ތުރުކީގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލަި، ސައޫދީ އަރަބިއްޔާއިން ތުރުކީގެ އިގުތިސާދަށް ހަމަލާދެނީ

Loading

Facebook
Twitter
WhatsApp

ބުނެވޭގޮތުގައި ސައޫދީ ޢަރަބިއްޔާ އުފެއްދީ އުސްމާނީ ދައުލަތާއި ދެކޮޅަށް ހަނގުރާމަކުރި އިގިރޭސީންނަށް ތާއީދުކުރި ބައެކެވެ. މިއީ ވަރަށް ފަހަކާއި ޖެހެންދެން ގިނަ މުސްލިމުންނަށް ނޭނގޭ ތާރީޚީ ކަމެކެވެ. މިއަދު ތުރުކީއަށް ސަޢޫދީން ކުރާ ނަފްރަތުވަނީ ރޭގަނޑާއި ދުވާލު ވަކިވާ ފަދައިން އެނގި ސާފު ވެފައެވެ. 

މުސްލިމު އުއްމަތުގެ ގިނަ މީހުން ޚާއްސަކޮށް އޭޝިއާއާއި އެފްރިކާ ބައްރުގައި ދިރިއުޅޭ މުސްލިމުންނާއި ޢަރަބި ގައުމުތަކުގެ އާދައިގެ ގިނަ މީހުން ދެކެނީ ތުރުކީ އަކީ މުސްލިމް އުއްމަތް ލީޑުކުރާ ގައުމު ކަމުގައެވެ. މިދެންނެވި މުސްލިމުން ތުރުކީން ހިންގި އުސްމާނީ ޚިލާފަތުދެކެ އަދިވެސް ލޯބިވެއެވެ. 

މީގެ އިތުރުން، ގަތަރު ބަންދުކޮށް، ގަތަރަށް އަރައިގަތުމަށް ސައޫދީން މަސައްކަތްކުރި ދަނޑިވަޅުގައި ގަތަރު ހިމާޔަތްކުރުމަށް މިލިޓަރީ އެހީ ފޮނުވީ ތުރުކީންނެވެ. 

ޑިމޮކްރަސީއާއި އެއްގޮތަށް އިންތިޚާބުވެ މިސްރުގައި ގާއިމު ކުރި އިޚްވާނުލް މުސްލިމީންގެ ސަރުކާރު ވައްޓާލުމަށް ސަޢޫދީންވަނީ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ.  މިސުރުގައި އުފެދުނު އެ ސަރުކާރަކީ ގަތަރު، އީރާން، އިންޑޮނޭޝިއާ، މެލޭޝިއާ، ޕާކިސްތާން އަދި ތުރުކީން ތާއީދުކުރި ސަރުކާރެކެވެ. 

ސައޫދީން އިސްވެއޮވެ ޔަމަނުގައި ކުރަމުންދާ ހަނގުރާމައަށާއި ޔަމަނުގެ ހަނގުރާމަވެރިންނަށް ސައުދީން ތާއީދުކުރާތީ އެކަން އެތައްފަހަރަކު ތުރުކީންވަނީ ކުއްވެރިކޮށްފައެވެ. މީގެ އިތުރުން ތެލުންލިބޭ ފައިސާ ބޭނުންކޮށްގެން މުސްލިމު ގައުލުތައް ކޮންޓްރޯލުކުރަން ސައުދީން ކުރާ މަސައްކަތްވެސް ތުރުކީން ކުއްވެރިކުރެއެވެ. 

ތުރުކީއާއި ދެކޮޅަށް ސައޫދީން އަލަށް މިފެށި ކެންޕޭނަކީ އުސްމާނީ ދައުލަތް އަނބުރާ ގެނައުމަށް ތުރުކީން ކުރާ މަސައްކަތް ހުއްޓުވަން ސައުދީން ފެށި މަސައްކަތެކެވެ. 

2019 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސްކޫލުތަކާއި ކުތުބްޚާނާގައި ބޭނުންކުރާ ތާރީޚީ ފޮތްތަކުން އުސްމާނީ ޚިލާފަތުގެ ވާހަކަތައް އުނިކޮށް ބަދަލުކުރިއެވެ. އެކި ފޮތްތަކުގައި ހުރި ލިޔުންތަކަށް ބަދަލުގެނެސް، އުސްމާނީ ޚިލާފަތަކީ ވަރަށް އަނިޔާވެރި ބައެއްކަމަށް ސިފަކޮށް، އަރަބިންގެ ބިންތައް ހިފައިގެންތިބި އަރަބިން ނޫން މީހުންކަމުގައި ބުނެދީ މީހުން މަގުފުރައްދަންވަނީ ފަށާފައެވެ. މިގޮތަށް ދޮގު މަޢުލޫމާތު ހިމަނައިގެން ހަދާފައިވާ ފޮތްތަކުން 2019 ވަނަ އަހަރުން ފެށިގެން ސަޢޫދީ ޢަރަބިއްޔާގެ ކުދިންދަނީ އުނގެނެމުންނެވެ. 

މިހާރު ސައުދީގެ ރައްޔިތުންނާއި ވިޔަފާރިވެރިންދަނީ ތުރުކީގެ އުފެއްދުންތައް ބޭނުން ނުކުރަން ގޮވާލައި ކެންޕޭނުގައި ބައިވެރިވެ، ތުރުކީގެ އިގުތިސާދު ފުނޑާލުމަށް މަސައްކަތް ކުރަމުންނެވެ. ސައޫދީގެ އުއްމީދަކި މިކަމުގައި ޔޫ.އޭ.އީއާއި، މިސުރާއި، ބަހްރައިނާއި އެހެންވެސް ގައުމުތައް ބައިވެރިވުމެވެ. 

އުސްމާނީ ދައުލަތަށް ތާއީދު ކުރާ މީހުން ދެކެނީ މިއީ ތުރުކީގެ އިގުތިސާދަށް ދޭ ހަމަލާއެއްގެ ގޮތުގައެވެ. މިހާރުވެސް ތުރުކީދަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޔޫރަޕިއަން ޔޫނިއަންގެ އިންތިޒާރު ތަކުގެ ސަބަބުން ދަތިކަން އިހްސާސްކުރަމުންނެވެ. 

ތުރުކީއަށް ތާއީދުކޮށް، އުސްމާނީ ޚިލާފަތު އަނބުރާ ގެނައުމަށް އެހީވުމަށް ތުރުކީގެ އުފެއްދުންތައް ގަތުމަށް، އުސްމާނީ ޚިލާފަތަށް ތާއީދުކުރާ ބައެއް މީހުންދަނީ މުސްލިމު އުއްމަތަށް ގޮވާލަމުންނެވެ. 

”ތުރުކީގެ އުފެއްދުންތައް ގަންނަން ފެށުމުން، އެ އެހީތެރިވެވެނީ ތުރުކީގެ އިގުތިސާދު ކުރިއެރުވުމަށް، މިކަމުން ހިއްވަރާއެކު ކުރިއަށް ދިއުމަށް ތުރުކީއަށް އެހީތެރިވެދެވޭނެ، އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށްވެސް އެހީތެރިވެދެވޭނެ“ 

Loading

6 Responses

  1. މާމޮޅުވާހަކައެއް ލިއެވިއްޖެދޯ. ހަގީގީ އިސްލާމްދީނުގެއަދުއްވުންނަކީ އިހުވާނުލްމުސްލިމީން. ސިއައީން އައިއެސް މިމީހުންނަކީ ބަގާވާތްކުރުމައްއަބަދުވެސްވިސްނާބައެއް

    1. Kaleyahves varah ragalhu ehcheh liyevihjehnu dhow…usmanee hilafiyvataalaa bagaa vaykoh igereysinge eheega mulhi islaamee dhuniye miadhaajehehdheh Baibaikoh nikamethi kuree saudhu sarukaarun. Palestinege bimah yahoodheen verikurah igereysihnah eheeveeves saudhu sarukaaruh… mulhi arabiaa ah saudhuge namuh nahdhee Saudhi Arabia kiyaa olhuvaaleveynee hodhaa nubalaa gamaaruhnah…. mulhi hijaz ah verive mahkaa madheenaa viyafaariyah beynuhkuramuh ahnanee najudhuge bimuh faalhuvaanekamah bunevunu saithonaage qarunuge ahuluverih… rasoolaa hadhis kurehvi fahuzamaanuga najudhun faalhuvaanekamah saithonaage qarunu

    2. ކަލޯ އިބްނުލް މުލިމީން އެއީ ކޮންބައެއް އެނގޭބާ މާމޮޅު ކޮމެންޓެއް ކުރާނަމޭ ހިތާ ތިލިޔުނާ

  2. އަސްލާމީ ދުނިޔެ ފުނޑު ފުނޑު ކުރާ ބަޔަކީ ސައޫދީ. އެމީހުންނަށް އެހީތެރިވަނީ ޔަހޫދީން. ހުޅަނގުން. ސައޫދީން ޔަހޫދީން ބުނާހާ ގޮތަކަށް ހަދަން ޖެހެނީ ރަސްކަން ދިފާއު ކުރުމަށް.

  3. އިސްލާމީ ގައުމުތަކުގެ ބޮޑުންނާއި ޝެއިޚުންތައް އެކަކު އަނެކުންނަށްވުރެ ބޮޑު މޮޅުވާން ހަދައިގެ ސުންނީ ޝިއީން ސޫފޮ ކިޔައިގެން އެބައިމީހުންގެ އަސްލު ޢަދުށްވުން ނޭގި އޮޅިއްޖެހެން ހީވެއެވެ. އެހެނީ އިސްލާމް ދީނުގެ އަދުށްވުންނާއި އަދި އެބައިމީހުންގެ ނުބައިކަން ކީރިތި ގުރުއާނުގައި އަންގަވައިފަ އޮތްއިރުވެސް އަހަރެމެން ބައިބައިވެ އެއް މުސްލިމަކު އަނެއް މުސްލިމަކާއި ދިމާކޮން މަމޮޅުހެދިގަނެގެން އުޅޭކަމީ ނިކަމެތި ދެރަވަރު ހިތާމަވެރި ކަމެކެވެ. ނޫންތޯ؟

  4. ހިޔަޅާއި ޙިމާރު އެއީ އެކެއްޗެއްތޯ ނުވަތަ ދެއެއްޗެއްތޯ؟ ޖަމަލާއި އަސް އެއީ އެކެއްޗެއްތޯ ދެއެއްޗެއްތޯ؟ ވަރަށް ވާހަކަ މިބުނީ.

Leave a Reply to އަހުމަދު މިމު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް