ރޭޕްގެ ކުށް ސާބިތުވެ، ޖޭސަން ޖަލަށް ލުމަށް ހުކުމްކޮށްފި!

Loading

Facebook
Twitter
WhatsApp
    ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ކުށް ސާބިތުވެ، ގދ.ތިނަދޫ، ހުޅަނގުގެ ހަސަން ފާއިޒް(ޖޭސަން) 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. ޖޭސަންއަކީ ރާއްޖޭގެ ފެންވަރުގައި މަޝްހޫރު ކުރެހުންތެރިއެކެެވެ. އަދި އޭނާ އެ އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ އާޓް ސްޓޫޑިއޯއެއްގެ ތެރޭގައެވެ.
     ޖޭސަންގެ މައްޗަށް ސާބިތުވެފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މަސައްކަތެއްގައި މަޝްވަރާ ކުރުމަށް ކަމަށް ބުނެ، 19 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ސްޓޫޑިއޯއަށް ގެނެސް، ގަދަކަމުން ޖިންސީގޯނާ ކުރި މައްސަލެއެކެވެ.
     މިމައްސަލާގައި އޭނާގެ މައްޗަށް ކުރެވުނު ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔައީ ސިއްރުންނެވެ. މި މައްސަލާގައި ދަޢުވާ ކުރުމަށް 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެއިރު ދަޢުވާ ކޮށްފައިވަނީ ސިޔާސީ ނުފޫޒުގަދަ ބޭފުޅެއްގެ އާއިލާ މީހަކަށް ވާތީ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ.
     މިމައްސަލާގަެ ތެރެއިން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގާފައިވާ ކަމަށް އެއިރު ގިނަބަޔަކު ތުހުމަތު ކުރިއެވެ. އަދި ހަސަން ފާއިޒް ވަނީ އޭނާގެ މައްޗައް ކުރެވެނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، މިއީ އޭނާގެ އަގު ވައްޓާލުމަަށް ކުރަމުންދާ ކަމެއް ކަމަށް މީގެ ކުރިން ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް