ކ.މާފުށިން އިތުރު ދެ ފަތުރުވެރިޔަކު ކޯވިޑް19 އަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ރަށް ކަމުގައިވާ ކ.މާފުށިން އިތުރު ދެ ފަތުރުވެރިޔަކު ކޯވިޑް19 އަށް ފައްސިވެއްޖެއެވެ. މާފުށިން މީގެ ކުރިން ވެސް ވަނީ 3 ފަތުރުވެރިޔަކު ބައްޔަށް ފައްސިވެފައެވެ. އެހެން ކަމުން މިހާތަނަށް ބައްޔަށް ފައްސިވީ ޖުމްލަ ފަތުރުވެރިންގެ އަދަދު މިވަނީ 5 އަކަށް އަރައިފައެވެ.
މާފުށިން ކޯވިޑަށް ފައްސިވެފައިވާ ފަތުރުވެރިން ތިބި ކަމަށް މައުލޫމާތު ލިބިފައިވަނީ އެރީނާ ބީޗް ހޮޓެލް، ސޯލްޓް ބީޗް ހޮޓެލް އަދި  ކާނި ޕާމް ޙޮޓެލް އިންނެވެ. މިގޮތުން އެންމެ ގިނަ ކޭސް ފެނިފައިވަނީ ސޯލްޓް ބީޗް ހޮޓެލް އިންނެވެ. އެތަނުގައި ތިބި 3 ފަތުރުވެރިޔަކު ވަނީ ބައްޔަށް ފައްސިވެފައެވެ.
ކޯވިޑް19 އާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި އެއް ވިޔަފާރިއަކީ ގެސްޓްހައުސް ވިޔަފާރިއެވެ. މިހާރު ގެސްޓުން އައުމުގެ ހުއްދަ ދެމުން އައިކަމުގައި ވިޔަސް، އެރަށެއްގައި ފަތުރުވެރިން އުޅޭނަމަ ރަށުން ބޭރަށް ކަރަންޓީނު ވުމަކާއި ނުލާ، ޒަރޫރީ ބޭނުމަކަށް ނޫނީ ނުދެވެއެވެ. މިކަމާއި ގުޅިގެން ރާއްޖެތެރޭގެ ގެސްޓް ހައުސް ވިޔަފާރީގެ ޅަފަތުގައި އޮތް ގިނަ ރަށްރަށަށް ފަތުރުވެރިން ނުގެނެއެވެ. އެއީ އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިތުރު ތަކްލީފްތަކާއި ކުރިމަތި ވާތީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް