އިންޑިޔާގެ ފޮރިން ސެކެޓްރީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެ!

Loading

Facebook
Twitter
WhatsApp
    އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، މިމަހުގެ 8 އިން 10 އަކަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކެޓްރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި މީގެ އިތުރުން އިންޑިޔާގެ އެހީގައި ރާއްޖޭގައި ހިންގޭ މަޝްރޫޢުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް ބައްދަލު ކުރެއްވުމަށާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ އެމަޤާމާ ހަވާލުވީ ފަހުން ރާއްޖެއަަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިޔާގެ މިހާރުގެ ފޮރިން ސެކެޓްރީ އެމަޤާމާއި ހަވާލުވެލެއްވީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް