ދުނިޔޭގެ ލަނޑު ލިސްޓުގެ ހަވަނަ ދަގަނޑޭ އަށް!

Loading

Facebook
Twitter
WhatsApp

ކެރިއަރުގައި ޖެހި ލަނޑުގެ ނިސްބަތުން ދުނިޔޭގެ ހަވަނައިގައި ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު އަލީ އަޝްފާޤް ހިމެނިއްޖެއެވެ. މިއީ މިހާރު ރިޓަޔަރ ނުކޮށް ކުޅެމުން އަންނަ ކުޅުންތެރިންގެ މެދުގައި އެކުލަވާލެވިފައިވާ ލިސްޓެކެވެ.

ދަގަނޑޭ މިމަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް 464 ޖަހާފައިވާއިރު، އެ އަދަދަށް ލަނޑު ޖަހާފައިވަނީ ޖުމްލަ 544 މެޗުންނެވެ. ދަގަނޑޭއަކީ މުޅި އޭޝިޔާއިންވެސް މިލިސްޓުގެ ގަދަ ދިހަޔަކަށް އެރި ހަމައެކެނި ކުޅުންތެރިޔާއެވެ.

ދަގަނޑޭ ވަނީ ކުލަބު ވެލެންސިއާއަށް 104 ލަނޑު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް 129 ލަނޑު، ބްރޫނީގެ ޑީޕީއެމްއެމް އެފްސީއަށް 2 ލަނޑު، ވީބީ އައްޑޫ އެފްސީއަށް 93 ލަނޑު، މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭއަށް 47 ލަނޑު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 8 ލަނޑު، ޓީސީ ސްޕޯޓްސް ކުލަބަށް 16 ލަނޑު، ކުލަބު ގްރީން ސްޓްރީޓްސްއަށް 11 ލަނޑު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 53 ލަނޑު އަދި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް 2 ލަނޑު ޖަހާފައެވެ.

މި ލިސްޓުގެ އެއްވަނައިގައި 760 ލަނޑާއެކު އޮތީ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނައިގައި 733 ލަނޑާއެކު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. ނަމަވެސް ދަގަނޑޭ ވަނީ މިދެކުޅުންތެރިންވެސް ފަހަތަށް ޖައްސާލާ މެޗުގެ ނިސްބަތުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދައިފައެވެ.

މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި 10 ކުޅުންތެރިން؛

ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) : 760 ލަނޑު

ލިއޮނެލް މެސީ (އާޖެންޓީނާ) : 733 ލަނޑު

ޒްލަޓާން އިބްރަހިމޮވިޗް (ސްވިޑެން) : 559 ލަނޑު

ރޮބަޓް ލެވަންޑޯސްކީ (ޕޮލެންޑް) : 506 ލަނޑު

ލުއިސް ސުއަރޭޒް (އުރުގުއޭ) : 488 ލަނޑު

އަލީ އަޝްފާގު (ދިވެހިރާއްޖެ) : 464 ލަނޑު

ސެބަސްޓިއަން އަބްރޫ (އުރުގުއޭ) : 432 ލަނޑު

ސާޖިއޯ އަގުއޭރޯ (އާޖެންޓީނާ) : 430 ލަނޑު

ކްލާސް-ޔަން ހަންޓެލާ (ނެދަލެންޑްސް) : 418 ލަނޑު

އެޑިންސަން ކަވާނީ (އުރުގުއޭ) : 415 ލަނޑު

ދަގަނޑޭއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެފަދަ ދެވަނައެއް ނެތް ޝަޚުސެކެވެ. އޭއެފްސީ ކަޕްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ލަޤަބު 29 ގޯލާއިއެކު އޮތީ އޭނާ އަތުގައެވެ. އޭނާއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަން ޝިޕްގެ މޮޅު ކުޅުންތެރިޔާއެވެ. މިނޫންވެސް ކްލަބް ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި އެތައް ކާމިޔާބީއެއް ދަގަނޑޭ ހޯދައިފައިވެއެވެ.

ދަގަނޑޭއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނެވެ. ދަގަނޑޭގެ ނަމަށް އަދިވެސް ފަނޑުވުމެއް ނެތެވެ. އަދި ދުވަހަކުވެސް އެނަމެއް ފަނޑުވެގެން ނުދާނެއެވެ. ދަގަނޑޭ ފުޓުބޯޅައަށް ކޮށްދީފައިވަނީ އަގުނުކުރެވޭނެ ޤައުމީ ޚިދުމަތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް