ސާފުތާހިރުކަމަށް ބެލުމެއްނެތި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ސާފުތާހިރުކަމަށް ބެލުމެއްނެތި ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބައެއް ތަންތަން ބަލައި ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

މޯލްޑިވްްސް އިމިގުރޭޝަނުން ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގެ މާފަންނުގައި ހުންނަ 04 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އިމިގުރޭޝަނުން ބުނީ މީގެތެރެއިން ބައެއް ތަންތަނަކީ، ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިއަ ތަންތަން ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

“އަދި ގަވާއިދާ ހިލާފަށް މި ތަންތަނުގައި އުޅެމުންދިއަ 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި.“ އިމިގުރޭޝަނުން ބުންޏެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފެށީ މި މަހުގެ 10 ގައެވެ.

މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ހުރިހާ ގެއެއް ނުވަތަ އެކޮމޮޑޭޝަނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް