ރަޝްފޯޑްގެ ގޯލާއި އެކި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި!

Loading

Facebook
Twitter
WhatsApp

ރޭ ޗެމްޕިއަންސް ލީގުގެ ސީޒަން ފެށުމުގެ ގޮތުން ކުޅެވުނު މެޗްތަކުގެ ތެރެއިން މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މިމެޗްގެ ފުރަތަމަ ގޯލް މެޗްގެ 23 ވަނަ މިނިޓުގައި، ލިބުނު ޕެނަލްޓާއަކުން ކާމިޔާބު ކޮށްދިނީ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފަރނާންޑޭޒްއެވެ. އޭނާ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ޕީއެސްޖީގެ ކީޕަރ ކޭލޯ ނަވާސް މަތަކުރި ނަމަވެސް ރެފްރީ ވަނީ އަލުން ޕެނަލްޓީ ޖަހަން ޖެހޭ ކަމަށް ނިންމައިފައެވެ. ބްރޫނޯ މިގޯލް ކާމިޔާބު ކޮށްދިނީ ދެވަނަ ފަހަރަށް ފޮނުވާލި ޕެނަލްޓީއިންނެވެ.

މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0ގެ ނަތީޖާއިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވެ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަވީ މެޗްގެ 55 ވަނަ މިނިޓުގައި މާޝިއަލް އަތުން ބައިކޮޅަށް ވަތް ގޯލަކާއި އެކުގައެވެ. 1-1 ގެ ނަތީޖާއިން އެއްވަރުވެގެން އޮވެ މެޗް ނިމުމަކާއި ގާތްވެފައި ވަނިކޮށް ޔުނައިޓެޑަށް މޮޅުވި ގޯލް ކާމިޔާބު ކޮށްދިނީ 87 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑްއެވެ. ވާދަވެރި ކުޅުމަކަށް ފަހު މެޗް ނިމުނީ 2-1 އަކުން ޔުނައިޓެޑް ކުރި ހޯދައިގެންނެވެ. މިމެޗުގައި ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާވަނީ މޮޅު ސޭވްތަކެއް ކޮށް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދައިފައެވެ.

ރޭ ޗެމްޕިއަން ލީގުގައި މީގެ އިތުރުންވެސް ވަނީ ވާދަވެރި މެޗްތަކެއް ފެނިގެންގޮސްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް