އެމެރިކާ ވައްޓާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދެއް މިހާރު އޮތީ ޗައިނާގައި – އައިއެމްއެފް

34

އެމެރިކާ ވައްޓާލުމަށް ފަހު މިހާރު ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދެއް އޮތީ ޗައިނާގައި ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ. ދުނިޔެ ޕެންޑެމިކެއްގެ ތެރޭގައި ވަނިކޮށް ޗައިނާއިން މިހޯދި އާދަޔާ ޚިލާފު ކުރިއެރުމަކީ ގިނަ ބަޔަކު ހައިރާންކޮށްލި ކަމެކެވެ. މިއަދު އެންމެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ، ޗައިނާއިން މިފަދަ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ބައިނަލްއަޤްވާމީ މީޑިޔާތަކުން މިކަމަށް ބީރު ކަންފަތެއް ދީފައިވަނީ ކީއްވެގެން ތޯއެވެ. މިއީ އެމެރިކާގެ ނުފޫޒުން ވާކަމެއް ކަމަށް ގިނަބަކު ދަނީ ބުނަމުންނެވެ.

އައިއެމްއެފްގެ މިއަހަރުގެ މިހާތަނަށް ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިޤްތިޞާދުގެ ބޮޑުކުޑަމިން މިނެކިރާ މިންގަނޑު ކަމަށްވާ ޕާރޗޭސިންގ ޕަވަރ ޕެރިޓީ (ޕީޕީޕީ)ގެ މިންގަނޑުން ބަލާނަމަ 24.2 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އެމެރިކާގެ 20.8 އެމެރިކާ ޑޮލަރުގެ ޕީޕީޕީ އަށް އަޅާކިއާއިރު 3.2 ޓްރިލިއަން ޑޮލަރު ބޮޑު އަދަދެކެވެ.

އިޤްތިޞާދު މިނެކިރުމަށް ޕީޕީޕީ އުކުޅަކީ ކުރިން ބޭނުންކުރި މާކެޓް އެކްސްޗޭންޖް ރޭޓް (އެމްއީއާރް) އަށް ވުރެން މާ އެކަށީގެންވާ އުކުޅެކެވެ. ޕީޕީޕީއިން އަޅާކިޔަނީ އެޤައުމެއްގައި ހުރި ފައިސާއިން ގަނެވޭނީ ކިހާ ޑޮލަރެއް ކަމެވެ. ނަމަވެސް އެމްއީއާރް ބޭނުން ކޮށްގެން ޤައުމެއްގެ އިޤްތިޞާދު އަޅާކިޔުމަކީ އެންމެ އިންސާފުވެރި ގޮތެއްކަމަށް މިއަދުގެ އިކޮނޮމިސްޓުން ޤަބޫލެއް ނުކުރެއެވެ.

އައިއެމްއެފްއިން އިޤްތިޞާދު މިނެކިރަން ޕީޕީޕީ ބޭނުން ކުރަން ފެށިފަހުން ސީއައިއޭއިން ވެސްވަނީ މިއުކުޅު ބޭނުންކުރަން ފަށައިފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ