ކޯވިޑް19: އިއްޔެ އިތުރު 39 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 39 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 07 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 32 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 19 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,932 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 845 އެކްޓިވް ކޭސް ހިމެނޭއިރު، 54 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 212 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
މިބަލީގައި ރާއްޖެ އިން މިހާތަނަށް 39 މީހަކު ނިޔާވެފައި ވާއިރު 11,041 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.
އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 15 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 28 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 120 މުވައްޒަފުންނާއި، 52 ފަތުރުވެރިޔަކު ހިމެނެއެވެ.
ރާއްޖޭން މިބަލީގައި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ވަނީ އިތުރު މީހަކު ނިޔާވެފައެވެ. އެއީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 88 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މަޢުލޫމާތު ލިބެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް