ރިއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ފެށުނީ ހިތްދަތި ގޮތަކަށް!

Loading

Facebook
Twitter
WhatsApp

ޔޫއޭފާ ޗެމްޕިއަންސް ލީގުގައި ރޭ ރިއާލް މެޑްރިޑާއި، ޝަކްތާ ބައްދަލުކުރި މެޗް 3-2ގެ ނަތީޖާއިން ޝަކްތާ ކާމިޔާބު ކޮށްފިއެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި މެޗް ޑޮމިނޭޓްކޮށް ޝަކްތާއިންވަނީ 3 ގޯލް ކާމިޔާބު ކޮށްފައެވެ. ޝަކްތާގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ 29 ވަނަ މިނިޓުގައި އެޓީމުގެ ޓެޓޭއެވެ. އެއަށްފަހު މާގިނަ އިރުތަކެއް ނުވެ މެޗްގެ 33 ވަނަ މިނިޓުގައި މެޑްރިޑްގެ ވަރާން އަތުން ބައިކޮޅަށް ވަތް ގޯލާއި އެކު ޝަކްތާގެ ލީޑް ފުޅާވިއެވެ. ހަމަ އެއާއިއެކު ޝަކްތާއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ 42 ވަނަ މިނިޓުގައި އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ސޮލޮމޮންއެވެ.

ދެވަނަ ހާފް ފެށިގެން އައިއިރު މެޑްރިޑުން ކުޅުން ރަނގަޅުކޮށް ޝަކްތާގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މެޑްރިޑްގެ ގޯލް ހުޅުވާލަދިނީ މެޗްގެ 54 ވަނަ މިނިޓުގައި މޮޑްރިޗް ކާމިޔާބު ކޮށްދިން ރީތި ގޯލާއި އެކުއެވެ. އެއަށްފަހު މާގިނަ އިރުތަކެއް ނުވެ މެޑްރިޑަށް އުއްމީދު އާކޮށްދިނީ މެޗްގެ 59 ވަނަ މިނިޓުގައި ވިންޝިއަސް ޖޫނިއަރ ކާމިޔާބު ކޮށްދިން ގޯލާއި އެކުއެވެ. ވިންޝިއަސް މިގޯލް ކާމިޔަބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން ނިކުތް ވަގުތު ފުރަތަމަ ހޯދި ބޯޅައާއި އެކުގައެވެ.

މެޗްގެ އިތުރުވަގުތުގައި ވެސް މެޑްރިޑުން ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލިއެވެ. ނަމަވެސް އެވަގުތު އޮފްސައިޑްގައި ހުރި ކުޅުންތެރިއެއް ބޯޅައަށް ހަރަކާތްކުރި ކަމަށް ބަލާ، އެއީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ. މެޗް ނިމުނީ 3-2 ގެ ނަތީޖާއިން ޝަކްތާ މޮޅުވެގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް