މި މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ފައިސާ އެއްކޮށް ހުސްވެދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.
އެމްއެމްއޭއިން ވަނީ ސިޓީއަކުން އެކަން ފިނޭންސް މިނިސްޓްރީއަށް އަންގައިފައެވެ.
އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި ނިމުނުއިރު، ޖުމްލަ ޑޮލަރު ރިޒާވު (ގްރޮސް އިންޓަނޭޝަނަލް ރިޒާވު) ގައި ހުރީ 395 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނުއިރު އެ ރިޒާވުގައި 509 މިލިއަން ޑޮލަރު ހުއްޓެވެ.
ޖުމްލަ ރިޒާވަށް އައި ބޮޑު ބަދަލާއެކީ، ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާގެ އަދަދު ވަނީ 43 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެވެސް މަދު އަދަދެކެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރަން މަހެއްގެ މައްޗަށް 70 މިލިއަން ޑޮލަރު ރާއްޖެއަށް ބޭނުންވެ އެވެ. އެހެންކަމުން، އެމްއެމްއޭން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޒާވް އަދަދުތަކުން ވެސް ދައްކަނީ އެއީ 0.9 މަސްދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރަން ބޭނުންވާނެހާ ފައިސާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް މި އަހަރު ތެރޭ ރާއްޖެއިން 508 މިލިއަން ޑޮލަރު ބޭނުންވެ އެވެ.
2 Responses
Siyaasee magaamutha madhukollaa. Thikan eyrun hamayakah elhidhaane.
މަރުވީމަ ވަޅުލާނެ ދިރިތިބީން