ޝަހީދު ހުސައިން އާދަމްގެ ބައްޕާފުޅަށް ރައީސް ސާލިޙް ފޯނުން ގުޅުއްވައިފި!

Loading

Facebook
Twitter
WhatsApp

ޝަހީދު ހުސައިން އާދަމްގެ ބައްޕާފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިއްޔެ ފޯނުން ގުޅުއްވައިފި އެވެ. ޝަހީދު ހުސައިން އާދަމްގެ ބައްޕާފުޅަކީ ހދ.ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދެވެ.

މި ފޯން ކޯލުގައި ރައީސް ޞާލިޙް، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި ހުސައިން އާދަމް ކުރެއްވި ޖިހާދަކީ ދުވަހަކުވެސް ދިވެހި ތާރީޚުން ފިލައިގެން ދާނޭ ޖިހާދެއް ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވެފައި ވެއެވެ. އަދި ހުސައިން އާދަމަށްޓަކާ މުޅި ޤައުމު ފަޚުރުވެރިވާކަމަށް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ފާހަގަ ކުރައްވައިފައެވެ.

ނޮވެމްބަރު 3ގެ ޙަޤީޤީ ބަޠަލުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަޠަލަކީ ޝަހީދު ހުސައިން އާދަމެވެ. ދުޝްމަނުން މާލެ އަރައިފިކަން އެނގުނު ހިސާބުން ފެށިގެން ވަޒަން ހުސްވެ، ޝަހީދުވެ ވަޑައިގަންނަވަންދެން އެބޭފުޅާ ކުރެއްވި ޖިހާދަކީ ސިފައިންގެ މަރުކަޒު ހިމާޔަތްކުރަން އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެއީ ދިވެހި ޤައުމީ ލޭހިނގި ވަޠަނީ ޒުވާނެެއްކަން ޔަޤީނެވެ. އެހެންނޫންނަމަ ޤައުމާއި ދީނަށްޓަކާ އަމިއްލަ ފުރާނަ އައްޑަނަޔަކަށް ހެދުމުގެ ހިތްވަރު ނުލިބުނީހެވެ.

ހުސައިން އާދަމް އެވަޑައިގެންނެވީ ”އެކުވެރިންނޭ ޙަވާލޭ ވަތަން ލޯބިވާ“ އޭ ބުނަމުންނެވެ. ޤައުމުގެ ޒުވާނުންގެ ލޭގައި މި ރޫހު ހިނގަން ޖެހެއެވެ. ޤައުމަށްޓަކާ ޤުރުބާންވުމުގެ ހިތްވަރު އަށަގަންނަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް