ވެސްޓްހަމް އަތުން ލިވަޕޫލަށް ހަނި މޮޅެއް!

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ވެސްޓްހަމް ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއިން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

މިމެޗުގައި މުޅި މެޗް އެއްކޮށް ޑޮމިނޭޓް ކޮށްފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ގޯލް މެޗްގެ 10 ވަނަ މިނިޓުގައި ކާމިޔާބުކުރީ ވެސްޓްހަމް އިންނެވެ. މިގޯލް ވެސްޓްހަމްއަށް ކާމިޔާބު ކޮަށްދިނީ އެޓީމުގެ މޮޅު ކުޅުންތެރިޔާ ފޯމަލްސް އެވެ. އެއަަށް ފަހު ލިވަޕޫލުން އުފެއްދި ގިނަ ޙަމަލާތައް ވަނީ ނާކާމިޔާބުވެފައެވެ. ލިވަޕޫލްގެ ފުރަތަމަ ގޯލް މެޗްގެ 42 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މުޙައްމަދު ޞަލާޙުއެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް ލިވަޕޫލަށް ގޯލެއް ކާމިޔާބު ކުރެވުނީ މެޗްގެ 85 ވަނަ މިނިޓުގައެވެ. މިގޯލް ކާމިޔާބު ކޮށްދިނީ ލިވަޕޫލްގެ ޖޯޓާއެވެ. މިގޯލާއި އެކު މެޗް ނިމުނީ 2-1 ގެ ނަތީޖާއިން ލިވަޕޫލް މެޗް ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މޮޅާއި އެކު ލިވަޕޫލް އޮތީ 16 ޕޮއިންޓާއި އެކު ޓޭބަލްގެ އެއްވަނައިގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް