ދިވެހި ސިފައިންނާއި ފުލުހުން އަނެއްކާވެސް ބަޣާވާތެއް ކޮށްފާނެ - – ނަޝިދު

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ސިފައިންނާއި ފުލުހުން ސަރުކާރާއި ދެކޮޅަށް ބަޢާވާތެއް ނުހިންގާނެކަމަށް ދަންނަވާކަށް ކެރިވަޑައެއް ނުގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެެއްޖެއެވެ. ނަޝީދަކީ އަބަދުވެސް ދިވެހި ސިފައިންނާއި ފުލުހުން އަދި އޭގެ އިތުރުން ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ގަދަރާއި ކަރާމަތަށް ގެއްލޭފަދަ ބަހުގެ ޙަމަލާތަށް ދެއްވާބޭފުޅެއްކަމުގައި ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް އެކުރައްވާ ތުޙުމަތުތަކަކީ ރައީސް ސޯލިޙު އަދި އެވިދާޅުވާ އިންސްޓިޓިއުޝަންސް ތަކާއި ޙަވާލުވެ ތިއްބެވި ބޮޑުން އޭރުވެސް މިހާރުވެސް ވިދާޅުވާގޮތުގައި އެއްވެސް އަސާސްއެއް ނެތް ވާހަކަތަކެވެ.

ނަޝީދު މިމޭރުމުން އަނެއްކާވެސް ޓީވީގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައި އެވަނީ ފުލުހުންނަށް ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިފައިކަމަށާއި އެއްވެސް ސަރުކާރެއްް ވައްޓައިލަން ފުލުުންހުންނެއް ނުނިކުންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ތަކުރާރުކޮށް ވިދާޅުވެފައިވަނިކޮށެވެ.

މި ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ސިފައިންނާއި ފުލުހުން ސަރުކާރާއި ދެކޮޅަށް ނުނިކުންނާނެކަމަށް ދަންނަވާކަށް ކެރިވަޑައެއް ނުގަންނަވާކަމަށެވެ. އެހެނީ އެމަނިކުފާނުގެ ވެރިކަން ވެއްޓުނީ އެފަދަ ބަޢާވާތަކުންކަމަށް ވާތީކަމުގައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ 07 ފެބްރުއަރީގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ނުކުމެ ޤައުމަށްވީ ޣައްދާރުވުން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށާއި އެކަންތައްތައް ފުރިހަމަކުރަން ޖެހޭކަމަށެވެ. ނަމަވެސް ހަމަ އެވިދާޅުވާ ަރިޕޯޓުގައި ނަޝީދުގެ ވެރިކަން ވެއްޓިފައިވާނީ ބަޢާވާތަކުން ނޫންކަމަށް އޮތްކަމެއް ވިދާޅެއްނުވެއެވެ.

7 ފެބްރުއަރީގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ޤައުމަށްވީ ޣައްދާރުވުން ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާނެ, އެކަންކަން ތަންފީޒުނުކުރާހާ ހިނދަކު އަނެއްކާވެސް މިއުޓިނީއެއް ނުކުރާނެކަމަކަށް ދަންނަވާކަށް ނުކެރޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. މި ގޮތުން އިދިކޮޅުފަރާތްތަކުން ބުނަނީ ނަޝީދުގެ ވެރިކަން ވެއްޓުނީއަކީ ނޫންކަމާއި އަމިއްލަފުޅަށް ކޯޓުފަޓުލޫނު ތުރުކުރައްވާއި ޓައި އަޅުއްވައިގެން ވަޑައިގެން އެމަނިކުފާނުގެ ކެބިނެޓްގެ ވިސްނުމާ ވެސް ދެކޮޅަށް އެމްޑީޕީގެ ގައުމީމަޖިލީހުގެ ބަހެއްވެސް ހޯދުމެއްނެތި ގައުމުގައި އޮތްހާމީޑީއާއެއް އެއްކުރަށްވައި ރައީސް އޮފީހުގައި ހުންނަވައިގެން އިސްތިޢުފާ ދެއްވީކަމަށެވެ.

އަދި އެމަނިކުފާނަށް މިހާރު ސާފުވާންވީކަމަކީ ވެރިކަމުން އިސްތިއުފާދޭން ޖެހުނީ ދީނަށް ފުރައްސާރަކޮށް ބުދުބަހައްޓައި ޤައުމުގެ ހަރުމުދާތައް ވިއްކަން ފެށުމުން ރައްޔިތުން ރަތަށް ގޮސްގެން މަގުތަކަށް ނިކުތީމަކަން އެނގި ދެންވެސް ދިވެހި ދައުލަތާއި ދެކޮޅު ޢަމަލުތައް ކުރެއްވުން ހުއްޓަވާލައްވާ ރައީސް ސޯލިހުގެ ވެރިކަން ސޯލިޙުގެ ކޯލިޝަން އެދޭގޮތަށް ކުރުމަށް މަގުފަހިކޮށް ދެއްވަންވީ ކަމުގައެވެ.

ނަޝީދު މިހެން މިމޭރުމުން އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައި މިވަނީ ސީޕީ ޙަމީދު ފުލުހުންނަށް ވަނީ ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިފައި ކަމަށާއި ފުލުހުންނަކީ ޕްރޮފެޝަނަލް ބައެއްކަމަށާއި އެއްވެސް ސަރުކާރެއްް ވައްޓައިލަން ފުލުުންހުންނެއް ނުނިކުންނާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ 07 ފެބްރުއަރީގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ޤައުމަށްވީ ޣައްދާރުވުން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެރިޕޯޓުގައި، އެވިދާޅުވާ ރޭ އެމަނިކުފާނު އުޅުއްވިގޮތުގެ އެއްވެސް ބާބެއް ފެނިވައިގަންފަ ނުވާކަމަށް ގިނަބަޔަކު ދެކެމުންދެއެވެ.

ތަކުރާރުކޮށް ނަޝިދު ވިދާޅުވަނީ ކޯނީ ރިޕޯޓު ތަންފީޒުނުކުރާހާ ހިނދަކު އަނެއްކާވެސް މިއުޓިނީއެއް އަކާއި ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. މި ގޮތުން ޕީޕީއެމްގެ ސެކެޓެރީ ޖެނެރަލް ވިދާޅުވަނީ އެމަނިކުފާނަށް މިހާރު ސާފުވާންވީކަމަކީ ވެރިކަމުން އިސްތިއުފާދޭން ޖެހުނީ ދީނަށް ފުރައްސާރަކޮށް ބުދުބަހައްޓައި ޤައުމުގެ ހަރުމުދާތައް ވިއްކަން ފެށުމުން ރައްޔިތުން ރަތަށް ގޮސްގެން މަގުތަކަށް ނިކުތީމައި ކަމަށެވެ.

 

Loading

4 Responses

  1. އަސްލުވެސް ނަޝީދަކީ ވަރަށް ތަފާތު ބޭފުޅެއް. ޢަމަލުތަކަށް ބަލައިލަމާ< ޑިމޮކްރެސީގެ ބައްޕަ ސުޕުރީމް ކޯޓުގައި ތަޅުއެޅުވި. ވެލިޒިނީ ލައިގެން އިންސްޓިޓިއުޝަންެއްގެ އަގު ދުއްވާލައި ފުނޑާލި. ވެރިކަމުގައި ހުރެމެ މަގުމަތީ މުޒާހަރާކޮށް ގުންޑާއުސޫލުން ކަންތަަކެއްކުރެއްވި. އަބުލޯގާޒީ ވަގަށް ނަގުވައި ބޮޑު ހާޖާނެއް ހަދުވާ އެ ހާޖާނުގަނޑު ނުވަތަށް އެނބުރިގެންގޮސް އެބުނާ "ބަޣާވާތް" އަތަށްގޮވި. ދެން ރެއަކާލީ 48 ގަޑިއިރު ފަހުން. މަގުމަތިން ޖައްސާ މުޅިގައުމުގައި ހުޅުޖަގެންވެސް ބީވި ވެރިކަމެއް ނުލިބުނަސް އަލުން އެހެން އެންމެގެ ބޯކައިލައިގެން 2018 މިވަނީ ވެރިކަމުގެ ބާރުލިބިފައެވެ. ވީމާ އަސްލުވެސް ނަޝީދަކީ އާދަޔާ ޚިލާފު ބޭފުޅެކެވެ. މިހާރުވެސް ޝައްކާވަހުމުން ދިވެހި ސިފައިންނާއި ފުލުހުންނަށް އަދި އޭނާބޭނުންވާގޮތަށް ނޫންގޮތަށް އުޅޭއެންމެނަށް ކުދިކިއުމާއި ފަނިއެޅުވުމާއި ދޭތެރެ ޖެއްސުން އެއީ އެމަނިކުފާނުގެ ލިގަސީއެވެ. އާއެކެވެ. އެއީ ވަރަށް ތަފާތު ބޭފުޅެކެވެ.

  2. ނަޝީދު އަބަދު ބަޣާވާތޭ މިކިޔާނަގަނީ އަނެއްކާވެސް ރުންކުރުކޮށްލާފަ އެންމެނާ ދިމާކޮށްގަނެ ގިނަބަޔަކު ރުޅިއަރުވާ ސަރުކާރާ އިދިކޮޅަށް ޖައްސުވަން ރާވަނީބައޭވެސް ހިތައްއަރާ. އެއީ ސޯލިހުގެ ސަރުކާރަކީ ނަޝީދު ބޭނުންވިގޮތަށް ހިންގާ ހިންގޭނެ ސަރުކާރެއްނޫންކަން ބުރޯ ފައްޔާޒު ބޭރުކުރަން ހިފިހިފުމުން އެނގިއްޖެތާއެވެ. ތިމާއަށް ވެރިކަންނުކުރެވެންނާ އެހެން މީހަކު އެކަން ކުރިއަނުދެއްވަން ދެން މިއީވަރަށް ދަށުދަރަޖައިގެ ކަމެއްނޫންތޯއެވެ. ނާނާ! ހަމަ އެހެންދޯ ތުއްތުދޮންބެއަށްވެސް ވީ. ޔާމީނު ލައްވާ އޭނަބޭނުންގޮތަށް ވެރިކަންކުރަން އުޅުއްވީ. ދެން ޔާމީނު އެހެންނަހައްދަވާ ތިމަންނާ ވެރިކަންކޮށްލާން ދެއްވާށޭ ދެންނެވީމަ ނަޝީދުއާއި ގުޅިގެން ބަޣާވާތްކުރެއްވީއޯ. ދެން މިހާރު ބަޣާވާތަކީ ކޯއްޗެއްކަމެއްވެސް ނޭންގޭހިސާބަަށް މިވަނީ ގޮއްސަ. ދެންހެޔޮ ނޫޅެން ތިކަމާ ވިސްނާކަށް ، ނިމުނީ

  3. މުހައްމަދު ނަޝީދުގެ ބަހުރުވަ ދަސްނުވާތީ ހިތާމަކުރަން. އޭނާގެ ސިޔާސީ ގިނަ ވާހަކަތަކަކީ ކަންކަން ފޮރުވަން ދައްކާ ވާހަކަ. މިސާލަކަށް ޗައިނާއަށް ދަރާ ވިކޭ ވާހަކައަކީ ރާއްޖޭގެ ހުރިހާ ކަމެއް އިންޑިޔާގެ އަތް ދަށަށް ގެނައުމުގެ ބޭނުމުގަ ދައްކާ ވާހަކަ. ފަހަރެއްގައި ވެސް ދަރަނިތަކުން ރާއްޖެ ސަލާމަތްކުރަން ދައްކާ ވާހަކައެއް ނޫން. މިކަން އެ އޮތީ ފެންނަން.
    ފުލުހުންނާއި ސިފައިންގެ ބަޣާވަތޭ ކިޔަނީ ދެ ސަބަބެއް އޮވެގެން. އެއް ސަބަބަކީ އެ މީހުންނަށް އިތުބާރު ނުކުރެވޭތީ. ސަބަބަކީ އަމިއްލައަށް ކުރާކަންތައްތަކުގެ ސަބަބުން. ރާއްޖެއަށް އަރަން އިންޑިޔާ ސިފައިންނަށް ގޮވުން. ރާއްޖޭގެ އާދަކާދަތަކަށް ބަލާލުމެއް ނެތި ހިތު ހުރި ގޮތަކަށް ކަންތައް ކުރުން. އޭނަގެ ވެރިކަން ވެއްޓުނީ މިހެން ވެގެން. މިހާރު ރާއްޖޭގައި ނުރަސްމީ ސިފައެއްގައި އިސްކޮށް ހުރެގެން އިންޑިޔާގެ އަސްކަރީ ބާރުތައް ގާއިމުވުމުގެ މަގުފަހިކޮށް އެކަން ކުރަމުންދާއިރު، އެކަން އެންމެ ކައިރިން ފެންނާނީ ފުލުހުންނާ ސިފައިންނަށް. އަދި، އެންމެންނަކަށް މިކަން އޮޅުވަައެއް ވެސް ނުލެވޭނެ. އެހެންވެ، މިކަމާ ދެކޮޅަށް ތެދުވެދާނެ ބައަކު ފުލުހުންނާ ސިފައިންގެ ތެރޭގައި ތިބެދާނެ. އެހެންވެ، އެކަމާ ބިރުން، ޖެހިލުންވެ، އެ ދައްކާ ވާހަކައެއް އެ ދައްކަނީ. މީގެ ކުރިން ގޮވަމުން ދިޔައީ ފުލުހުންނާ ސިފައިންގެ އިތުބާރު ނެތްކަމަށް. އެއީ ބޭކާރު ބައެއް ކަމަށް. އެމީހުންގެ ބަދަލުގައި ބޭރުގެ ބައެއް ބޭތިއްބުން ރަނގަޅުކަމަށް. މިއީ ހައްތަހާވެސް އިންޑިޔާ ސިފައިން ގެންނަން މަގުފަހިކުރަން ދެއްކި ވާހަކަ.
    ރާއްޖެއަށް ތައާރުފުކުުރެވުނު ޕާޓީ ޑިމޮކުރަސީން ރާއްޖެއަށް މި ލިބެނޭ ގެއްލުން. އެއްވެސް އީމާންތެރިކަމެއް، ތަނަށް އިޚުލާސަތެރިކަމެއް، ގައުމު ބިނާކުރާނީ ކިހިނެއް ކަމެއް ނޭނގޭ މަރުމޯލުން ވެރިކަމަށާއި ސަރުކާރު ހިންގުމުގެ އިސް ސަފުތަކަށް އާދެވޭ ގޮތް މެދުވެރިވުން. މީގެ ހެކި ފެންނާނެ، ސަރުކާރުގެ އިސް ސަފުތަކުގެ މީހުން ދައްކާ ވާހަކަތަކުންނާއި އެމީހުންގެ އަމަލުތަކުން

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް