ރިއާލްއާއި އިންޓަރ މިލާންގެ ވާދަވެރި ކުރިމަތިލުން ރިއާލުން ކާމިޔާބު ކޮށްފި!

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރިއާލް މެޑްރިޑާއި އިންޓަރމިލާން ބައްދަލުކުރި މެޗް، 3-2ގެ ނަތީޖާއިން ރިއާލް ކާމިޔާބު ކޮށްފިއެވެ. މިދެޓީމު ނިސްބަތްވަނީ ގްރޫޕް ސްތޭޖުގައި ގްރޫޕް ބީ އަށެވެ.

މެޗްގެ ފުރަތަމަ ހާފް ފެށިގެން ކުރިޔަށް ދިޔައިރު، ރިއާލްގެ ފަރާތުންވަނީ ތަފާތު އެޓޭކިންގ ގޭމެއް ފެނިގެން ގޮސްފައެވެ. މެޗްގެ ފުރަތަމަ ގޯލް 25 ވަނަ މިނިޓުގައި ރިއާލަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒިމާއެވެ. މި ގޯލަކީ އިންޓަރގެ ޑިފެންސް މިސްޓޭކަކުން ވަތް ގޯލެކެވެ. އެއަށްފަހު މާގިނަ އިރުތަކެއް ނުވެ މެޗްގެ 33 ވަނަ މިނިޓުގައި ރިއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ކާމިޔާބު ކޮށްދިން ގޯލާއިއެކު ރިއާލުން ލީޑް ފުޅާކުރިއެވެ. މިއީ ރާމޯސް އެޓީމަށް ކާމިޔާބު ކޮށްދިން 100 ވަނަ ގޯލެވެ. އެއަށްފަހު ހާފް ނިމުމުގެ ކުރިން އިންޓަރގެ ޕެރިސިޗް ކާމިޔާބު ކޮށްދިން ގޯލާއި އެކު މެޗްގެ 35 ވަނަ މިނިޓުގައި އިންޓަރ އިން ލީޑް ހަނި ކުރިއެވެ.

ދެވަނަ ހާފް ފެށިގެން 68 ވަނަ މިނިޓުގައި އިންޓަރގެ ޕެރިސިޗް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެއަށްފަހު ދެޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައެވެ. މެޑްރިޑަށް މެޗް ކާމިޔާބު ކޮަށްދިން ގޯލް، މެޗްގެ 80 ވަނަ މިނިޓުގައި ޖެހީ، ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ނިކުތް ރޮޑްރިގޯއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް