސު ޤަތުލް ކުރާ މީހުން އެކަން ކުރަނީ ދިރިއުޅުމާ މެދު މާބޮޑަށް މާޔޫސް ވުމުންނެވެ. ނަމަވެސް ގަޟާ ޤަދަރަށް އީމާންވެ، ދަތި އުނދަގޫ ޙާލަތްތަކުގައި ކެތްތެރިވުމަށް ދީނުގައި އިރުޝާދު ދެއްވާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް