ކޯވިޑް19: އިއްޔެ އިތުރު 16 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 16 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 16 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 03 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 13 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 03 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,559 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 800 އެކްޓިވް ކޭސް ހިމެނޭއިރު، 55 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 251 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 18 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 27 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 81 މުވައްޒަފުންނާއި، 35 ފަތުރުވެރިޔަކު ހިމެނެއެވެ.

މިބަލީގައި ރާއްޖެ އިން މިހާތަނަށް 38 މީހަކު ނިޔާވެފައި ވާއިރު 10,814 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

މީގެ އިތުރުން ރޭވަނީ މިބަލީގައި އިތުރު މީހަކު ނިޔާވެފައެވެ. އެއީ 60 އަހަރުގެ ފިރިހެނެކެވެ. މިއާއިއެކު މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 38 އަކަށް އަރައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް