ބުޅާ މަސްކަން ނޭނގި އެ ކެއުމަކުން ފާފަވެރިއެއް ނުވާނެ: ޝެއިހް ސަމީރު

Loading

August 20, 2024
sandhaanu news
Facebook
Twitter
WhatsApp
ފޮޓޯ:ފޭސްބުކް

ބުޅާ މަސްކަން ނޭނގި އެ ކެއުމަކުން ފާފަވެރިއެއް ނުވާނެ ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝެއިހް ސަމީރު މިހެން ވިދާޅުވެފައި ވާއިރު މާލޭގައި ބުޅާމަސް އަޅައިގެން ކާތަކެތި ވިއްކާ ކަމަށް ތުހުމަތުކޮށް ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން މިކަމަށް އިޝާރާތް ކުރައްވާ ޝައިހް ސަމީރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށެވެ. އަދި ބުޅާ މަަސް ކެެއުމާއި ގަނެ ވިއްކުން ހަރާމް ވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެހެނީ ޝިކާރަކޮށް އުޅޭ ފޭރާދަތް ހުންނަ ކޮންމެ ޖަނަވާރެއްގެ މަސްކެއުން ހަރާން ކަމެއް ކަމުގައި ޙަދީޘް ބަސްފުޅުގައި ވާތީ، ނަމަވެސް ނޭނގި ކެއުމަކުން ފާފަވެރިއެއް ނުވާނެ ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް