ކޮންމެ ދިރުންހުރި އެއްޗެއްގެ ޙަޔާތް ބިނާވެގެންވަނީ ވަގުތުގެމައްޗަށް ކަމަށްވާތީ ވަގުތަކީ އަގުނުކުރެވޭފަދަ އަގުބޮޑު ޖަވާހިރެއްފަދަ އެއްޗެކެވެ. މިއުޑު ހިޔާދަށުގައިވާ އެއްވެސް މަޚްލޫޤަކަށް މާޒީ އިޢާދަ ނުކުރެވޭނެއެވެ. ވީމާ މި އަގުހުރި ވަގުތު އެންމެއަގު ހުރިގޮތުގައި އަދި އެންމެ ހެޔޮގޮތުގައި ވޭތު ކުރެވޭނީ ޙަޔާތުގެ ހުރިހައި މަޤާމެއްގައި ﷲ ހަނދުމަކުރުމުން ކަން ހަނދާނުން ކައްސާލަދީގެން ނުވާނެއެވެ.
މަޙުލޫޤުންނާމެދު މުޢާމަލާތުކުރުމުގައި ގޯސްކޮށް، ނޭދެވޭގޮތުގާ މުޢާމަލާތު ނުކުރުމަކީވެސް އެބައިމީހުންނާމެދު ރަނގަޅަށް ކުރެވޭ ކަންތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަންކަމެވެ.
خَالِقُ ވަންތަ އިލާހު މިބިންމައްޗަށް اِنسان ން خَلْقُ ކުރެއްވުމުގެ حَقِيْقِى مقصد އެނގިފައި ނުވާ اِنسان އާ އަށްވުރެ ވަކީން ބޮޑު جَاهل އަކު ވާނެތޯއެވެ.
18 شعبان 1440
23 އޭޕްރީލް 2019
م ا
One Response
ވަރަށް ރަނގަޅު ބަސްކޮޅެއް ޝުކުރިއްޔާ. މިހާރު ދިވެހިންވެސް މިވަނީ މާލިއްޔަތަށްގޮސް ހުސްވެފައި. ވީމާ ޑްރަގް ޑީލް ކޮށްގެންނަމަވެސް ފޭރިގެންނަމަވެސް ފައިސާހޯދުނީމާ ނިމުނީކަމަށް ދެކޭ މީހުންގިނަވެއްޖެއެވެ.