ކ.ތުލުސްދޫ އިރު ދެކުނު ފަރާތުން އޮންނަ ސާރފިންގ ޕޮއިންޓް އަންނަ އޮގަސްޓް 13 އިން 24 ގެ ނިޔަލަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ތުލުސްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ
ރަށުގެ އިރު ދެކުނު ފަރާތުން އޮންނަ ތުލުސްދޫ ސާރފިންގ ޕޮއިންޓް އަންނަ އޮގަސްޓް 13 އިން 24 ގެ ނިޔަލަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.
“ވީމާ މިކަން ރަށުގެ ރައްޔިތުންނާއި ރަށުގައި ހިންގާ އެންމެހައި ގެސްޓުހައުސްތަކަށް އަދި ރާޅުގަނޑު ބޭނުންކުރައްވާ ފަރާތްތަކަށް އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.“
މި މުއްދަތުގައި މި ސަރަހައްދު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ
އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
”އޭޝިއަން ސާރފިން ޗެންޕިއަންޝިޕް 2024“ އާއި ގުޅިގެން މަޝްވަރާކުރުމަށްޓަކައި ތުލުސްދޫ ކައުންސިލް، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސާ އެންޑް ރެކްރިއޭޝަން އަދި ސާރފިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ތުލުސްދޫ ކައުންސިލް